Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަންގަތި އެވޯޑު

ދެ އަހަރު ކަންގަތި އެވޯޑު ނުބާއްވާ އުޅެނިކޮށް ކައުންސިލުތަކުގެ ދައުރު ހަމަވަނީ: އެވޯޑު ނުބޭއްވުނު ސަބަބަކަށް ބުނަނީ ބަޖެޓުގެ ތާށިކަން!

31 މާރިޗު 2026 | އަންގާރަ 07:07

ކައުންސިލުތަކުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ދޭ "ކަންގަތި އެވޯޑު" ފާއިތުވި ދެ އަހަރު ނުބޭއްވި އޮތީ ބަޖެޓުގެ ތާށިކަމުގެ ސަބަބުން ކަމަށް އެލްޖީއޭއިން ބުނެފި. އެ އޮތޯރިޓީން ބުނި ގޮތުގައި އެވޯޑު ދިނުމަށް ބޭނުންވާ ނަތީޖާތައް ތައްޔާރުކޮށްފައިވީ ނަމަވެސް، ކައުންސިލުތަކުގެ ދައުރު ނިމެން ކައިރިވެފައިވާތީ މިހާރު އެވޯޑު ބޭއްވުމުން އެކަށީގެންވާ ސަމާލުކަމެއް ނުލިބޭނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މާރިޗު 2026 | އަންގާރަ 07:07
އެލްޖީއޭ

އެލްޖީއޭ | ދައުރު

ކައުންސިލުތަކުގެ މަސައްކަތް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ދޭ ކަންގަތި އެވޯޑު ހަފްލާ ނުބޭއްވުނީ ބަޖެޓުގެ ތާށިކަމުގެ ސަބަބުންކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ކަންގަތި އެވޯޑަކީ ކޮންމެ އަހަރަކުވެސް ފާއިތުވެ ދިޔަ އަހަރުގެ ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް ގެ ރޭންކިންގ އާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލްތަކަށް ދެވޭ އެވޯޑެކެވެ.

Advertisement - newsAdvertisement

އެލްޖީއޭއިން ވަނީ 19 ޑިސެމްބަރު 2024 ގައި ކަންގަތި އެވޯޑު ބާއްވާފައެވެ. އަދި އެފަހަރު ވަނީ 2023 ވަނަ އަހަރުގެ އެވޯޑުތައް ޙަވާލުކޮށްފައެވެ.

އެހެންނަމަވެސް 2024 ވަނަ އަހަރާއި، 2025 ވަނަ އަހަރުގެ ޕަރފޯމަންސް އިންޑެކްސްގެ ރޭންކިންގ ގެ ދަށުން އެވޯޑު ޙަވާލު ކުރުމުގެ ޙަފްލާ ބާއްވާފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްލުމަށް އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް ގުޅާލުމުން އެލްޖީއޭގެ އޮފިޝަލު ވިދާޅުވީ، އެކަން ނުކުރެވި އޮތީ ބަޖެޓުގެ ތާށިކަމުގެ ސަބަބުންކަމަށް ބެލެވޭ ކަމަށެވެ.

އޭތީގަ ބަޖެޓު ތާށިވެގެން އަނެއްހެން ނުދެވިފައި ކަންނޭނގެ އޮތީ، އެ އެއްޗެހި ނިމިފަ އަނެއްހެން ހުރީ، ދެން އެކޮޅުން ނިންމަންޖެހޭނީ ބާއްވާނެ ދުވަހެއް ކަނޑައަޅަން، ރިޒަލްޓްތަކާ އެއްޗެހި ނިމިފައި ހުރީ،
އެލްޖީއޭގެ އޮފިޝަލު

އޭނާ ވިދާޅުވީ، އެލްޖީއޭގެ މަޤްސަދަކީ ކައުންސިލުތަކަށް އެ ކައުންސިލެއްގެ ރޭންކިންގ އެންގުން ކަމަށާއި، ކައުންސިލުތަކުން ރަނގަޅަށް މަސައްކަތް ކުރަން ބާރުއެޅޭނީ އޭރުން ކަމަށެވެ. އަދި އެގޮތުގެ މަތިން ރޭންކުތައް އާންމު ކުރަމުން އައިސްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ކުރިންވެސް ދެއަހަރެއްގެ އެވޯޑު އެއްކޮށް ބޭއްވިފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގެ އޮފިޝަލު ވިދާޅުވީ، މިހާރު ކައުންސިލުތަކުގެ ދައުރުވެސް ނިމެން ކައިރިވެފައިވާތީ މިހާރު އެވޯޑު ބޭއްވިނަމަވެސް އެކަށީގެންވާ ސަމާލުކަމެއް އެކަމަކަށް ނުލިބޭނެކަމަށެވެ.

އެހެންނަމަވެސް ވިދިވިދިގެން ދެ އަހަރުގެ އެވޯޑު ނުދެވި އޮތީ ކޮން ސަބަބަކާހުރެތޯ ބައެއް ކައުންސިލުތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، ކަންގަތި އެވޯޑު ނުދެވި އުޅެނިކޮށް އެލްޖީއޭއިން އަނެއްކާވެސް ވަނީ ރަށްރަށުގެ ކާމިޔާބީ ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ މަޤްސަދުގައި ޕަބްލިކް ސަރވިސް މީޑިއާ އިން މޯލްޑިވްސް ޓީވީ ބްރޭންޑްގެ ދަށުން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. އެ އެވޯޑަކީ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ތަޢާރަފްކުރެވުނު  އެވޯޑެކެވެ.

 

ަކަންގަތި އެވޯޑްއެލްޖީއޭކައުންސިލް-ސަރުކާރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 މާރިޗު 2026

ކައުންސިލް އުވާލާ މާލޭގައި ހުންނަ މިނިސްޓްރީއިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ހަދަނީ

24 މާރިޗު 2026
ކައުންސިލް އުވާލާ މާލޭގައި ހުންނަ މިނިސްޓްރީއިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ހަދަނީ
26 ފެބުރުއަރީ 2026

މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!

26 ފެބުރުއަރީ 2026
މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!
08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
19 ސެޕްޓެމްބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް
18 ސެޕްޓެމްބަރު 2025

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
11 ސެޕްޓެމްބަރު 2025

ސުޕްރީމް ކޯޓުން ރައީސްއާއި އެކު ސޯޝަލް މީޑިއާގައި މުޢާމަލާތް ކުރުމަކީ ޝަރުޢީ ދާއިރާގެ މިނިވަން ކަމަށް އަސަރުކުރާނެ ކަމެއް: ސުއޫދު

11 ސެޕްޓެމްބަރު 2025
ސުޕްރީމް ކޯޓުން ރައީސްއާއި އެކު ސޯޝަލް މީޑިއާގައި މުޢާމަލާތް ކުރުމަކީ ޝަރުޢީ ދާއިރާގެ މިނިވަން ކަމަށް އަސަރުކުރާނެ ކަމެއް: ސުއޫދު
06 އޯގަސްޓު 2025

ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު މަޖިލީހުން ފާސްކޮށްފި

06 އޯގަސްޓު 2025
ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު މަޖިލީހުން ފާސްކޮށްފި
04 އޯގަސްޓު 2025

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ

04 އޯގަސްޓު 2025
ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް