Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން ދިން ޖަވާބު ބަލައި ނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާން އިން ޖަވާބު ފޮނުވިތާ މަދު ގަޑިއިރު ތަކެއްގެ ތެރޭގައި ޓްރަމްޕް ވަނީ، އީރާންގެ ޖަވާބު ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައި. އެގޮތުން ޓްރަމްޕްގެ ޓްރުތު ސޯޝަލް މީޑިއާގައި ވިދާޅުވީ، އެއީ ފުރިހަމަ އަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ކަމުދާ ޖަވާބެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މެއި 2026 | ހޯމަ 06:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ހުށަހެޅުން ތަކަށް އީރާން އިން ދިން ޖަވާބަކީ ބަލައި ގަނެވޭނެ ޖަވާބެއް ނޫން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ދެ ޤައުމުގެ ދެ މެދުގައި އަލުން މަޝްވަރާތައް ފެށުމުގެ އުންމީދުގައި އެމެރިކާ އިން ހުށަހެޅުމެއް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ފަހުން، އާދީއްތަ ދުވަހު އީރާން އިން ވަނީ އެކަމަށް ޖަވާބު ދީފަ އެވެ. އެ ޖަވާބުގައި އީރާން އިން ވަނީ ހަނގުރާމަ މުޅިން ހުއްޓާލުމަށް ބާރު އަޅައިފަ އެވެ. އަދި އެމެރިކާ އާއި އިޒްރޭލް އިން ހިންގާ ހުރިހާ ހަނގުރާމައެއް ހުއްޓާލުމަށް އީރާން އިން ވަނީ އެދިފަ އެވެ. 

އީރާން އިން އެދިފައި ވަނީ އެ ޤައުމުގެ ބަނދަރު ތަކަށް އެމެރިކާ އިން ކުރިމަތި ކޮށްފައިވާ ހިސޯރު ކުރުން ނިމުމަކަށް ގެނައުމާއި، އިތުރު ހަމަލާ ތަކެއް ނުދޭނެ ކަމުގެ ޔަޤީންކަން ދިނުން އަދި އީރާންގެ ތެލުގެ ވިޔަފާރީ އަށް އެމެރިކާ އިން އަޅާފައިވާ ދަތި ކުރުންތައް އުވާލުމަށެވެ. 

އީރާން އިން ޖަވާބު ފޮނުވިތާ މަދު ގަޑިއިރު ތަކެއްގެ ތެރޭގައި ޓްރަމްޕް ވަނީ، އީރާންގެ ޖަވާބު ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޓްރަމްޕްގެ ޓްރުތު ސޯޝަލް މީޑިއާގައި ވިދާޅުވީ، އެއީ ފުރިހަމަ އަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ކަމުދާ ޖަވާބެއް ނޫން ކަމަށެވެ. 

ދެ ޤައުމުގެ ދެ މެދުގައި މަޝްވަރާތައް ހުއްޓިފައި އޮތުމާ ގުޅިގެން ހޯމަ ދުވަހު ތެލުގެ އަގު ވެސް ވަނީ މައްޗަށް ޖެހިލައިފަ އެވެ. އެގޮތުން ފީފާ އަކުން ހަތަރު އެމެރިކާ ޑޮލަރު މައްޗަށް ޖެހިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

10 މެއި 2026
ސައުދީ އަރަމްކޯގެ ފައިދާ 25 އިންސައްތަ އިތުރުވެއްޖެ

ސައުދީ އަރަމްކޯގެ ފައިދާ 25 އިންސައްތަ އިތުރުވެއްޖެ

10 މެއި 2026
އީރާންއާ ދެކޮޅު ހަދާ ޤައުމު ތަކަށް، ހޮރްމޫޒް ކަނޑު އޮޅީގައި ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް އެ ޤައުމުން ބުނެފި

އީރާންއާ ދެކޮޅު ހަދާ ޤައުމު ތަކަށް، ހޮރްމޫޒް ކަނޑު އޮޅީގައި ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް އެ ޤައުމުން ބުނެފި

10 މެއި 2026
ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

10 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު