Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމިގްރޭޝަން

"ޕާސްޕޯޓު ބުކްލެޓް" ހުސްވެގެން އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި

ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ބަދަލުގައި 600 ރުފިޔާއަށް "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ދޫކުރަން އިމިގްރޭޝަނުން ވަނީ ނިންމާފައި. މި ޕާސްޕޯޓަކީ ފަސް އަހަރުގެ މުއްދަތަށް ދޫކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ލިޔުމެއް ކަމަށާއި، ފަހުން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ކެންސަލޭޝަން ފީއަކާ ނުލައި އެ ފުރުސަތު ލިބޭނެ ކަމަށް އެ އިދާރާއިން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 07:55
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޚިދުމަތް ދެނީ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޚިދުމަތް ދެނީ. | ޕީއެސްއެމް

ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ ބުކްލެޓްގެ ސްޓޮކް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން، އީ-ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އިމިގްރޭޝަނުން ބުނީ، ދިވެހި އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، 2026 މެއި 09 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަށް ދޫކުރެވޭނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށެވެ. 

Advertisement - newsAdvertisement

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ކާ.އޯ) ގެ މިންގަނޑުތަކާ އެއްގޮތް 5  އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އަދި، "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ގެ ފީއަކީ 1000 ރުފިޔާ ނަމަވެސް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ގެ ފީއަކީ 600/ ރުފިޔާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. 

މީގެއިތުރުން އިމިގްރޭޝަނުން ބުނީ، މިފަދަ ހާލަތްތަކުގައި މީގެކުރިން އަމަލުކުރާ ގޮތާ ހިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދަން ބޭނުންވާ ހާލަތްތަކުގައި ކެންސަލޭޝަން ފީ ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. 

މިބަދަލާ ގުޅިގެން ޕާސްޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް އިމިގްރޭޝަނުން ވަނީ މާފަށް އެދިފަ އެވެ.

އީ-ޕާސްޕޯޓުއިމިގްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!

24 އެޕްރީލު 2026
 ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި

ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި

10 މާރިޗު 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
 އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި މިނިސްޓަރ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލު ކުރަން ގާޒީ ފުރުސަތެއް ނުދިން

އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި މިނިސްޓަރ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލު ކުރަން ގާޒީ ފުރުސަތެއް ނުދިން

17 ޑިސެމްބަރު 2025
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި

އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު