Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެފަރެންޑަމް ޙުކުމް

ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

1 އެޕްރީލު 2026 | ބުދަ 05:13

ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ދުސްތޫރީ އަސާސެއް ނެތް "އުނި" ޙުކުމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވި. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރާ ސުވާލަކީ އިޞްލާޙުކުރާ މާއްދާތަކާއި އޭގެ ޚުލާޞާ އެނގޭނެހެން ފަރުމާކުރަންޖެހޭ ސުވާލަކަށް ވާންޖެހޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އެޕްރީލު 2026 | ބުދަ 05:13
ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވެން ނެތްކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތުރީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމެއް ނޫންކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ ދީދީ ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތުރީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމެއް ނޫންކަން މި މައްސަލައާ ގުޅުން ހުރި ދުސްތޫރީ ނައްޞުތަކަށާއި، ދުސްތޫރީ ނައްޞުތައް މާނަކުރުމުގެ ޢާންމު އުޞޫލުތަކަށް ބެލުމުން ސާފުކޮށް އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

ޑރ ދީދީ ވިދާޅުވީ، ދުސްތޫރީ ނައްޞެއްގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާ ކަމެއް ތަޠްބީޤު ކުރަންވާނީ އެ ނައްޞެއްގައި ކަނޑައަޅައިފައިވާ ގޮތަށް ކަމަށާއި، އެކަން ނިންމަން ޖެހެނީ އެއްވެސް މީހެއްގެ އަމިއްލަ އިޖްތިހާދަކަށް ނޫން ކަމަށެވެ.

މިގޮތުންބަލާއިރު، ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގައި ޤާނޫނުއަސާސީގެ ކަނޑައެޅޭ ވަކި މާއްދާތަކަކަށް  އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ރައީސުލް ޖުމްހޫރިއްޔާ ތަޞްދީޤު ކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ  ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޢުލަބިއްޔަތު ލިބިއްޖެނަމަ ކަމަށް ބަޔާން ކޮށްފައި އޮތުމުން އެއްވެސް އޮޅުމެއްނެތް މިންވަރަށް އެނގެނީ، ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ދަށުން ރައްޔިތުން ރުހޭތޯ ބެލުމަށް  ނަގާ ވޯޓެއްގައި ރައްޔިތުންނާ ކުރެވޭ ސުވާލު  ވާންވާނީ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙަށް  ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރެވޭ ސުވާލަކަށްކަން ޑރ ދީދީ ފާހަގަ ކުރެއްވި އެވެ.

 އަދި ވިދާޅުވީ، އެ ނޫން އެއްވެސް ވާހަކައެއް އެ ސުވާލުގައި ޝާމިލުކޮށް، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަން ފެނޭތޯ އެ ސުވާލުގައި ހިމެނުމަކީ ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގެ ޙުދޫދު ފަހަނައަޅައި ދިއުންކަމުގައި މެނުވީ ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ ދުސްތޫރީ ގޮތުން ޞައްޙަ ސުވާލެއް ނޫންކަން ސާފުކޮށް އެނގޭކަމަށްވެސް ޑރ ދީދީ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ  އެ ސުވާލުގައި ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގައި ، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙުތަކުގެ ތެރެއިން، ރައްޔިތުން ގެ ޚިޔާލު ހޯދުން ލާޒިމްކޮށްފައިވާ މާއްދާ އާއި، އޭގެ ދަށުން ގެނެވޭ އިޞްލާޙެއް ބަޔާންކޮށްފައި ނުވުމެވެ. އެގޮތުން އެ ސުވާލުގައި ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ގެނައި އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޢުމުރަށް އަންނަ ބަދަލު ބަޔާންކޮށްފައި ނުވާކަން ފާހަގަ ކުރެއްވި އެވެ.

ޑރ ދީދީ ފާހަގަ ކުރެއްވި ގޮތުގައި ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް ތަޞްދީޤުކުރުމުގެ ކުރިން، ނެގުން ލާޒިމްކުރާ ރެފެރެންޑަމްތަކުގައި ވޯޓުދޭ މީހުންނަށް ، ބުނެވުނު އިޞްލާޙު ގެނެވުނީ ޤާނޫނުއަސާސީގެ ކޮން މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް ކަމާއި، ގެނެވުނު އިޞްލާޙުގެ ޚުލާޞާ އެނގޭގޮތަށް، ހުށަހެޅޭ ސުވާލު ފަރުމާކޮށްފައި އޮތުމަކީ  ދުސްތޫރީގޮތުން ލާޒިމްވެގެންވާ ކަމެކެވެ.

އިސްވެދިޔަ ސަބަބުތަކަށްޓަކައި، ސުޕްރީމް ކޯޓުގެ މިއަދުގެ ޙުކުމަކީ ޞައްޙަ ދުސްތޫރީ ސަބަބުތަކަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ކޮށްފައިވާ ނާޤިޞް /“ޑިފެކްޓިވް” ޙުކުމެއްކަމާމެދު އެއްވެސް ޝައްކެއް ނެތް.
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ 

އެހެންކަމުން އެ ސަބަބުތަކުގެ މައްޗަށް ބަލާއިރު، ސުޕްރީމް ކޯޓުގެ އެ ޙުކުމަކީ ޞައްޙަ ދުސްތޫރީ ސަބަބުތަކަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ކޮށްފައިވާ ޙުކުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި އެއީ ނާޤިޞް (ޑިފެކްޓިވް/އުނި) ޙުކުމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ނޫނެކޭ ކެމްޕެއިންޑރ. އަބްދުﷲ ދީދީ، ކުރީގެ އުއްތަމަ ފަނޑިޔާރުރެފަރަންޑަމް ބިލު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

01 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް
01 އެޕްރީލު 2026

އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

01 އެޕްރީލު 2026
އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް
31 މާރިޗު 2026

ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

31 މާރިޗު 2026
ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!
31 މާރިޗު 2026

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

31 މާރިޗު 2026
ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!
31 މާރިޗު 2026

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

31 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް
31 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

31 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު
30 މާރިޗު 2026

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!

30 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!
30 މާރިޗު 2026

ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތު ނުދީ، ރެފަރެންޑަމްގައި އަވަހަށް ނޫނެކޭ ބުނޭ: ޝިދާތާ

30 މާރިޗު 2026
ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތު ނުދީ، ރެފަރެންޑަމްގައި އަވަހަށް ނޫނެކޭ ބުނޭ: ޝިދާތާ
30 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް

30 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް
30 މާރިޗު 2026

މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

30 މާރިޗު 2026
މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް