Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ

އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ނުފޫޒަށް ތަބާވެ، އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ. ވަކިން ޚާއްސަކޮށް، ކޮމިޝަންގެ ރައީސް ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ވާހަކަދައްކަވައި، ސަރުކާރަށް އިންތިޚާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރެއްވި ކަމަށް އެ ޕާޓީން ބުނޭ. އެހެންކަމުން، މުސްތަގިއްލުކަމާއެކު މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވުމަށް އެމްޑީޕީން ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 12:42
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު | ރާއްޖެ އެމްވީ

އޭޕްރީލް 4 ވަނަ ދުވަހު ކުރިއަށް ދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ޚިޔާލު ހޯދުމަށް ނެގުނު އިންތިޚާބު ތަކަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަމެއް ނެތް އިންތިޚާބު ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އިންތިޚާބުތަކާ ބެހޭ ގޮތުން އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، މި އިންތިޚާބުގެ ކަންކަން ތަރުތީބުވެގެން އައި ގޮތާ މެދު ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްޑީޕީ އިން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުން ކަމަށެވެ. 

ވަހީދު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވީ އިލެކްޝަންސް ކޮމިޝަންގެ އަމަލުތައް ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ސަރުކާރަށް ތަބާވެ މި އިންތިޚާބުގައި ގިނަ ރައްޔިތުންނަށް ވޯޓު ނުލެވޭނެ ގޮތަށް އިންތިޒާމުތައް ރޭވި ކަމަށާއި ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި ފޮށިތައް ނުބަހައްޓަން ނިންމުމާއެކު އެމްޑީޕީ އިން ދިޔައީ އެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ.

މި އިންތިޚާބު ނިމިގެން ދިޔަ އިރު އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ ދިވެހިރާއްޖޭގެ ތާރީޚުގަ ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އޮޅުންބޮޅުން އޮތް އިންތިޚާބެއްގެ ގޮތުގައި. އިންތިޒާމުތަކުގެ ތެރޭގަ. އިލެކްޝަންސް ކޮމިޝަންގެ ތައްޔާރީތައް ވެފަ ހުރީ ސީދާ މި އިންތިޚާބު އިންސާފުވެރި ނުވާނެ މަގުން. އަޅުގަނޑުމެން މި ވާހަކަތައް ތާއަބަދު ދެއްކިން. ވަކިން ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ފަރާތުން ފެނިގެން ދިޔައީ މި ދެންނެވި ގޮތަށް އަމަލުތައް ބެހެއްޓިތަން. 
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު 

ވަހީދު ވިދާޅުވީ އިންތިޚާބަށް 24 ގަޑިއިރަށް ފެވައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރައްވައި ވޯޓުލާން ތިބި މީހުންނަށް ވޯޓު ނުލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައި ކަމަށެވެ. 

މިކަމުން ސާފުވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ހުންނެވީ ސަރުކާރުގެ ސީދާ ނުފޫޒާ ބާރުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

އޭގެ އިތުރުން ޒާހިދު ވަނީ ސަރުކާރަށް މި އިންތިޚާބު ކަމިޔާބު ކޮށްދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ގެ ހައިސިއްޔަތުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރައްވާފައި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އެގޮތުން މުޅި އިންތިޒާމުތައް ގަޑުބަޑު ކޮށްގެން އެ ބޭފުޅުން އަމަލުކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ސީދާ އެ ކޮމިޝަންގެ ބޭފުޅުން މައުލޫމާތު ދެމުންދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ދަންނަވަން އޮތީ މަގާމުގެ މަސްއޫލިއްޔަތު ގާނޫނުގަ އެ ބުނާ މުސްތައްގިލު މުއައްސަސާ އެއްގެ ގޮތުގައި ހިންގޭނެ ކަމުގެ ފުރުސަތު ނުދެވޭނަމަ މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީއަބްދުﷲ ވަހީދުއިލެކްޝަންސް ކޮމިޝަންމުޙައްމަދު ޒާހިދުދިއްދޫ ދާއިރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަނަދޫ ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލާފައިވާ މައްސަލަ ޖެހި، ރަށު ރައްޔިތުން އިހުތިޖާޖަށް

މަނަދޫ ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލާފައިވާ މައްސަލަ ޖެހި، ރަށު ރައްޔިތުން އިހުތިޖާޖަށް

06 އެޕްރީލު 2026
އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

06 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026
ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

05 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު