Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ އަލުން ފަށައިފި ނަމަ، އީރާން އިން އައު ކާޑު ތަކެއް ބޭނުން ކުރާނެ!

21 އެޕްރީލު 2026 | އަންގާރަ 09:03

ބިރު ދެއްކުމުގެ ދަަށުން، އީރާނުން އެމެރިކާ އާއެކު މަޝްވަރާ ތަކަށް ނުދާނެ ކަމަށް ޣަލިބާފް ވަނީ ވިދާޅުވެފައި. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަނީ މަޝްވަރާ ތަކުގެ މޭޒު، ހަލާކުގެ މޭޒަކަށް ބަދަލު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އެޕްރީލު 2026 | އަންގާރަ 09:03
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފަށައިފި ނަމަ، އީރާނުން އައު ކާޑު ތަކެއް ބޭނުން ކުރާނެ ކަމުގެ އިންޒާރު އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ.

ޣަލިބާފް މިހެން ވިދާޅުވެފައި ވަނީ، ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވެފައިވާ ދެ ހަފުތާގެ މުއްދަތު ހަމަވާން ކައިރި ވެފައި ވަނިކޮށެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެެއްބަސްވުމެއް ހޯދުމަށް ޕާކިސްތާނުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. 

އެމެރިކާ އާއެކު، ޕާކިސްތާނުގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާ ތަކުގައި އީރާންގެ އިސް ބޭފުޅެއްގެ ގޮތުގައި ވެސް ހުންނެވި ޣަލިބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިރު ދެއްކުން ތަކުގެ ދަށުން އީރާނުން މަޝްވަރާ ތަކުގައި ބައިވެރި ނުވާނެ ކަމަަށެވެ. އަދި ހަނގުރާމައިގެ މައިދާނުގައި އައު ކާޑު ތަކެއް ދެއްކުމަށް، ފާއިތުވި ދެ ހަފުތާގައި އީރާން އިން ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިރު ދެއްކުމުގެ ދަަށުން، އީރާނުން އެމެރިކާ އާއެކު މަޝްވަރާ ތަކަށް ނުދާނެ ކަމަށް ޣަލިބާފް ވަނީ ވިދާޅުވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަނީ މަޝްވަރާ ތަކުގެ މޭޒު، ހަލާކުގެ މޭޒަކަށް ބަދަލު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

ޣަލިބާފް މި ވާހަކަތައް ދެއްކެވީ އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ވާނެ ކަމުގެ ޔަޤީންކަން ނެތް ނަމަވެސް، އެމެރިކާ އާއި އީރާންއާ ދެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބޭއްވުމަށް ޕާކިސްތާނުން ތައްޔާރު ވަމުން އަންނަ ވަގުތެއްގަ އެވެ. އީރާން އިން ވަނީ މަޝްވަރާ ތަކުގައި ބައިވެރިވުމާ މެދު ޕޮޒިޓިވްކޮށް ވިސްނަމުންދާ ކަމަށް ހާމަ ކޮށްފަ އެވެ. 

ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވެފައިވާއިރު، އެ މުއްދަތު މި ހަފުތާގެ ތެރޭގައި ހަމަވާނެ އެވެ. އެމެރިކާ އާއި އީރާން އިން ވެސް ގެންދަނީ، ދެ ފަރާތުން ވެސް ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު މިހާރު ވެސް ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ. ސަރަހައްދީ ބާރުތަކާ ދެެމެދު ވެސް ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މުހައްމަދު ބާގިރު ގަލިބާފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި

21 އެޕްރީލު 2026
ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި
21 އެޕްރީލު 2026

ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް

21 އެޕްރީލު 2026
ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް
20 އެޕްރީލު 2026

އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

20 އެޕްރީލު 2026
އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި
20 އެޕްރީލު 2026

އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި

20 އެޕްރީލު 2026
އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި
20 އެޕްރީލު 2026

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި
20 އެޕްރީލު 2026

ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި

20 އެޕްރީލު 2026
ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި
19 އެޕްރީލު 2026

ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

19 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!
19 އެޕްރީލު 2026

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026
އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި
18 އެޕްރީލު 2026

އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

18 އެޕްރީލު 2026
އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ
18 އެޕްރީލު 2026

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

18 އެޕްރީލު 2026
އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް