Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަސްމާ އާއި މެދު ރައީސް ކޯފާވުން

އާއްމުންނަށް ފޮނުވި މެސެޖެއްގެ ސަަބަބުން މެމްބަރު އަސްމާ އާއި މެދު ކޯފާވެ މަޢާފަށް އެދެން ރައީސް މަޖުބޫރުކުރުވައިފި

މާލެ ސަރަހައްދުގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި އާއްމުން ދަނީ ރައީސް އަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 14:06
މެމްބަރު އަސްމާ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

މެމްބަރު އަސްމާ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

އާއްމުންނަށް ފޮނުވި މެސެޖެއްގެ ސަަބަބުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) އާއި މެދު ރައީސް ޑރ.މުހައްމަދު މުއިއްޒު ކޯފާ އިސްކުރައްވާ، މަޢާފަށް އެދެން މަޖުބޫރުކުރުވައިފި އެވެ.

ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު މާފަންނު މެދު ދާއިރާގެ މެމްބަރުންނާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް އޮތީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އެކަން އަންގާ ދިނުމަށް އެދިވަޑައިގެން އަސްމާ މާފަންނު މެދު ދާއިރާގެ މެންބަރުންނަށް މެސެޖެއް ވަނީ ފޮނުއްވާފަ އެވެ.

Advertisement - newsAdvertisement

މިފަދަ މެސެޖެއް އަސްމާ ހިއްސާކުރައްވާފައި ވާއިރު މާލެ ސަރަހައްދުގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި އާއްމުން ދަނީ ރައީސް އަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޝަކުވާތައް ބަންޑުންކޮށްލާ ސަރުކާރާއި މެދު ހުރި އުދާސްތައް އާއްމުން ދަނީ ހާމަކުރަމުންނެވެ.

އެގޮތުން، މާލެ މައްޗަންގޮޅީގައި ބޭއްވި ބައްދަލުވުމުގައި ބައެއް އާއްމުން ވަނީ ސަރުކާރު ގެ ސިޔާސަތުތަށާއި މަޝްރޫޢުތަކަށް ފާޑު ކިޔާފަ އެވެ. އަސާސީ ބައެއް ޚިދުމަތްތަކާއި ގުޅުން ހުރި ކަންބޮޑުވުންތަކާއި، ސަރުކާރުގެ ބައެއް ސިޔާސާތުތައް އާއްމުންނަށް ފައިދާ ވާ ގޮތަށް ނެތުމުން އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި ގުޅުން ހުރި ކަންބޮޑުވުންތައް ފަދަ ކަންބޮޑުވުންތައް ހިމެނެ އެވެ.

އެ ކަންބޮޑުވުންތައް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފަިއ ވަނިކޮށް އަސްމާ ކުރެއްވި މެސެޖުގެ ސަބަބުން ކުރިން އެންގުމަކާއި ނުލާ ރައީސާއި ސުވާލު ނުކުރެވޭނެ ކަމަށް އަޑު ފެތުރުނެވެ. އަދި އެކަން ދިފާއުކުރައްވާ ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ވާހަކަދައްކަވާފަ އެވެ.

އަސްމާގެ އެ މެސެޖާއި ގުޅިގެން ރައީސް ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފަ އެވެ. ނަމަވެސް އަސްމާ ވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ސުވާލާއި ހިޔާލު ރައީސް އަށް ހުށަހެޅުމަށް ފުރުސަތު ހޯދާ ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަސްމާ އާއި މެދު ރައީސް ކޯފާ އިސް ކުރައްވާފައި ވާއިރު އޭނާ އާއި މެދު ބައެއް އެހެން ފިޔަވަޅުތައް މި ދަނޑިވަޅުގައި ވަނީ އަޅާފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ދުރުކުރުމުގެ އިތުރުން ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާ ކަމުން ދުރުކުރުން ހިމެނެ އެވެ. ހަމަ އެހެންމެ އަސްމާ ޔޫކޭ އަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރުވެސް ހަމަ މި ދަނޑިވަޅާއި ދިމާކޮށް ވަނީ ކެންސަލްކޮށްފަ އެވެ. އެހެންކަމުން މިއީ އިއްތިފާގެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ނުކުރެ އެވެ.

މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަށް ރައީސް ކުރެއްވި މެސެޖުން އެ މަނިކުފާނު އަސްމާ އާއި މެދު ކޯފާ އިސްކުރެއްވިކަން ހާމަވެ އެވެ. ރައީސް ގެ މެސެޖުގައި އަސްމާގެ ސަބަބުން އެ މަނިކުފާނު ބަދުނާމުވި ކަމަށް ސިފަކުރައްވާ އަސްމާ އާއި މެދު ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާފައިވާ ކަަމަށް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އާއްމުންނަށް ފެންނާނެހެން މަޢާފަށް އެދުމަށް އަސްމާ އަށް ވަނީ އަންގަވާފަ އެވެ. އެ އެންގުމާއި އެއްގޮތަށް އަސްމާ ވަނީ މަޢާފަށް އެދިވަޑައިގެން ބަޔާނެއް އާއްމު ކުރައްވާފަ އެވެ.

ރައީސް ގެ ބައްދަލުވުންތަކުގެ ތަސައްވުރު ހަޑިކޮށްލި ކަމަށް ބާޔާންކޮށް އަސްމާ އާއި ވަރަށް ކޯފާ އިސްކުރައްވާ ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ. ރައީސް ވަނީ އަސްމާ ގެ އެ މެސެޖަކީ އެ މަނިކުފާނުގެ އެއްވެސް މަޝްވަރާ އެއް ނެތި ކުރި މެސެޖެއް ކަަމަށް ވިދާޅުވެފަ އެވެ.

އަސްމާ ރަޝީދުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމާލެސަރުކާރުގެ ސިޔާސަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު