Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓްރަމްޕް ރިސޯޓް

ރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް ރިސޯޓް" މަޝްރޫއުގެ އިންވެސްޓަރުންނަށް ބްލޮކްޗެއިން މެދުވެރިކޮށް ޓޯކަން ގަތުމުގެ ފުރުސަތު ހުޅުވާލައިފި

ދާރުލްގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން 2030 ވަނަ އަހަރަށް ނިންމާ މި ރިސޯޓުން އިންވެސްޓަރުންނަށް ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިދާއެއް ލިބޭނެ ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 12:32
ދާރްގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ދިވެހިރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް، މޯލްޑިވްސް" އަކީ އެ ކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަގްޒަރީ މަޝްރޫއު.

ދާރްގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ދިވެހިރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް، މޯލްޑިވްސް" އަކީ އެ ކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަގްޒަރީ މަޝްރޫއު. | ދާރުގްލޯބަލް

ވޯލްޑް ލިބަޓީ ފައިނޭންޝަލް (ޑަބްލިއު.އެލް.އެފް.އައި) އިން، ރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް" އިން ލިބޭ ލޯނު އާމްދަނީގެ ހިއްސާ ޓޯކަނައިޒް ކުރުމުގެ މަޝްރޫއެއް ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ރިއަލް-ވޯލްޑް އެސެޓްސް ޓޯކަނައިޒްކުރާ ޕްލެޓްފޯމެއް ކަމަށްވާ ސެކިއުރިޓައިޒް އިންކް އާއި، ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމަށްވާ ދާރުލްގްލޯބަލް ޕީ.އެލް.ސީ އާ ގުޅިގެންނެވެ.

ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް، މޯލްޑިވްސް އަކީ ދާރުލްގްލޯބަލް އާއި ދަ ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ކުރިއަށްގެންދާ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެކެވެ. 2030 ވަނަ އަހަރަށް ނިންމުމަށް ތާވަލުކޮށްފައިވާ މި ރިސޯޓުގައި ގާތްގަނޑަކަށް 100 އެއްހާ މަތީ ފަންތީގެ ބީޗް ވިލާ އާއި އޯވަަރވޯޓަރ ވިލާ ހިމެނޭނެއެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް ހުޅުވާލާ ޓޯކަނައިޒްޑް އިންވެސްޓްމަންޓް ފުރުސަތުގެ ސަބަބުން، ޝަރުތުހަމަވާ އިންވެސްޓަރުންނަށް މި ރިސޯޓު ތަރައްގީކޮށްގެން ލިބޭ ލޯނު އާމްދަނީން މަންފާ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން މި އިންވެސްޓްމަންޓުން ވަކި މިންވަރެއްގެ ފައިދާއެއް (ފިކްސްޑް ޔީލްޑް) ލިބޭނެ ކަމަށް ބެލެވެއެވެ.

"އަޅުގަނޑުމެން ވޯލްޑް ލިބަޓީ ފައިނޭންޝަލް އުފެއްދީ ޑީސެންޓްރަލައިޒްޑް ފައިނޭންސް މުޅި ދުނިޔެއަށް ހުޅުވާލުމަށް. މިއަދުގެ މި އިއުލާނާއެކު، ޓޯކަނައިޒްޑް ރިއަލް އެސްޓޭޓްގެ ދާއިރާއަށް އެ ފުރުސަތު މިވަނީ ފުޅާކުރެވިފައި،" ވޯލްޑް ލިބަޓީ ފައިނޭންޝަލްގެ ކޯ-ފައުންޑަރ އެރިކް ޓްރަމްޕް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ފަދަ މަޝްހޫރު ތަނެއްގެ ހިއްސާދާރަކަށް ވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ލިބޭ ފުރަތަމަ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެކިއުރިޓައިޒްގެ ކޯ-ފައުންޑަރ އަދި ސީ.އީ.އޯ ކާލޯސް ޑޮމިންގޯ ވިދާޅުވީ، ރިއަލް އެސްޓޭޓަކީ އެންމެ އެދެވޭ ގޮތެއްގައި ޓޯކަނައިޒް ކުރަން އެންމެ އުނދަގޫ އެއް ދާއިރާ ކަމަށެވެ. ނަމަވެސް، ގަވާއިދުތަކާއި ހިންގުމުގެ ނިޒާމުތަކަށް ފެތޭގޮތަށް އުފައްދާ އޮން-ޗެއިން ރިއަލް އެސްޓޭޓް އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޑަބްލިއު.އެލް.އެފް.އައި އާއެކު ވެވުނު މި އެއްބަސްވުމުގެ މަގްސަދަކީ އެއީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް،" ދާރުލްގްލޯބަލްގެ ސީ.އީ.އޯ ޒިއާދު އަލް ޗާރް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ފެންވަރު ރަނގަޅު ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށްދާއިރު، އޭގެ ލޯނު އާމްދަނީން ހިއްސާ ހޯދުމާއި ވިޔަފާރިކުރުމުގައި އިންވެސްޓަރުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް."

މި ޓޯކަންތަކަކީ އެމެރިކާގެ ފެޑަރަލް ނުވަތަ ސްޓޭޓް ސެކިއުރިޓީޒް ގާނޫނުތަކުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އެއްޗެއް ނޫން ކަމުން، މިއީ ބަދަލުކުރުމުގައި ހުރަސްތަކެއް ހުންނާނެ އެއްޗެއް ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ވޯލްޑް ލިބަޓީ ފައިނޭންޝަލްޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް އެންޑް ރިސޯޓްސެކިއުރިޓައިޒްދާރުލްގްލޯބަލްއެރިކް ޓްރަމްޕްޑަބްލިއު މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑަބްލިއު މޯލްޑިވްސް އިން ރާއްޖޭގެ އެންމެ ބޮޑު އެއް ފަރު އާލާކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި

ޑަބްލިއު މޯލްޑިވްސް އިން ރާއްޖޭގެ އެންމެ ބޮޑު އެއް ފަރު އާލާކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި

02 ޖެނުއަރީ 2026
ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި

ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި

06 ޖޫން 2017
ރައީސް ޓްރަމްޕް ފާޑުވިދާޅުވި ކަންކަން  ލަންޑަންގެ މޭޔަރ ދޮގު ކުރައްވައިފި

ރައީސް ޓްރަމްޕް ފާޑުވިދާޅުވި ކަންކަން ލަންޑަންގެ މޭޔަރ ދޮގު ކުރައްވައިފި

05 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު