Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓް ވަރުގަދަ ކުރަނީ، ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް ފެންނާނެ

14 އެޕްރީލު 2026 | އަންގާރަ 05:51

މުބީން ވިދާޅުވީ ޤައުމީ ޓީމަށް ކުޅެމުން އަންނަ ހަތް ކުޅުންތެރިން ނުވަތަ އަށް ކުޅުންތެރިން، ކުރިއަށް އޮތް ސީޒަންގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި ފެންނާނެ ކަމަަށް. އަދި ނިއު ރޭޑިއަންޓުގެ އިސްވެރިންގެ އަމާޒަކީ ކުލަބުގެ ސަޕޯޓަރުން ފަޚުރުވެރިވާ ފަދަ ވަރުގަދަ ޓީމެއް ބިނާ ކުރުން ކަމަށް ވެސް މުބީން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އެޕްރީލު 2026 | އަންގާރަ 05:51
ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން.

ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން. | ސޯޝަލް މީޑިއާ

ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރާއްޖޭގެ ޤައުމީ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިން ތަކެއް ނިއު ރޭޑިއަންޓް އިން ފެންނާނެ ކަމަށް އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުބީން ވިދާޅުވީ، ކުރިއަށް އޮތް ސީޒަނަށް ކުލަބު ވަރުގަދަ ކުރުމުގެ މަސައްކަތް އިސްވެރިން ގެންދަނީ ވަރަށް ބޮޑަށް ކުރަމުން ކަމަށެވެ. ނަމަވެސް، ނިއު ރޭޑިއަންޓް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، ވާދަވެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެއްވެސް ފޯވާޑަކު ގެނައުމުގެ ޝައުޤުވެރިކަން ނެތް ކަމަށް މުބީން ވިދާޅުވި އެވެ. 

މުބީން ވިދާޅުވީ ކުޅުންތެރިން ގެނައުމުގައި ނިއު ރޭޑިއަންޓް އިން އިސްކަން ދޭނީ ތިން ކަމަކަށް ކަމަށެވެ. އެގޮތުން ކުޅިވަރުގެ ރިވެތި އަޚުލާޤާއި، ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އަދި ކުލަބުގެ ސަޕޯޓަރުންނަށް އިޙުތިރާމް ހޯދައި ދިނުން ހިމެނޭ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

އެއާ އެކު މުބީން ވިދާޅުވީ ޤައުމީ ޓީމަށް ކުޅެމުން އަންނަ ހަތް ކުޅުންތެރިން ނުވަތަ އަށް ކުޅުންތެރިން، ކުރިއަށް އޮތް ސީޒަންގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި ފެންނާނެ ކަމަަށެވެ. އަދި ނިއު ރޭޑިއަންޓުގެ އިސްވެރިންގެ އަމާޒަކީ ކުލަބުގެ ސަޕޯޓަރުން ފަޚުރުވެރިވާ ފަދަ ވަރުގަދަ ޓީމެއް ބިނާ ކުރުން ކަމަށް ވެސް މުބީން ވިދާޅުވި އެވެ. 

މުބީން މިހެން ވިދާޅުވެފައިވާއިރު، މާޒިޔާ ދޫކޮށްލަން ނިންމާފައިވާ ހަމްޒާ މުޙައްމަދު (ހަމްޕު) ހޯދަން ނިއު ރޭޑިއަންޓް އިން މަސައްކަތް ކުރާ ކަމުގެ އަޑު ތަކެއް ފެތުރުނެވެ. ނަމަވެސް މާޒިޔާގެ ފޯވާޑު ލައިންގައި ހިމެނޭ އެއްވެސް ކުޅުންތެރިޔަކު ގެންނަން ނިއު ރޭޑިއަންޓް އިން ބޭނުން ނުވާ ކަަމަށް މުބީންގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ. އިތުރު މަސްދަރު ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު ރޭޑިއަންޓް އިން ހަމްޕު ގެންނަން މަސައްކަތް ނުކުރެ އެވެ.

ނިއު ރޭޑިއަންޓުގެ ޗެއާމަންކަމާ މުބީން ހަވާލުވެ، އޭނާ ގެންދަވަނީ ނިއު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ގިނަ އަހަރު ތަކަކަށް ފަހު ނިއު ރޭޑިއަންޓް އިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނައިރު، ނިމުނު ސީޒަންގެ ދިވެހި ޕްރިމިއާ ލީގު އެ ޓީމުން ނިންމާލީ ތިން ވަނައިގަ އެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއަޙުމަދު މުބީން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

01 މާރިޗު 2026

ނިއު ރޭޑިއަންޓްގެ ކޯޗުކަމުން ވަކިވެ، ސުޒޭން އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް

01 މާރިޗު 2026
ނިއު ރޭޑިއަންޓްގެ ކޯޗުކަމުން ވަކިވެ، ސުޒޭން އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް
21 ފެބުރުއަރީ 2026

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

21 ފެބުރުއަރީ 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް
14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
11 ފެބުރުއަރީ 2026

ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް

11 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
10 ފެބުރުއަރީ 2026

ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި

10 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި
09 ފެބުރުއަރީ 2026

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

09 ފެބުރުއަރީ 2026
ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް