Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނިކަހާ މީހުންގެ މުސާރަ

ޓެކްނިކަލް މައްސަލަ އަކާ ހެދި، ދިއްދޫ ކުނިކަހާ މީހުންގެ މުސާރަ ދެމަހަށްވުރެ ލަސްވެއްޖެ

އދ. ދިއްދޫ އިޖްތިމާއީ ސަރަހައްދު ކުނިކަހާ މީހުންނަށް ދޭންޖެހޭ އުޖޫރަ ނުލިބި ދެމަހަށްވުރެ ގިނަ ދުވަސްވުމާ ގުޅިގެން، އެ މަސައްކަތުގައި އުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ. ކައުންސިލްގެ އިދާރީ ހިންގުމަށް އައި ބަދަލުތަކާއި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން މުސާރަ ދިނުން ލަސްވެފައިވާއިރު، މި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 14 އެޕްރީލު 2026 | އަންގާރަ 03:14
އދ. ދިއްދޫ

އދ. ދިއްދޫ | ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އދ. ދިއްދޫގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ މީހުންނަށް ލިބެންޖެހޭ މުސާރަ ނުލިބޭތާ ދެމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ހާމަވެއްޖެއެ ވެ.

ދިއްދޫގެ އިޖްތިމާއީ ސަރަހައްދަށް ކުނިކަހަންދާ މީހަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، ކުނިކަހަން ދަނީ ނަން ނޯޓު ކޮށްގެން ކަމަށާއި، ހަފްތާއަކު ދެ ދުވަހު ކުނިކަހަން ދާންޖެހޭއިރު ދުވާލަކު 120 ރުފިޔާ ލިބޭ ކަމަށެވެ. ނަމަވެސް މުސާރަ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ ވަރަށް ދަތިވާކަމަށް އޭނާ ބުންޏެވެ.

ކުނިކަހަން ދާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި އިތުރު ވަޒީފާއެއް އަދާ ނުކުރާ މީހުން ކަމަށްވާތީ، މުސާރަ ލަސްވުމުން އެ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަން ދިއްދޫ އިން ވާހަކަދެއްކި ފަރާތުން ފާހަގަކުރި އެވެ.

މި މައްސަލައާ ގުޅިގެން ދިއްދޫ ކައުންސިލްގެ މިހާރުގެ މެމްބަރު އަދި އިންތިޚާބީ ރައީސް އަނީސް މުހައްމަދު ވިދާޅުވީ، ކުނިކަހާ މީހުންނަށް މުސާރަ ނުދެވިގެން އުޅޭނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދިކަމަށެވެ. އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް މުސާރަ ދިނުމުގެ މަސައްކަތް މިހާރު ކައުންސިލުން ކުރާ ކަމުގައި އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އދ. ދިއްދޫގެ ރަށު ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނިމިދިޔަ މާރިޗު މަހުގެ މުސާރަ ވެސް ލިބިފައި ވަނީ، މަސް ނިމިގެން 8 ދުވަސް ފާއިތުވި ފަހުންނެވެ. މި މައްސަލައާ ގުޅިގެން އަނީސް ވިދާޅުވީ، މުސާރަ ދިނުން ލަސްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން އިދާރީ ބައެއް ކަންކަމަށް ބަދަލު ގެންނަންޖެހުމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ، ކައުންސިލް މުވައްޒަފުންގެ މުސާރަ ދިނުން ލަސްވީ އެ މަސައްކަތް އާންމުކޮށް ކުރާ މުވައްޒަފު މިވަގުތު ޗުއްޓީގައި ހުރުމުން ކަމަށެވެ. އަދި މުސާރަ ޝީޓް ތައްޔާރުކުރުމުގެ މަސައްކަތް އެނގޭ އިތުރު މުވައްޒަފަކު ކައުންސިލް އިދާރާގައި ނެތުމަކީ މުސާރަ ލަސްވާން މެދުވެރިވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ކުނިކަހާ މީހުންނަށް މުސާރަ ދިނުމުގައި ލަސްވުމަކީ އެ މީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން އަވަސް ފިޔަވަޅު އަޅަންޖެހޭކަމަށް ރަށުގެ ރައްޔިތުން ދަނީ ގޮވާލަމުންނެވެ. 

މުހައްމަދު އަނީސްއދ. ދިއްދޫ ކައުންސިލް އިދާރާއދ. ދިއްދޫކުނިކަހާމީހުން

އިތުރަށް ކިޔާލަން

08 އެޕްރީލު 2026

އދ. ދިއްދޫ ކަައުންސިލް އިދާރާގެ މުވައްޒަފުންނަށް ނިމިދިޔަ މަހުގެ މުސާރަ ޖަމާވީ މިއަދު

08 އެޕްރީލު 2026
 އދ. ދިއްދޫ ކަައުންސިލް އިދާރާގެ މުވައްޒަފުންނަށް ނިމިދިޔަ މަހުގެ މުސާރަ ޖަމާވީ މިއަދު
15 ފެބުރުއަރީ 2026

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

15 ފެބުރުއަރީ 2026
ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!
08 އެޕްރީލު 2023

ދިއްދޫ ކައުންސިލް މެންބަރު އިންތިހާބު ކުރާ ބައި-އިލެކްޝަން އޮބްޒާވް ކުރުމަށް ފޯމް ހުށަހަޅަން ހުޅުވާލައިފި

08 އެޕްރީލު 2023
ދިއްދޫ ކައުންސިލް މެންބަރު އިންތިހާބު ކުރާ ބައި-އިލެކްޝަން އޮބްޒާވް ކުރުމަށް ފޯމް ހުށަހަޅަން ހުޅުވާލައިފި
18 މާރިޗު 2023

ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ފަށައިފި

18 މާރިޗު 2023
ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ފަށައިފި
18 މާރިޗު 2023

އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ހޮނިހިރު ދުވަހު

18 މާރިޗު 2023
އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ހޮނިހިރު ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު