Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

މި އޮޕަރޭޝަންތަކުގައި އިޒްރޭލުގެ މުދާ އުފުލާ ބޯޓަކަށާއި، ޔޫއޭއީ، ބަހްރައިން އަދި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ރާޑަރު ސިސްޓަމްތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަނީ ހަމަލާދީފައި. ހޮރްމޫޒް ކަނޑުއޮޅި މިހާރު އޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، ދުޝްމަނުންގެ ހަރަކާތްތަކަށް ފާރަވެރިވަމުންދާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 00:52
އީރާނުން އުފައްދާފައިވާ ޑްރޯންތައް.

އީރާނުން އުފައްދާފައިވާ ޑްރޯންތައް. | ޕްރެސްޓީވީ

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ އަދި ކުއްލި ހަމަލާތަކެއް ދީފި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ. އީރާނުގެ ކަނޑުގެ ސިފައިން ދިން މި ހަމަލާތަކުގެ ތެރޭގައި މުދާ އުފުލާ ބޯޓުފަހަރާއި، އަސްކަރީ މަރުކަޒުތަކާއި، ރާޑަރު ސިސްޓަމްތަކުގެ އިތުރުން ޑްރޯން ދިފާއީ ނިޒާމުތަކަށް ދިން ހަމަލާތައް ހިމެނެއެވެ.

އައިއާރުޖީސީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތުގެ ކަނޑުގެ ސިފައިންގެ ހިތްވަރުގަދަ މުޖާހިދުން އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކާމިޔާބު ހަތަރު އޮޕަރޭޝަނެއް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 88 ވަނަ ފިޔަވަހީގެ ދަށުން، އައިއާރުޖީސީގެ ކަނޑުގެ ސިފައިން ވަނީ އެމެރިކާ އާއި އިޒްރޭލުގެ ޓެރަރިސްޓް އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މި ކުއްލި ހަމަލާތަކުގެ ތެރޭގައި، ޕާޝިއަން ގަލްފުގެ މެދުތެރޭ ސަރަހައްދުން ދަތުރުކުރަމުންދިޔަ ޒަޔަނިސްޓް އިޒްރޭލަށް ނިސްބަތްވާ "އެކްސްޕްރެސް ހަލްފޮންގް" ނަމަކަށް ކިޔާ ކޮންޓެއިނަރު އުފުލާ ބޯޓަކަށް، އައިއާރުޖީސީގެ ކަނޑުގެ ސިފައިން ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އައިއާރުޖީސީން އިތުރަށް ހާމަކުރި ގޮތުގައި، ދެވަނަ އޮޕަރޭޝަނެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އައްސޭރިފަށުގައި ތިބި އެމެރިކާގެ މެރިން ސިފައިންގެ މަރުކަޒަކަށް ވަނީ ޑްރޯން ބޭނުންކޮށްގެން ސީދާ ހަމަލާތަކެއް ދީފައެވެ. މި ސިފައިންނަކީ އައިއާރުޖީސީގެ މިސައިލް ހަމަލާތަކަށް ބިރުން، އަސްކަރީ މަރުކަޒުން ބޭރުގައި ނިވާވެގެން ތިބި ބައެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ބަހްރައިންގެ މަނާމާ އެއާޕޯޓް ކައިރީގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މަރުކަޒުން ބޭރުގައި ހަރުކޮށްފައި ހުރި "ހޯކް" އެންޓި-ޑްރޯން ސިސްޓަމް، އައިއާރުޖީސީގެ ޑްރޯންތަކުން ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، އެމެރިކާގެ "އަހުމަދު އަލް ޖާބިރު" ޓެރަރިސްޓް މަރުކަޒުގައި ހުރި ކުރިއާލާ އިންޒާރުދޭ ދެ ރާޑަރު ސިސްޓަމަކަށްވެސް އައިއާރުޖީސީގެ ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީގެ އަމުރުފުޅާ އެއްގޮތަށް، ހޮރްމޫޒް ކަނޑުއޮޅި އޮތީ އައިއާރުޖީސީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. އަދި ދުޝްމަނުންގެ އެއްވެސް ހަރަކާތެއް ފެނިއްޖެނަމަ، ވަގުތުން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ

އީރާން-އިޒްރޭލްއީރާން-އެމެރިކާއައިއާރުޖީސީހޮރްމޫޒް ކަނޑުއޮޅިއީރާން-ޔޫއެސްއޭ-އިޒްރޭލްއީރާން-އިޒްރޭލް-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

31 މާރިޗު 2026
ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ

ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ

31 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް

31 މާރިޗު 2026
ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

31 މާރިޗު 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު