Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ އެސްޖީ

ޕީއެންސީގެ އެސްޖީ އިސްތިއުފާ ދެއްވައިފި

ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށް އެ ޕާޓީގެ ތައީސް އަދި ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުންކަމަށް ބުނެ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފި. މަޤާމަށް ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުޞަތު ދިނުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއިރު، މިއީ ސަރުކާރާއި ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އެޕްރީލު 2026 | ހޮނިހިރު 14:28
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓަރީ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓަރީ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް | ޕީއެންސީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓަރީ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ހާމަ ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ ޕާޓީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނަކަމަށް ވެސް ޕޯސްޓުގައި ލިއުއްވާފައިވެއެވެ.

އެހެންކަމުން 18 އޭޕްރީލް އިން ފެށިގެން ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

މި ދަނޑިވަޅަކީ ސަރުކާރުގެ އެތެރޭގެ ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެކެވެ. އެގޮތުން ކެބިނެޓާއި އެސްއޯއީތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، މިއީ ނިމިދިޔަ އިންތިޚާބުތަކުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ގެންނަމުންދާ ބަދަލުތަކެކެވެ.

ޕީއެންސީ ސަރުކާރުމުއާޒް ހަލީމްސަރުކާރުގެ އޮފީސްތައް

އިތުރަށް ކިޔާލަން

27 މާރިޗު 2026

ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު

27 މާރިޗު 2026
ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު
23 ޖެނުއަރީ 2026

ފުރަތަމަ އިމްތިހާނުގެ ކުރިން ޕީއެންސީ ކެންޑިޑޭޓު މުސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

23 ޖެނުއަރީ 2026
ފުރަތަމަ އިމްތިހާނުގެ ކުރިން ޕީއެންސީ ކެންޑިޑޭޓު މުސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން

22 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން
28 ސެޕްޓެމްބަރު 2025

ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށްފި

28 ސެޕްޓެމްބަރު 2025
ދައުލަތެއްގެ ސިފަ ގެއްލި ގާނޫނުތައް ރަށްމެދުކޮށްފި
30 ޖޫން 2025

ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް

30 ޖޫން 2025
ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު