Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗެއަރޕާސަންގެ އިންތިހާބު

2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުތަކުގައި، ޕާޓީގެ އާންމު މެންބަރުން ބޭނުންވަނީ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށްދޭނެ އެއްބައިވަންތަ ލީޑަރެއްކަން ވަނީ ފާހަގަކުރައްވާފައި. މި ދަތުރުތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވަމުން ގެންދަވާއިރު، ފާފު އަދި ދާލު އަތޮޅުން ބޮޑު ތާއީދެއް ލިބޭނެ ކަމުގެ އިތުބާރު އޮތް ކަމަށް އޭނާ ވިދާޅުވި. މީގެއިތުރުން، މީކާއިލްގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 14:50
މީކާއިލް ކެމްޕޭނަށް ދ. ކުޑަހުވަދޫގައި.

މީކާއިލް ކެމްޕޭނަށް ދ. ކުޑަހުވަދޫގައި. | ރާއްޖެ އެމްވީ

2028 އަށް އެމްޑީޕީގެ އާއްމު މެންބަރުން ބޭނުންވަނީ ޕާޓީ ތެރޭގައި ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮންނާނެ ގޮތަކަށް އެއްބައިވަންތަ ގޮތަކަށް ޕާޓީ ބައްޓަން ކުރާނޭ ޗެއަރޕާސަނެއް ކަމަށް އެމް.ޑީ.ޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެެވެ. 

އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ފ އަދި ދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރަށްފަހު ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މި ދަތުރުގައި ގިނަ އަދަދެއްގެ އެމް.ޑީ.ޕީގެ ޢާއްމު މެންބަރުންނާއި ބައްދަލުވިއިރު އެންމެން އެއް އަޑަކުން ބުނަމުންދަނީ ބޭނުންވަނީ ދެހާސް އަށާވީސް އެމް.ޑީ.ޕީއަށް ކާމިޔާބުކޮށްދޭނެ ޗެއަރޕާސަނެއް ކަމަށެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ އެމް.ޑީ.ޕީގެ އާއްމު މެންބަރުން ބޭނުންވަނީ އެމް.ޑީ.ޕީއާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން އޮތް ޗެއަރޕާސަނެއް ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެމް.ޑީ.ޕީގެ ޢާއްމު މެންބަރުންނަށް ފާހަގަވަނީ ގޭހެއް ނުލިބޭ، ބޭހެއް ނުލިބޭ، ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލަމުންނޭ މި ދަނީ ބުނަމުން އަންނަ ކަމަށެވެ.

އެމް.ޑީ.ޕީގެ އާއްމު މެންބަރުން ފިކުރުކުރަނީ މި ހާލަތަށް މި ދިވެހި ޤައުމު ވެއްޓުނީ ކީއްވެގެންތޯ ކަމަށް މީކާއިލް ވިދާޅުވި އެވެ. ދެހާސް ތޭވީހުގެ އެ ހިތި ހަނދާންތައް އެމް.ޑީ.ޕީގެ އާއްމު މެންބަރުންގެ ހިތަކުން އަދި ފިލައިގެނެއް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް އަށާވީސް ވެސް އެމް.ޑީ.ޕީގެ އާއްމު މެންބަރުން ބޭނުންވަނީ ޕާޓީ ތެރޭގައި ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮންނާނެ ގޮތަކަށް އެއްބައިވަންތަ ގޮތަކަށް ޕާޓީ ބައްޓަން ކުރާނޭ ޗެއަރޕާސަނަކާއެކު ކުރިއަށް ގެންދަން ކަމަށް މީކާއިލް ވިދާޅުވި އެވެ.

ފާފު އަދި ދާލު އަތޮޅުން މި އިތުބާރު ކެމްޕެއިނަށް ބޮޑު އަޣްލަބިއްޔަތެއް ނެގޭނެކަމާ މެދު ހިތުގައި ޝައްކެއް ނެތް ކަމަށް މީކާއިލް ވިދާޅުވި އެވެ. އިރާދަކުރެއްވިއްޔާ ފާފު އަދި ދާލު އަތޮޅު އިތުބާރަށް ވޯޓު އަޅާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީކާއިލް އިތުރަށް ވިދާޅުވީ ބުރާސްފަތި ދުވަހު އެމް.ޑީ.ޕީގެ އާއްމު މެންބަރުންނަށް ހުށަހަޅާ ހުށަހެޅުންތައް ހިމަނައި މެނިފެސްޓޯ ލޯންޗިންގ އަށް ވީހާވެސް ގިނަ ބޭފުޅުން ރޭގަނޑު އަށްގަޑި ބަޔަށް އާޓިފިޝިއަލް ބީޗަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވާ ކަމަށެވެ.

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026
ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

12 މެއި 2026
އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް

އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް

12 މެއި 2026
އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު