Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ ގައި ރާއްޖެ

އދ ގައި ރާއްޖެއިން، ދިވެހިންގެ އިންސާނީ ޙައްޤުތަކުގެ ވާހަކައެއް ނުދެއްކި!

23 ސެޕްޓެމްބަރު 2017 | ހޮނިހިރު 22:30

ކޮންމެ ރަށަކަށް ޑޮކްޓަރުންނާއި، ބޭސްފިހާރަ އާއި ސީ އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 22:30
ޑރ. އާސިމް އދ ގައި ތަޤުރީރު ކުރައްވަނީ

ޑރ. އާސިމް އދ ގައި ތަޤުރީރު ކުރައްވަނީ

ރާއްޖެއާއިމެދު ބައިނަލްއަޤުވާމީ ދުނިޔޭގައި ކުރެވޭ އެއްވެސް ތުޙުމަތަކަށް އެއްވެސް ވަރެއްގެ ރައްދެއް ނުދެއްވައި، އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އެކުވެރި ދަޢުލަތްތައް (އދ) ގެ 72 ވަނަ އާންމު ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ހޮނިހިރު ދުވަހުގެރޭ ދެއްވި ތަޤުރީރު ނިންމަވާލައްވައިފިއެވެ.

ޑރ. އާސިމްގެ ތަޤުރީރުގެ ބޮޑު ބައެއް ޚާއްސަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ގެނެސްދެއްވާފައިވާ ތަރައްޤީގެ ގޮތުގައި ސަރުކާރުން ސިފަކުރާ ކަންކަމުގެ ވާހަކަ އާއި، މޫސުމީ ބަދަލާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ވާހަކައަށެވެ. މީގެ އިތުރުން އދ ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށްވެސް ޑރ. އާސިމް އަލިއަޅުއްވާލެއްވިއެވެ.

Advertisement - newsAdvertisement

އަދި އދ އަކީ، "ވައުދުވާ، އަދި ވައުދު ފުއްދާ" ޖަމްޢިއްޔާއަކަށް ވާތަން ދެކެން ދިވެހިރާއްޖެއިން އުއްމީދުކުރާ ކަމަށާ، މި އުންމީދު ބިނާވެފައިވަނީ ރައީސް ޔާމީން ގެންގުޅުއްވާ ޤައުމީ ފުދުންތެރިކަން އިތުރުކުރުމުގެ ސިޔާސަތުގެ މައްޗަށްކަން ޑރ. އާސިމް ފާހަގަކުރެއްވެވިއެވެ.

ބައިނަލްއަޤުވާމީ ދުނިޔޭގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ޑރ. އާސިމް ވިދާޅުވީ، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ، 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގަށް ރިޢާޔަތްކޮށް، ޤުދުސްގައި ވެރިކަންކުރާ ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުން ކަމަށެވެ. ސީރިއާގައި ހިނގަމުންދާ ހަނގުރާމައަށް އަލިއަޅުއްވާލައްވައި، އެ ޤައުމުގައި ހިނގާ ޖަރީމާތައް ހުއްޓުވުމަށްވެސް ޑރ. އާސިމް ގޮވާލެއްވިއެވެ. އަދި ރެފިއުޖީންނާއި، އަމިއްލަ ވަޒަން ދޫކޮށް ދާ މީހުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކޮށްދޭނެ ދެމެހެއްޓެނިވި ހައްލުތަކެއް ހޯދަންޖެހޭ ކަން ފާހަގަކުރައްވާ، މިހާރު އާންމުވެފައިވާ ނަފުރަތާއި، އިސްލާމުންނަށް އަމާޒުވެފައިވާ ރުޅިވެރިކަމާއި ތަފާތު ކުރުމާއި، ނަސްލީ ތަފާތުކުރުމުގެ ގޮތުން ހިންގާ އެކި ޖަރީމާތަކުގެ ސަބަބުން އަނިޔާވެރިކަމާއި ނަފުރަތާއި ހަމަނުޖެހުން އިތުރުވެގެންދާނެކަން ޑރ. އާސިމް ފާހަގަކުރެއްވިއެވެ.

މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް، ވަކި އިންތިޒާމެއްގެ ދަށުން ހިންގާ އަނިޔާވެރިކަމުގެ ތެރެއިން ޤަތުލުކުރުމާއި ގެތައް އެންދުމާއި މަޖުބޫރުން ވަޒަނުން ބޭރުކުރުންފަދަ ނަސްލު ނައްތާލުމަށްޓަކައި ހިންގާ ލާއިންސާނީ އަމަލުތައް ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާކަން ފާހަގަކުރައްވާ، މިފަދަ އަނިޔާވެރި އަމަލުތައް ހިންގަމުންދާ، އަދި އެކަމަށް ވާގިދޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ގެނައުމަށް ޑރ. އާސިމް ގޮވާލެއްވެވިއެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަރުވައި، ޑރ. އާސިމް ވަނީ އުތުރު ކޮރެއާގައި ޓެސްޓުކުރި ބެލިސްޓިކް މިސައިލްތަކުގެ ސަބަބުން ނިއުކްލިއަރ ހަތިޔާރާއި ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފައިވާކަމަށް ވިދާޅުވެ، ދިވެހި ދަޢުލަތުގެ ފަރާތުން އެކަން ކުށްވެރިކުރައްވާފައެވެ.

ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްޤީގެ ވާހައަށް އަލިއަޅުއްވާލައްވަމުން ޑރ. އާސިމް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، މާލީ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ހިންގާ ސިޔާސަތުތަކުގެ ތެރެއިން އެމީހުންނަށް ލިބެންޖެހޭ އަޅާލުމާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޑޮކްޓަރުންނާއި، ބޭސްފިހާރަ އާއި ސީ އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވާ، ޑރ. އާސިމް ވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ނިސްބަތްކަމުގައިވާ ޒުވާނުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ޑރ. އާސިމް ވިދާޅުވިއެވެ.

ޑރ. އާސިމްގެ ތަޤުރީރުގައި މޫސުމީ ބަދަލާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ވާހަކައަށް އަލިއަޅުއްވާލައްވާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް ވުރެ ބޮޑު ނުރައްކަލެއް މިއަދު ނެތް ކަމަށާ، އެހެންކަމުން އެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި، ސާފު، ތިމާވެއްޓާ އެންމެ ރައްޓެހި ގޮތް ކަމުގައި މުޅި ދުނިޔެއިން ޤަބޫލުކޮށްފައިވާ ދިވެހިންގެ ޒަމާންވީ ދޮށީގެ މަސްވެރިކަން، ކިތަންމެ ބުރަނަމަވެސް، ކުރިއަރުވާ ރައްކާތެރިކޮށްފައިވަނީ އެހެންވެ ކަމަށާ، ގާތްގަނޑަކަށް އެއް މިލިއަން އަކަ ކިލޯމީޓަރުގެ ބޮޑު، ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަކީ 2010 ވަނަ އަހަރުން ފެށިގެން މިޔަރު ބޭނުން މަނާ، މިޔަރަށް ރައްކާތެރި ސަރަހައްދެއް ގޮތުގައި ކަނޑައަޅާފައިވާކަން ޑރ. އާސިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އދ.ގެ މެންބަރެއްގެ ގޮތުގައި މި ވޭތުވި 52 އަހަރުގެ ތެރޭގައި އަލަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮޑިއަކަށް ދިވެހިރާއްޖެއިން ވާދަކުރުމަށް ނިންމީ، މިހާތަނަށް އެކަމަށް ރާއްޖެއިން ކުރިމަތިލާފާނުވާތީ ކަމަށާ، ކޮންމެ ގައުމަކީވެސް އެއްހަމައެއްގައި ބަސްބުނެ ވަކާލާތުކުރުމުގެ ހައްގު ލިބިފައިވާ ގައުމަކަށް ވާތި ކަމަށް ޑރ. އާސިމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް ބައި ގަޑިއިރަށް ދެމިގެންދިޔަ މި ތަޤުރީރުގައި، ރާއްޖެއާއިމެދު ބައިނަލްއަޤުވާމީ ދުނިޔޭގައި ކުރެވޭ އެއްވެސް ތުޙުމަތަކަށް، ޑރ. އާސިމް އެއްވެސް ވަރެއްގެ ރައްދެއް ދެއްވާފައެއް ނުވެއެވެ. އެގޮތުން ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތާއި، ސިޔާސީ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ހިމެނޭގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުން ފާހަގަކުރާ އެއްވެސް ކަމެއްގައި، އެހެން ފަހަރުތަކެކޭ އެއްގޮތަށް، އެކަންކަން ރަނގަޅު ކުރުމަށް ރާއްޖެއަށް އެހީވުމަށްވެސް ޑރ. އާސިމް ގޮވާނުލައްވައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް