Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެލެގްރާމް

ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ، ސަމާލުވޭ!

10 ޖުލައި 2025 | ބުރާސްފަތި 17:02

މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 ޖުލައި 2025 | ބުރާސްފަތި 17:02
ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ

ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ވަނީ ކިހިނެއް؟

މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނެއެވެ.

އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިންގ ލިންކު ފޮނުވަމުންދެއެވެ.

ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟

ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކޮށްލާށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރާށެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:

  1. ޓެލެގްރާމް ސެޓިންގ
  2. ޕްރައިވަސީ އެންޑް ސެކިއުރިޓީ
  3. ޓޫ-ސްޓެޕް ވެރިފިކޭޝަން
  4. ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
  5. ރިކަވަރީ އީމެއިލް އެޑްކުރުން

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ފުލުހުން ބުނެއެވެ.

އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދޭށެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެކެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ޓެލެގްރާމްޕިޝިންގ ލިންކުހެކް ކުރުންއޯޓީޕީސްކޭމްޓޫ-ސްޓެޕް ވެރިފިކޭޝަން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
15 ސެޕްޓެމްބަރު 2025

ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި

15 ސެޕްޓެމްބަރު 2025
ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި
04 ފެބުރުއަރީ 2025

ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވުމަށް ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެ

04 ފެބުރުއަރީ 2025
ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވުމަށް ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެ
28 ޖެނުއަރީ 2025

ސްކޭމް ކުރުމަށް އައު އުކުޅެއް - އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް

28 ޖެނުއަރީ 2025
ސްކޭމް ކުރުމަށް އައު އުކުޅެއް - އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް
23 ޑިސެމްބަރު 2024

ގެދޮރުވެރިޔާ ސްކީމަށް ފޯމުލުމުގެ ފުރުސަތު ދެނީ ކަމަށް ބުނެ ސްކޭމެއް ހިންގަނީ، ސަމާލުވޭ: ފުލުހުން

23 ޑިސެމްބަރު 2024
ގެދޮރުވެރިޔާ ސްކީމަށް ފޯމުލުމުގެ ފުރުސަތު ދެނީ ކަމަށް ބުނެ ސްކޭމެއް ހިންގަނީ، ސަމާލުވޭ: ފުލުހުން
13 ޑިސެމްބަރު 2024

ސްކޭމްގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

13 ޑިސެމްބަރު 2024
ސްކޭމްގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި
25 އޮކްޓޯބަރު 2024

ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ފުލުހުންގެ އިލްތިމާސްއެއް

25 އޮކްޓޯބަރު 2024
ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ފުލުހުންގެ އިލްތިމާސްއެއް
23 އޮކްޓޯބަރު 2024

އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ

23 އޮކްޓޯބަރު 2024
އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް