Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާދޫ ޕޮލިސް ޕޯސްޓް

2025 ވަނަ އަހަރު މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވި ރަސްމާދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތް އަދިވެސް ނުފެށޭ: ރަސްމާދޫ ކައުންސިލް

ރ. ރަސްމާދޫގައި ޕޮލިސް ޕޯސްޓެއް އެޅުމަށް ބިން ހަވާލުކޮށް އިދާރީ ހުރިހާ ކަމެއް ނިމިފައިވީ ނަމަވެސް، އެ މަސައްކަތް ނުފެށި ލަސްވާތީ އެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. 2025 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުންގެ ޚިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާއިރު، އަމަލީ މަސައްކަތް އަދިވެސް ނުފެށި އޮތުމަކީ ރަށުގެ ސަލާމަތަށް އޮތް ހުރަހެއް ކަމަށް ކައުންސިލުން ފާހަގަކުރޭ. ރަށުގެ ތަރައްގީއަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެމުންދާކަން ފާހަގަކޮށް، މި މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ ގޮވާލާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 13:19
ރަސްމާދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރާ ސަރަހައްދު؛ ކައުންސިލުން ބުނީ ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވާއިރު ވެސް، ޕޮލިސް ޕޯސްޓް ގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާ ކަމަށް.

ރަސްމާދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރާ ސަރަހައްދު؛ ކައުންސިލުން ބުނީ ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވާއިރު ވެސް، ޕޮލިސް ޕޯސްޓް ގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާ ކަމަށް. | ރާއްޖެ އެމްވީ

ރ. ރަސްމާދޫ ގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމަށްޓަކައި ބިން ހަވާލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މަސައްކަތް އަދިވެސް ފެށިފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން ރަސްމާދޫ ކައުންސިލް މެމްބަރު މުރުތަޟާ ރަޝީދު ވިދާޅުވީ، ޕޮލިސް ޕޯސްޓް އެޅުމަށް ބޭނުންވާ ބިމުގެ ރަޖިސްޓްރީ އާއި އެހެނިހެން އިދާރީ ކަންކަން ނިންމައި ސަރުކާރާ ހަވާލުކުރިތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މުރުތަޟާ ވިދާޅުވި ގޮތުގައި، ޕޮލިސް ޕޯސްޓް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ފެނަކައިގެ މުވައްޒަފުން މެދުވެރިކޮށް ކުރިން ސާފުކުރި ނަމަވެސް، މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން އެ ބިން މިހާރު އޮތީ އަނެއްކާވެސް އަލުން ސާފުކުރަންޖެހޭ ހާލަތުގަ އެވެ. 

ރ. ރަސްމާދޫ ކައުންސިލް މެމްބަރު މުރުތަޟާ ރަޝީދު ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަނީ.
ރ. ރަސްމާދޫ ކައުންސިލް މެމްބަރު މުރުތަޟާ ރަޝީދު ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަނީ.
ލިސް ޕޯސްޓް އިމާރާތްކުރަން ނިންމާފައިވާ ބިމުގެ ރަޖިސްޓްރީ ކައުންސިލް ގެ ފަރާާތުން ނިންމާފައި އޮންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ. މިދިޔަ އަހަރު އޯގަސްޓް ހިސާބުގައި އަޅުގަނޑުމެން ވާނީ ރަޖިސްޓްރީ އާ އެއްޗެހި ހަދައިދީ ހުރިހާ ކަމެއް ނިންމާފަ. ދެން ފެނަކައިގެ މުވައްޒަފުން ލައްވާ ޕޮލިސް ޕޯސްޓް އިމާރާތްކުރަން ނިންމާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފަ ވަނީ. މިހާރު މި އޮތީ އަނެއްކާ އަލުން ސާފުކުރާ ހިސާބަށް ގޮސްފަ.  ޕޮލިސް ޕޯސްޓްގެ އެއްވެސް މަސައްކަތެއް ނުހިނގާ މިތަން ހަމަ އެ އޮތްގޮތަށް މިއޮތީ.
ރ. ރަސްމާދޫ ކައުންސިލް މެމްބަރު މުރުތަޟާ ރަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ރަސްމާދޫ އަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ، އެ ރަށަކީ ފުލުހުންގެ ހިދުމަތް އަދި ފެށިފައި ނުވާ ރަށަކަށް ވާތީ، 2025 ވަނަ އަހަރުގެ އެންމެ ކުރީކޮޅު އެކަމަށް އިސްކަންދެއްވައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ވައުދުފުޅާ އެއްގޮތަށް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކައުންސިލް މެމްބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާދޫ ކައުންސިލަކީ ސަރުކާރުން ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެމުންދާ ކައުންސިލެކެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ވަކި ޕާޓީއެއްގެ ބަޔަކު ނުހޮވައިފިނަމަ ސަރުކާރުން އެއްބާރުލުން ނުދޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ތަރައްގީގެ ކަންކަމުގައި މަގުފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ކައުންސިލުން ބުނެފައިވަނީ، ބިން ހަވާލުކޮށްފައި އޮތް ނަމަވެސް ޕޮލިސް ޕޯސްޓްގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އޮތުމަކީ ރަށުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން، ވީހާވެސް އަވަހަކަށް މި މަސައްކަތް ފަށައިދިނުމަށް ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ރ. ރަސްމާދޫމުރުތަޟާ ރަޝީދުރ. ރަސްމާދޫ ކައުންސިލްރ. ރަސްމާދޫ ޕޮލިސް ޕޯސްޓް

ކޮމެންޓް

އިތުރަށް ކިޔާލަން

 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު