Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްކޭމްގެ މައްސަލަތައް

ބަލިމީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން ހިމެނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 05:07
ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި

ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި | ސެކިއުރިޓީ މެގަޒިން

ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ބުނީ، އެފަދަ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެފަދަ ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށެވެ.

Advertisement - newsAdvertisement

މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން ހިމެނޭކަމަށް އެ ސެންޓަރުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުންވެސް ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމާއި، ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބުދިނުން ފަދަ އުކުޅުތައް ބޭނުންކުރާކަމަށް ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އެ ކަންކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އެދިފައިވެ އެވެ. އެގޮތުން ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތު ކަށަވަރުކޮށް ޔަޤީން ކުރުމާއި، "ގޫގަލް ރިވަރސް އިމޭޖް" ބޭނުންކޮށްގެން އެ ފޮޓޯއަކީ ސައްޙަ ފޮޓޯއެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ޔަގީންނުވާ ޕޯސްޓްތައް ޝެއަރ ކުރުމުން ދުރުހެލިވުމަށް ފުލުހުން އެދިފައިވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުގައި އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެހެންކަމުން އެ ކަންކަން ރިޕޯޓު ކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމު ކުރުމުގެ ގޮތުން ފުލުހުން އެންޓި ސްކޭމް ސެންޓަރު ގާއިމްކޮށް، ރިޕޯޓު ކުރާ ނަންބަރަކަށް 125 ވަނީ ހަމަޖައްސާފަ އެވެ.

ސްކޭމްފުލުހުންގެ ތަފާސް ހިސާބުތައް

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން

14 ފެބުރުއަރީ 2026
ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން
15 ސެޕްޓެމްބަރު 2025

ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި

15 ސެޕްޓެމްބަރު 2025
ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި
10 ޖުލައި 2025

ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ، ސަމާލުވޭ!

10 ޖުލައި 2025
ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ، ސަމާލުވޭ!
04 ފެބުރުއަރީ 2025

ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވުމަށް ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެ

04 ފެބުރުއަރީ 2025
ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވުމަށް ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެ
28 ޖެނުއަރީ 2025

ސްކޭމް ކުރުމަށް އައު އުކުޅެއް - އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް

28 ޖެނުއަރީ 2025
ސްކޭމް ކުރުމަށް އައު އުކުޅެއް - އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު