Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ މެދު ކަނޑާލުމުގެ މުއްދަތު ޓްރަމްޕް އިތުރު ކުރައްވައިފި

22 އެޕްރީލު 2026 | ބުދަ 05:26

ސޯޝަލް މީޑިއާގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ މުއްދަތު އިތުރު ކުރަން ނިންމެވީ، ސުލްޙައިގެ ވާހަކަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޕާކިސްތާންގެ އެދުމުގެ މަތީން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އެޕްރީލު 2026 | ބުދަ 05:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ހަނގުރާމަ މެދު ކަނޑާލުމަށް ޤާއިމު ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން މަދު ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، މުއްދަތެއް ނެތް ގޮތަށް އެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް އިއުލާން ކުރައްވައިފި އެވެ.

އަންގާރަ ދުވަހު ޓްރަމްޕް މި ނިންމުން ނިންމަވާފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ތަކާއި، ސުލްޙައިގެ ވާހަކަ ތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. 

ސޯޝަލް މީޑިއާގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ މުއްދަތު އިތުރު ކުރަން ނިންމެވީ، ސުލްޙައިގެ ވާހަކަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޕާކިސްތާންގެ އެދުމުގެ މަތީން ކަމަށެވެ. އަދި އީރާންގެ ލީޑަރުންނާއި، މަންދޫބުންނަށް އެއްބަސްވެވޭ ފަދަ ހުށަހެޅުމަކާ އެކު އާދެވެންދެން، އެ ޤައުމަށް ދޭން ނިންމާފައިވާ ހަމަލާތައް މަޑު ޖައްސާލުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިއީ އީރާންގެ އިންޖީނުގެ ތަކާއި، އާންމު އުމްރާނީ ވަސީލަތް ތަކަށް ބޮން އެޅުމަށް ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދެވި އިންޒާރު ތަކުން ފަހަތަށް ޖެހިވަޑައިގެންނެވި އެންމެ ފަހުގެ ފަހަރެވެ. 

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާން އަށް ހަމަލާ ދޭން ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ހަމަލާ ބަދަލު ކުރުން މެދު ކަނޑާލުމުގެ މުއްދަތު އިތުރު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، އެ ނިންމެވުން ނިންމެވީ އީރާންގެ ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާތީ ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އެ ޤައުމުގެ ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ އަލީ ލަރިޖާނީގެ އިތުރުން، އެހެން އިސް ބޭފުޅުން ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. 

ޓްރަމްޕް ވިދާޅުވީ އީރާންގެ ބަނދަރުތަކާއި، އައްސޭރި ފަށުގެ ސަރަހައްދުތައް އެމެރިކާގެ ކަނޑުގެ ސިފައިން މެދުވެރިކޮށް ބަންދު ކޮށްފައި އޮތް އޮތުން ކުރިއަށް ގެންދަވާނެ ކަމަށެވެ. މިއީ ހަނގުރާމައިގެ އަމަލެއް ކަމަށް އީރާން އިން ބުނަމުންދާއިރު، ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ބުރުގެ މަޝްވަރާ ތަކަށް މަންދޫބުން ފޮނުވުމާ މެދު އީރާން އިން އޮތީ ވަކި ގޮތެއް ނުނިންމަ އެވެ. 

އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އާއެކު ބާއްވާ މަޝްވަރާ ތަކަށް އެއްވެސް ވަފުދެއް ނުފޮނުވާނެ ކަމަށް އީރާން އިން ވަނީ ޕާކިސްތާން އަށް އަންގައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

ހަނގުރާމަ އަލުން ފަށައިފި ނަމަ، އީރާން އިން އައު ކާޑު ތަކެއް ބޭނުން ކުރާނެ!

21 އެޕްރީލު 2026
ހަނގުރާމަ އަލުން ފަށައިފި ނަމަ، އީރާން އިން އައު ކާޑު ތަކެއް ބޭނުން ކުރާނެ!
21 އެޕްރީލު 2026

ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި

21 އެޕްރީލު 2026
ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި
21 އެޕްރީލު 2026

ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް

21 އެޕްރީލު 2026
ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް
20 އެޕްރީލު 2026

އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

20 އެޕްރީލު 2026
އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި
20 އެޕްރީލު 2026

އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި

20 އެޕްރީލު 2026
އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި
20 އެޕްރީލު 2026

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި
20 އެޕްރީލު 2026

ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި

20 އެޕްރީލު 2026
ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި
19 އެޕްރީލު 2026

ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

19 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!
19 އެޕްރީލު 2026

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026
އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި
18 އެޕްރީލު 2026

އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

18 އެޕްރީލު 2026
އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް