Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެރިޓޭޖް މިނިސްޓްރީ

ސަރުކާރުގެ ބޮޑު މަޝްރޫއެއް: "ދޫދޫ މަތިން ހަނދާން އެއް ކުރުމުގެ ޤައުމީ މަޝްރޫއު"، ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރޭ!

3 މެއި 2026 | އާދީއްތަ 06:49

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އިސްނަގައިގެން، ރާއްޖޭގެ ތާރީޚާއި ސަޤާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި "ދޫދޫ މަތިން ހަނދާން އެއްކުރުމުގެ ޤައުމީ މަޝްރޫއު" ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ކޮންމެ ރަށަކުން 10 މީހުން ތަމްރީނުކޮށް، ލިޔެވިފައިވާ ތާރީޚުގެ އިތުރުން ދުވަސްވީ މީހުންގެ ތަޖުރިބާތަކާއި ހަނދާންތައް ރެކޯޑުކޮށް ރައްކާތެރިކުރުމަށް ވަނީ ހަމަޖެހިފައި. މީގެ އިތުރުން، ރަށްރަށުގެ ތާރީޚީ މަޢުލޫމާތު ބަލަހައްޓާނެ "ތަރިކަވެރިން" އުފެއްދުމުގެ ޚާއްސަ މަސައްކަތްތަކެއްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2026 | އާދީއްތަ 06:49
 މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު | ރައީސް އޮފީސް

"ދޫދޫ މަތިން ހަނދާން އެއް ކުރުމުގެ ޤައުމީ މަޝްރޫއު" ގެ ނަމުގައި ސަރުކާރުން މުހިއްމު ޤައުމީ މަޝްރޫއެއް ފަށާފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ދިވެހި ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒުން ކުރަމުންދާ ބައެއް މުހިއްމު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި މަރުކަޒުގެ މައިގަނޑު މެންޑޭޓެއްގެ ގޮތުގައި އޮތީ ދިވެހިންގެ ހަނދާންތައް އެއް ކުރުމާއި، ދިވެހިވަންތަކަމުގެ ސިފަތަކާއި ސަޤާފަތް އާލާ ކުރުމެވެ.

Advertisement - newsAdvertisement

ހީނާ ވިދާޅުވި ގޮތުގައި މި މަރުކަޒުގެ ފަރާތުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް މަސައްކަތަކީ "ދޫދޫ މަތިން ހަނދާން އެއްކުރުމުގެ ޤައުމީ މަޝްރޫއު" ( ނެޝަނަލް ޕްރޮޖެކްޓް ފޯރ އޯރަލް ހިސްޓަރީ ކަލެކްޝަން) އެވެ. އެގޮތުން މި މަޝްރޫއުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި، ސަޤާފަތާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ދޫދޫ މަތިން ހަނދާން އެއްކުރުމުގެ ޤައުމީ މަޝްރޫއުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި، ސަޤާފަތާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން، މިސާލަކަށް، ލިޔެފައިވާ ތާރީޚުގެ އިތުރުން ދޫދޫމަތިން ބައެއް ފަރާތްތަކުން ކިޔާދޭ ވާހަކަތައް، އެބޭފުޅުންގެ ހަނދާންތައް އެއްކުރުމުގެ ސަޤާފަތެއް ދިވެހިންގެ ތެރޭގައި އަށަގެންނެވުން
 މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

ހީނާ ވިދާޅުވީ، މިއީ ރާއްޖޭގެ ކައުންސިލުތަކާއި، ޖަމިއްޔާތަކާއި، އަމިއްލަ ފަރުދުން ކޮށްފައިވާ ތަޖުރިބާތަކާއި، ހަނދާންތައް ރެކޯޑު ކުރުމަށް ހިންގޭ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އެކި ދުވަސްވަރުގެ މުހިއްމު ޙާދިސާތަކާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، މީހުންގެ ތަޖުރިބާތައް ދިރުވާ އާލާކުރުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި އެ މަސައްކަތަށް ޚާއްސަ މީހުން މިހާރު ތަމްރީނު ކުރެވެމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރެވޭނެކަން ހީނާ ފާހަގަ ކުރެއްވިއެވެ. ހީނާ ވިދާޅުވި ގޮތުގައި އެމީހުންގެ މައިގަނޑު މަސައްކަތަކަށް ވާނީ ދޫދޫ މަތިން ހަނދާން އެއްކުރުމެވެ.

މީގެ އިތުރުން، ތަރިކަވެރިން އުފެއްދުމުގެ ޤައުމީ މަޝްރޫއެއްވެސް މިހާރު ކުރިއަށްދާކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތަކީ ތަރިކައިގެ ތާރީޚު އުނގެނި ލިޔެ، އެ ރަށެއްގެ ތާރީޚީ މައުލޫމާތު ރައްކާތެރިކޮށްދޭނެ މީހުން ތަމްރީނު ކުރުމަށް ހިންގޭ މަސައްކަތެއްކަން ހީނާ ފާހަގަ ކުރެއްވިއެވެ. ހީނާ ވިދާޅުވި ގޮތުގައި މި މަސައްކަތަށްވެސް ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރެވޭނެއެވެ. އަދި އެމީހުން ވާނީ އެރަށެއްގެ ތަރިކައިގެ ބަލަދުވެރިންނަށްކަމަށް ހީނާ ވިދާޅުވިއެވެ.

 

ތަރިކަ މަޝްރޫޢުހެރިޓޭޖް މިނިސްޓަރހީނާސަޤާފީ އާދަކާދަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2026

ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟

03 ޖެނުއަރީ 2026
ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟
01 މެއި 2025

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

01 މެއި 2025
އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް