Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީގައި އަޅާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް މޭޔަރ ޢާޠިފް އަށް ދިން ދައުވަތު އެޗްޑީސީން އަނބުރާ ގެންގޮސްފި

1 އެޕްރީލު 2026 | ބުދަ 16:30

ކުޅުދުއްފުށީގައި 2000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް އެޗްޑީސީން މޭޔަރ ޢާޠިފް އަށް ދިން ދައުވަތު ކުއްލި ގޮތަކަށް އަނބުރާ ގެންގޮސްފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 1 އެޕްރީލު 2026 | ބުދަ 16:30
މޭޔަރ މުޙައްމަދު ޢާޠިފް

މޭޔަރ މުޙައްމަދު ޢާޠިފް | ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށްފަހު، ކުއްލި ގޮތަކަށް އެ ދައުވަތު އަނބުރާ ގެންގޮސްފައިވާ ކަމަށް އެ ސިޓީގެ މޭޔަރ މުހައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޠިފް މީސްމީޑިއާގައި މިރޭ އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަދު މެންދުރުގެ ވަގުތެއްގައި މޭޔަރ ޢާޠިފް އަށް ދައުވަތު އެރުވި ކަމަށެވެ. އަދި އެ ދައުވަތު ވަގުތުން ޤަބޫލުކުރައްވައި، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަންގަވާފައިވާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް، މިއަދު ހަވީރުގެ ވަގުތެއްގައި އެޗްޑީސީގެ ފަރާތުން އަލުން ގުޅައި، އެ ދައުވަތު އަނބުރާ ގެންގޮސްފައިވާކަން އަންގާފައިވާ ކަމަށް މޭޔަރ ޢާޠިފް ހާމަކުރެއްވިއެވެ. މޭޔަރ ވިދާޅުވީ މިކަން އާންމުކޮށް ހިއްސާކުރަން ނިންމެވީ، އެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަތުމުން ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިދާނެތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫއާ ގުޅޭގޮތުން މޭޔަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން 2000 ހައުސިންގ ޔުނިޓުގެ ބިންގާ މިރޭ އަޅާއިރު، މިހާތަނަށް އެ ޔުނިޓްތަކުގެ އިނިޝިއަލް ކޮންސެޕްޓްވެސް ތައްޔާރުކޮށް ސިޓީ ކައުންސިލާ ހިއްސާކޮށްފައި ނުވާކަން މޭޔަރ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގެ ތަރައްޤީއަށް ހިންގާ މިފަދަ މުހިންމު މަޝްރޫއުތަކުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ކުޑަކުރުމަކީ ރައްޔިތުންގެ މެދުގައިވެސް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ކުޅުދުއްފުށި ސިޓީމުހައްމަދު އާތިފްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2026

"ޢާޠިފް އަކީ ނަމޫނާ މޭޔަރެއް, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް އެއީ": ރައީސް ޞޯލިޙް

31 މާރިޗު 2026
"ޢާޠިފް އަކީ ނަމޫނާ މޭޔަރެއް, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް އެއީ": ރައީސް ޞޯލިޙް
31 މާރިޗު 2026

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

31 މާރިޗު 2026
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް
31 މާރިޗު 2026

ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި

31 މާރިޗު 2026
ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
25 މާރިޗު 2026

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"
25 މާރިޗު 2026

ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި

25 މާރިޗު 2026
ވިނަރެސް ފްލެޓުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އެޗްޑީސީގެ ކުރިމަތީގައި މުޒާހަރާ ކޮށްފި
16 މާރިޗު 2026

ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މޭޔަރު ޢާޠިފް ކަންބޮޑުވުން ފާޅުކުރައްވައިފި

16 މާރިޗު 2026
ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މޭޔަރު ޢާޠިފް ކަންބޮޑުވުން ފާޅުކުރައްވައިފި
14 މާރިޗު 2026

މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުުއްފުށީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި: މޭޔަރ ޢާޠިފް

14 މާރިޗު 2026
މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުުއްފުށީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި: މޭޔަރ ޢާޠިފް
10 މާރިޗު 2026

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް
06 މާރިޗު 2026

ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

06 މާރިޗު 2026
ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް