Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

މަނަދޫ ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލާފައިވާ މައްސަލަ ޖެހި، ރަށު ރައްޔިތުން އިހުތިޖާޖަށް

މަނަދޫ ކައުންސިލްގެ ރައީސް ކަމަށް މިހާރު އިންތިޚާބުވެފައިވާ އަލީ ޒާފިރު ވިދާޅުވީ، މަނަދޫ ޕްރީ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް، ލިސްޓުގައި ތިބި މީހުންގެ އަދަދަށް ވުރެ އިތުރަށް އެއް ވޯޓު ލާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2026 | ހޯމަ 09:54
މަނަދޫގައި ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން.

މަނަދޫގައި ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން. | ރާއްޖެ އެމްވީ

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނ.މަނަދޫގެ ވޯޓު ފޮއްޓަށް، އެހެން ދާއިރާއެއްގެ މީހަކު ވޯޓު ލާފައިވާ މައްސަލަ ދިމާވެ ރަށު ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް ކަމަށް މިހާރު އިންތިޚާބުވެފައިވާ އަލީ ޒާފިރު ވިދާޅުވީ، މަނަދޫ ޕްރީ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް، ލިސްޓުގައި ތިބި މީހުންގެ އަދަދަށް ވުރެ އިތުރަށް އެއް ވޯޓު ލާފައިވާ ކަމަށެވެ. އެކަމުގެ މައްސަލަ ދިމާވެފައިވާއިރު، އެ މައްސަލަ ހައްލު ނުކޮށް ހޯމަ ދުވަހު ވޯޓު ފޮށި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު، މަނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އިހުތިޖާޖު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޒާފިރު ވިދާޅުވީ މިވަގުތުގެ ނަތީޖާ އަށް ބަލާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އެއް ގޮނޑީގައި އުޅެނީ އެއް ވޯޓުގެ ތަފާތެއް ކަމަށެވެ. އެގޮތުން އެއް ވޯޓުން ޕީއެންސީގެ ކެންޑިޑޭޓް ކުރީގައި އޮތްއިރު، އެ ވޯޓު ފޮއްޓަށް އެއް ވޯޓު އިތުރަށް ލާފައިވުމަކީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަން އިން އެކަމަށް ޙައްލެއް ގެނެސްފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

Your browser does not support the video tag.
މަނަދޫގައި ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން

އެކި އެކި މަސްދަރު ތަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަނަދޫގެ ވޯޓު ފޮއްޓަށް އިތުރަށް އެއް ވޯޓު ލާފައި ވަނީ ޕީއެންސީގެ ކެމްޕެއިން މެނޭޖަރެވެ. ނަމަވެސް، އޭނާ އަކީ މަނަދޫ އަށް ނިސްބަތްވާ މީހެއް ނޫން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން މަނަދޫގެ ރައްޔިތުން އަންނަނީ އަތޮޅު ކައުންސިލް އިދާރާއާ ދިމާލުގައި އިހުތިޖާޖު ކުރަމުންނެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅު ތަކުން ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ އިންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ނ.މަނަދޫ

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."
05 އެޕްރީލު 2026

ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ

05 އެޕްރީލު 2026
ދ. މީދޫ ޕީއެންސީ ކެންޑިޑޭޓް މޮޅުކުރަން ވޯޓު އޮޅުވާލައިފި! އީސީގެ ނަތީޖާ އިން މީދޫގައި ހުރި މީހަކު ލ. ފޮނަދޫ ފޮއްޓަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ދައްކާ
05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި
05 އެޕްރީލު 2026

ރައްޔިތުންގެ ވިންދާއެކު....!

05 އެޕްރީލު 2026
ރައްޔިތުންގެ ވިންދާއެކު....!
05 އެޕްރީލު 2026

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު

05 އެޕްރީލު 2026
މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު