Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބަށް ނުފޫޒު ފޯރުވުން

ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަނީ!

ކުރިއަށް އޮތް އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ގއ. ދެއްވަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންނަށް ބިރުދައްކައި، ވަޒީފާގެ ބޭނުންކޮށްގެން ވޯޓުލުމުގެ ހައްގަށް ހުރަސްއަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މިގޮތުން އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ކުއްލި ގޮތަކަށް އެހެން ރަށްރަށަށް ބަދަލުކުރުމާއި، ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް ރިޝްވަތު ހުށަހަޅަމުންދާ ކަމަށް އެރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 08:07
ވޯޓުލުން- ކުރިއަށް އޮތް އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ އަޑުތައް ވަނީ ގަދަވެފައި.

ވޯޓުލުން- ކުރިއަށް އޮތް އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ އަޑުތައް ވަނީ ގަދަވެފައި. | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ކާމިޔާބު ކުރުމަށް މި ސަރުކާރުން އެކި ގޮތްގޮތަށް ރިޝްވަތު ބަހަމުންދާ ކަމަށާއި، ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އެތައް އުކުޅުތަކެއް ބޭނުންކުރަމުންދާކަމަށް ގއ ދެއްވަދޫއިން ރާއްޖެޓީވީއަށް މައުލޫމާތު ދީފިއެވެ.

ރާއްޖެއެމްވީއަށް އެ ރަށުން މައުލޫމާތު ދިން ފަރާތަކުން ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން ސަރުކާރުން ދެއްވަދޫ ކައުންސިލުގެ އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ރައީސްކަމަށް ކުރިމަތިލައިގެން އުޅޭ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު މަދު ކުރުމަށްވެސް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެއްވަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެމްޑީޕީ ފިކުރުގެ މީހުންނާއި، އެމްޑީޕީ ކެންޑިޑޭޓުންގެ އާއިލާއަށް ނިސްބަތްވާ މުވައްޒަފުންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް އެ މުވައްޒަފުންގެ މަސައްކަތްތަކަށް ދަނީ ބާރު ފޯރުވަމުންނެވެ. އެގޮތުން ދެއްވަދޫގައި މީހަކާ އިނދެގެން އެރަށުގައި ދިރިއުޅެމުންދާ ފެނަކަ މުވައްޒަފަކު ދުރާލާ އެންގުމެއް ނެތި ކުއްލި ގޮތަކަށް އޭނާގެ ރަށް ގއ. މާމެންދޫއަށް ބަދަލުކޮށްފައިވާއިރު، އަނބުރާ ދެއްވަދޫއަށް ބަދަލުވާން ބޭނުންވާނަމަ އެ މުވައްޒަފަށް ހުށަހެޅީ ދެ ހުށަހެޅުމެކެވެ.

އެއް ހުށަހެޅުމަކީ އެ މުވައްޒަފުގެ އަނބިމީހާގެ އާއިލާ މީހުން ދެއްވަދޫ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދިނުމެވެ. އަދި ވޯޓު ދެވެން ނެތްނަމަ، އެ އާއިލާ މީހުން މެލޭޝިއާގައި ވޯޓުލުމަށް ރަޖިސްޓަރ ކުރުމަށްވެސް ހުށަހެޅިއެވެ. އެގޮތުން ޓިކެޓާއި ހުރުމަށް ލާރިދޭގޮތަށް ހުށަހެޅިއިރު، އެތަނުގައި ވޯޓު ފޮށި ނުހުންނާނެކަން ދުރާލާ ޕީއެންސީގެ މެމްބަރުންނަށްވެސް އެނގޭކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ކިޔާދިނެވެ.

 އަނެއް ގޮތަކީ އެމީހުން ބުނާ އެ ފެމިލީގެ 6 މީހަކު އެބަޖެހޭ މެލޭޝިއާގެ ރަޖިސްޓްރީކޮށްލަން، އެއީ ވޯޓުލާކަށް ނޫން، މެލޭޝިއާއަށް ދާން ޓިކެޓާ އެކޮމޮޑޭޝަން ހަމަޖައްސާނެކަމަށް، ސަރުކާރަށް އެނގޭ އެތަނުގައި ވޯޓު ފޮއްޓެއް ނުހުންނާނެކަން މާ ކުރިން، އަދި އެ 6 މީހުންނަކީ އެމްޑީޕީއަށް ވޯޓުދޭނެ މީހުންކަން،
ގއ ދެއްވަދޫއިން ރާއްޖެޓީވީއަށް މައުލޫމާތު ދިން މީހެއް

މީގެ އިތުރުން، އެމްޑީޕީގެ ކެންޑިޑޭޓެއްގެ އާއިލާ މެމްބަރަކު ކުއްލި ގޮތަކަށް އެ އަތޮޅު އެހެން ރަށަކަށް ބަދަލުކޮށްފައިވާއިރު، އެ މުވައްޒަފު ވަނީ ލިއުމުން އެކަން އެންގުމަށް އޮފީހުގައި އެދިފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް ލިއުމެއް ދީފައިނުވާއިރު، އެ މުވައްޒަފަކީ ގާތުންދޭ ތުއްތު ކުއްޖެއްގެ މައެކެވެ. އެހެންކަމުން ކުއްލި ގޮތަކަށް ފެނަކައިން މި ބަދަލު ގެނެސް، އެއް ދުވަސްތެރޭ ފުރަން އެންގުމުން އެ މުވައްޒަފަށްވެސް ވަނީ ގިނަ ތަކުލީފުތަކެއް ކުރިމަތިވެފައެވެ.

 އަނެއްކާވެސް ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރ ގުޅާފައި އެ މުވައްޒަފު ގާތުގައި ބުނީ މާދަމާ ފުރަން ޖެހޭނެއޭ، އެ މެނޭޖަރުގެ އާއިލާ މީހަކު ޕީއެންސީ ޓިކެޓުގައި ވާދަކޮށްފައި ހުރީވެސް، މިއަދާ ހަމައަށްވެސް އެއްވެސް ލިއުމެއް ނުލިބޭ،  އޭނާގެ 9 މަހުގެ ތުއްތު ކުޑަ ކުއްޖަކުވެސް ހުރޭ، އެކަމަކު މިއަދުން މިއަދަށް ފުރަންޖެހޭކަމަށް ބުނެ ހަމައެކަނި އޭނާއަށް ޓިކެޓެއް ނަގާފައި ފޮނުވީ. އޭނާ ސަލާމް ބުނެ އެމްސީ ހުށަހެޅި އަދި އާއިލީ ޒިންމާ ބޭނުންވާކަމަށް ވެސް ބުނި، އެހިސާބުން ބުނީ އާއިލީ ޒިންމާގެ ވާހަކަ ދައްކަން ދެން ޖެހޭނީ އޭނާ ދާން ހަމަޖެހިފައިވާ ރަށުގެ ބްރާންޗުގައިކަމަށް
ގއ ދެއްވަދޫއިން ރާއްޖެޓީވީއަށް މައުލޫމާތު ދިން މީހެއް

އެރަށުން މައުލޫމާތު ދިން ފަރާތްތަކުން ކިޔައިދިން ގޮތުގައި މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ވޯޓު ލުމުގެ ފުރުސަތު ގެއްލުވާލުމެވެ. އެގޮތުން އެތައް ބަޔަކަށް މިގޮތަށް ދަތިކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކިއެކި އިދާރާތައް ބޭނުންކޮށްގެން އެކި އުކުޅުތައް ގެންދަނީ ބޭނުންކުރަމުންނެވެ.

އޭޕްރީލް މަހުގެ 4 ގައި ބާއްވާ އިންތިޚާބުތަކާ ގުޅިގެން ފާޅުގައި ސަރުކާރުން ރިޝްވަތު ހުށަހަޅަމުންދިޔަ ނަމަވެސް ހުރިހާ މިނިވަން މުއައްސަސާތައް ވަނީ ނިދާފައި ކަމަށް އެމްޑީޕީން ގެންދަނީ ބުނަމުންނެވެ.

 

ރެފަރަންޑަމް ބިލުނޫނެކޭ ކެމްޕެއިންދެއްވަދޫމަގާމުގެ ނުފޫޒު ބޭނުންކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

01 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

01 އެޕްރީލު 2026
އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

01 އެޕްރީލު 2026
ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

31 މާރިޗު 2026
ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

31 މާރިޗު 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު