Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަޑީގެ ހަމަލާ

ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ހަފްލާ އެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާ ބެހޭ ގޮތުން މިހާތަނަށް އެނގޭ ކަންކަން

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ ކުރިއަށްދިޔަ ހޮޓަލުގައި ހަތިޔާރު އެޅި މީހަކު ހަމަލާދޭން އުޅުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސަރުކާރުގެ އިސްވެރިން އެ ތަނުން ރައްކާތެރިކަމާއެކު އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައި. މި ހާދިސާގައި ސީކްރެޓް ސާވިސްގެ އެޖެންޓަކަށް އަމާޒުކޮށް ބަޑިޖެހި ނަމަވެސް، ބުލެޓް-ޕްރޫފް ވެސްޓުގެ ސަބަބުން އޭނާއަށް އަނިޔާއެއް ނުވެ ސަލާމަތްވެފައިވާއިރު، ހަމަލާދިން ކެލިފޯނިއާގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައި. މި ހާދިސާއާ ގުޅިގެން ހަފުލާ މެދުކަނޑާލާފައިވާއިރު، ރައީސް ޓްރަމްޕް ވަނީ މި ހަފްލާ އެހެން ތާރީޚެއްގައި މާ ކުލަގަދަކޮށް ބާއްވާނެ ކަމަށް ވިދާޅުވެފައި.

ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 08:11
އެމެރިކާގެ ވޮޝިންގޓަން ޑީސީގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވީ ހޮނިހިރު ދުވަހު ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން" ގެ ރޭގަނޑުގެ ޖާފަތުގެ ތެރެއަށް، ބަޑިއެއް ހިފައިގެން ހުރި މީހަކު ވަންނަން އުޅުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ސީކްރެޓް ސާވިސްގެ އެޖެންޓުންގެ ބެލުމުގެ ދަށުން ކުއްލި ގޮތަކަށް އެ ތަނުން ބޭރަށް ނެރެ، ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ފަރާތްތަކުން މިހާރު ވަނީ މި ހާދިސާއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވީ ހޮނިހިރު ދުވަހު ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން" ގެ ރޭގަނޑުގެ ޖާފަތުގެ ތެރެއަށް، ބަޑިއެއް ހިފައިގެން ހުރި މީހަކު ވަންނަން އުޅުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ސީކްރެޓް ސާވިސްގެ އެޖެންޓުންގެ ބެލުމުގެ ދަށުން ކުއްލި ގޮތަކަށް އެ ތަނުން ބޭރަށް ނެރެ، ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ފަރާތްތަކުން މިހާރު ވަނީ މި ހާދިސާއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. | ރޮއިޓާސް

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ ކުރިއަށްދިޔަ ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް އެ ތަނުން ރައްކާތެރިކަމާއެކު އެހެން ތަނަކަށް ވަނީ ބަދަލު ކޮށްފަ އެވެ.

މި "ބަޑިޖެހުމުގެ ހާދިސާ" ގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަން އެމެރިކާގެ ސީކްރެޓް ސާވިސްއިން ކަށަވަރުކޮށްދީފައިވާއިރު، މި މައްސަލައިގައި މިހާރު ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

ވައިޓް ހައުސްގައި ހުންނަވައި ދެއްވި ބަޔާނެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، މިފަދަ ކަމެއް ހިނގުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު ސިހުމެއް ކަމަށެވެ.

މި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަޑިޖެހި މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، ހަފުލާ ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ލަފާދެއްވި ނަމަވެސް، އަމަލުކުރައްވާނީ ސަލާމަތީ ބާރުތަކުގެ އިރުޝާދުގެ މަތިން ކަމަށެވެ.

އޭގެ ފަހުން ކުރެއްވި ދެވަނަ ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނާއި ފަސްޓް ލޭޑީ އެ ތަނުން ވަޑައިގަތުމަށް ސަލާމަތީ ބާރުތަކުން އެދިފައިވާ ކަމަށެވެ.

ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުން ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވޮޝިންޓަން ހިލްޓަން ހޮޓަލުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ އޮފިސަރުންނަށް "ބާރުގަދަ" ހަތިޔާރަކާއެކު ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމަލާދޭން އުޅުނު މިހާ ސަލާމަތީ ފާސްކުރާ ތަނަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކާއި އޭނާ ހައްޔަރުކޮށްފައި ހުރި ފޮޓޯއެއް ޓްރުތް ސޯޝަލްގައި ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވެ، ނޫސްވެރިންނަށް އެކަން ފާހަގަކުރައްވަމުން ޓްރަމްޕް ވަނީ އެއީ "ވަރަށް ބަލިކަށި ސިކުނޑިއެއްގެ ވެރިއެއް" ކަމަށް ސިފަކުރައްވާފައެވެ.

މި ހާދިސާގައި ސީކްރެޓް ސާވިސްގެ އެޖެންޓެއްގެ ގަޔަށް ވަރަށް ކައިރިން ބަޑިޖެހި ނަމަވެސް، އޭނާ ސަލާމަތްވީ ލައިގެން ހުރި ބުލެޓް-ޕްރޫފް ވެސްޓުގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންމެ އެ އޮފިސަރާ ވާހަކަދެއްކިން، އޭނާގެ ހާލު ވަރަށް ރަނގަޅު،" ރައީސް ވިދާޅުވިއެވެ.

"އޭނާ ހުރީ ވަރަށް ސާބިތުކަމާއެކު. އަޅުގަނޑުމެން އޭނާދެކެ ލޯބިވާ ކަމަށާއި އިހުތިރާމްކުރާ ކަމަށް ބުނިން. އޭނާއަކީ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އިތުބާރުކުރާ ފަޚުރުވެރި މީހެއް."

ބަޑިޖެހުމުގެ ހާދިސާއަށްފަހު، އެ ހަފުލާގައި ތިބި އެންމެންގެ މެދުގައި އޮތީ "ވަރަށް ބޮޑު އެއްބައިވަންތަކަމާއި ލޯބި" ކަމަށް ރައީސް ސިފަކުރެއްވިއެވެ.

ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމާ ގުޅިގެން ހަފުލާ އަލުން ކުރިއަށް ގެންދަން ބޭނުންފުޅުވި ނަމަވެސް، ސަލާމަތީ އުސޫލުތައް ހުރިގޮތުން އެކަން އެގޮތަށް ނުކުރެވުނުކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި ހަފުލާ ފަހުގެ ތާރީޚެއްގައި ބާއްވާނެ ކަމަށާއި، އެ ހަފުލާ ވެގެންދާނީ ކުރިއަށްވުރެ "މާ ފުރިހަމަ އަދި މާ ކުލަގަދަ" ހަފުލާއަކަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން އެމަނިކުފާނު އަވަހާރަކޮށްލަން ދިން ދެ ހަމަލާއެއްގެ ހަނދާންވެސް ރައީސް އާކުރެއްވިއެވެ. އެއީ ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި ރެލީއެއްގައި ދިން ހަމަލާއާއި، ފްލޮރިޑާގެ ޕާމް ބީޗްގައި ގޮލްފް ކުޅުއްވަން ހުންނަވަނިކޮށް ދިން ހަމަލާއެވެ.

މިފަދަ ކަންކަމަކީ އަބަދުވެސް ލިބޭ ސިހުމެއް ކަމަށް ތަކުރާރުކުރައްވަމުން، މި ހާދިސާގެ ސަބަބުން ފަސްޓް ލޭޑީއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހާދިސާގެ ޚަބަރުތައް ގެނެސްދިނުމުގައި މީޑިއާތަކުން ގެންގުޅުނު "ޒިންމާދާރު" އުސޫލުތަކަށްޓަކައި ރައީސް ވަނީ މީޑިއާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީޑިއާއާ ވާހަކަދެއްކެވުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ޓްރަމްޕް ވަނީ ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ މީހާގެ ފޮޓޯތަކާއި ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.

ގާތުން ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ، ގަމީސް ނުލައި ހުރި މީހަކު ބިމުގައި ބާއްވައި، ފަހަތަށް ބިޑި އަޅުވާފައި އޮއްވައެވެ. އޭނާގެ ވަށައިގެން ސީކްރެޓް ސާވިސްގެ އެޖެންޓުން ތިއްބެވެ.

ކޮލިޓީ ދަށް އެ ވީޑިއޯ ކްލިޕުން ފެންނަނީ، މީހަކު ސަލާމަތީ އޮފިސަރުންގެ ކައިރިން ދުވެފައި ދާން އުޅުމުން، އޮފިސަރުން އެނބުރި އޭނާގެ ފަހަތުން ދުވާ މަންޒަރެވެ.

ހޮނިހިރު ދުވަހުގެ ރޭ މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ކަށަވަރުކޮށްދެއްވި ގޮތުގައި، އެ ފޮޓޯތަކާއި ވީޑިއޯ އާންމުކުރުމަށް އިރުޝާދު ދެއްވީ ސީދާ އެމަނިކުފާނެވެ.

ސީބީއެސްއިން ރިޕޯޓްކުރާ ގޮތުގައި، މި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވެނީ ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ޓޯމަސް އެލަން ނަމަކަށް ކިޔާ މީހަކަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެފްބީއައި އާއި ސީކްރެޓް ސާވިސްއިން ދަނީ ކެލިފޯނިއާގައި ހުރި އެ މީހާގެ އެޑްރެހެއް ބަލައި ފާސްކުރަމުންނެވެ.

ވޮޝިންޓަން ޑީސީގެ އިންޓަރިމް ޕޮލިސް ޗީފް ޖެފްރީ ކެރޯލް ވިދާޅުވީ، ހައްޔަރުކުރި މީހާއަކީ އެ ހަފުލާ ބޭއްވި ހޮޓަލުގައި މަޑުކޮށްގެން ހުރި މީހެއް ކަމަށެވެ. އަދި އިތުރު އެއްވެސް މީހަކަށް ނުރައްކަލެއް އޮތް ކަމަށް ގަބޫލުކުރާނެ ސަބަބެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނުކަން ސަލާމަތީ ބާރުތަކުން ކަށަވަރުކޮށްދިން ނަމަވެސް، އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ ސަލާމަތީ އޮފިސަރުންނާއި އެ މީހާއާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށެވެ.

ކެރޯލް ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހާގެ އަތުން ޝޮޓްގަންއަކާއި، ފިސްތޯލައެއްގެ އިތުރުން ގިނަ އަދަދެއްގެ ވަޅި ފެނިފައިވެއެވެ.

ވޮޝިންޓަންގެ ޔޫއެސް އެޓަރނީ ޖީނީން ޕިރޯ ވިދާޅުވީ، އަނިޔާވެރި އަމަލެއް ހިންގުމުގައި ހަތިޔާރު ބޭނުންކުރުމާއި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ފެޑަރަލް އޮފިސަރުންނަށް ހަމަލާދިނުމުގެ ދެ ދައުވާއެއް އެ މީހާގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާނީ ހޯމަ ދުވަހު ކަމަށްވެސް ޕިރޯ ވިދާޅުވިއެވެ.

މި ހަމަލާ ދޭން މެދުވެރިވި ސަބަބު އަދިވެސް ސާފުނުވާއިރު، އާދިއްތަ ދުވަހު މިކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަހަރަކު އެއްފަހަރު ބާއްވާ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ކުރިއަށްދަނިކޮށް، ބަޑީގެ އަޑު އިވުނީ ރައީސް އެ ތަނުގައި ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނިކޮށް، ހޯލާ ކައިރި ސަރަހައްދަކުންނެވެ.

އެ ހަފުލާގައި ތިބި ބީބީސީގެ ބައެއް ނޫސްވެރިން ރިޕޯޓްކުރި ގޮތުގައި، ބަޑީގެ އަޑާއެކު މުޅި ސަރަހައްދުގައި ބޮޑު ހާސްކަމެއް އުފެދުނެވެ.

ސީކްރެޓް ސާވިސްގެ އެޖެންޓުން ރައީސާއި ފަސްޓް ލޭޑީ އެ ތަނުން ބޭރަށް ގެންދިޔަ މަންޒަރު ފެނިފައިވާއިރު، ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހިމެނޭހެން ސަރުކާރުގެ އިސްވެރިންވެސް އެ ބޭފުޅުންގެ ސަލާމަތީ ފާރަވެރިން ވަނީ ރައްކާތެރިކަމާއެކު އެ ތަނުން ގެންގޮސްފަ އެވެ.

ހަފުލާގެ އެހެން ބައިވެރިން ހޯލު ތެރޭގައި ތިބީ ބޭރަށް ނުނިކުމެވޭ ގޮތަށް ބަންދުކޮށްފައެވެ. އެ ވަގުތު ހޯލުގައި ތިބި ގިނަ އަދަދެއްގެ ނޫސްވެރިން ދިޔައީ އެ މީހަކު ނިސްބަތްވާ މީޑިއާ އިދާރާތަކަށް އެ ޚަބަރު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ އަކީ 1921 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ނޫސްވެރިން ބާއްވަމުން އަންނަ ސަގާފީ ހަރަކާތެކެވެ. އާންމުގޮތެއްގައި މި ހަފުލާގައި އެ އިރެއްގައި ހުންނަވާ ރައީސަކު ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ޓްރަމްޕް ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު އެންމެ ފަހުން މި ހަފުލާގައި ބައިވެރިވެވަޑައިގަތީ 2011 ވަނަ އަހަރުއެވެ.

ޑޮނަލްޑް ޓްރަމްޕްމެލާނިއާ ޓްރަމްޕްވައިޓް ހައުސްވޮޝިންޓަންސީކްރެޓް ސާވިސްވައިޓް ހައުސް ކަރަސްޕޮންޑެންޓްސް ޑިނަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމަލާ އަމާޒު ކުރީ އަހަރެންނަށް ކަމަށް ބެލެވިދާނެ: ޓްރަމްޕް

ހަމަލާ އަމާޒު ކުރީ އަހަރެންނަށް ކަމަށް ބެލެވިދާނެ: ޓްރަމްޕް

26 އެޕްރީލު 2026
ހަމަލާގެ ސަބަބުން އޮފިސަރެއްގެ ގަޔަށް ވަޒަން އެރި، މިހާރު އޭނާގެ ޙާލު ރަނގަޅު

ހަމަލާގެ ސަބަބުން އޮފިސަރެއްގެ ގަޔަށް ވަޒަން އެރި، މިހާރު އޭނާގެ ޙާލު ރަނގަޅު

26 އެޕްރީލު 2026
ވައިޓް ހައުސްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓެއްގައު ބަޑީގެ ހަމަލާއެއް ދީފި

ވައިޓް ހައުސްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓެއްގައު ބަޑީގެ ހަމަލާއެއް ދީފި

26 އެޕްރީލު 2026
އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

18 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު