Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުުއްފުށީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި: މޭޔަރ ޢާޠިފް

މި ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި، ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށްދާތީ އެ ސިޓީގެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށާއި, އެ ސިޓީގައި ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާކަމަށް މޭޔަރ ޢާޠިފް ފާހަގަކޮށްފައިވޭ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 14 މާރިޗު 2026 | ހޮނިހިރު 10:56
މޭޔަރ މުޙައްމަދު ޢާޠިފް

މޭޔަރ މުޙައްމަދު ޢާޠިފް | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ އެ ސިޓީގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަމަށް މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ, ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އަޑު އެއްސެވުމަށްފަހު, އެ ސިޓީގެ މެދު އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމާލުމަށްފަހު މީސްމީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި މޭޔަރ ޢާޠިފް ވަނީ ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު އެ ސިޓީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުގެންދާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައިކަމަށް ފާހަގަކުރައްވާފައެވެ.

މިގޮތުން, ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާކަމަށާއި, ބޭސް ލިބުމުގައި ދަތިތައް ދިމާވާކަމަށާއި, ރައްޔިތުން އެންމެ ބޮޑު ޝަކުވާއެއްކޮށްފައިވަނީ އެ ސިޓީގައި ހައުސިންގ މަޝްރޫޢު ހުއްޓާލާފައި އޮންނަތާ ދެ އަހަރު ވެ, ސިއްޙީ ނިޒާމު ދަށަށް ދާތީ ކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން ސަރުކާރަށް ބާރުއަޅައިގެން ވިޔަސް މިކަންކަމުން އަޅުގަނޑުމެން އަރައިގަތުމަށް
މޭޔަރ މުޙައްމަދު ޢާޠިފް

މީގެ އިތުރުން މޭޔަރ ޢާޠިފް ވަނީ, ކުޅުދުއްފުށީ ރައްޔިތުންގެ ހައްޤުގައި އަބަދުވެސް މަސައްކަތްކުރާނެ ޓީމެއް މޭޔަރ އެކު ނުކުންނަވާނެކަމަށް, އެ ވީޑިއޯ މެސެޖުގައި ވިދާޅުވެފައެވެ.

ކުޅުދުއްފުށި ސިޓީމުހައްމަދު އާތިފް

އިތުރަށް ކިޔާލަން

10 މާރިޗު 2026

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް
06 މާރިޗު 2026

ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

06 މާރިޗު 2026
ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި
01 މާރިޗު 2026

މޭޔަރ ޢާޠިފްގެ "އާސްކް މޭޔަރ" ޕްރޮގްރާމް ތަޢާރަފްކޮށްފި

01 މާރިޗު 2026
މޭޔަރ ޢާޠިފްގެ "އާސްކް މޭޔަރ" ޕްރޮގްރާމް ތަޢާރަފްކޮށްފި
27 ފެބުރުއަރީ 2026

ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

27 ފެބުރުއަރީ 2026
ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!
13 ފެބުރުއަރީ 2026

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު