Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން ރައީސްއާއި އެކު ސޯޝަލް މީޑިއާގައި މުޢާމަލާތް ކުރުމަކީ ޝަރުޢީ ދާއިރާގެ މިނިވަން ކަމަށް އަސަރުކުރާނެ ކަމެއް: ސުއޫދު

ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާއާއެކު ސޯޝަލް މީޑިއާގައި މުޢާމަލާތް ކުރުމަކީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމަށް އަސަރުކުރާނެ ކަމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2025 | ބުރާސްފަތި 18:48
ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނު އަލް ސުޢޫދު

ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނު އަލް ސުޢޫދު

ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެކު ސޯޝަލް މީޑިއާގައި މުޢާމަލާތް ކުރުމަކީ ނޭދެވޭ ކަމެއް ކަމަށާއި މިފަދަ މުޢާމަލާތްތަކަކީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމަށް އަސަރުކުރާނެ ކަމެއްކަމަށް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނު ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ދާއިރާ އަށް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓަކަށް ސުޕްރީމް ކޯޓުގެ އެކްސް އެކައުންޓުން އެކަމަށް އިޖާބަ ދެއްވުމުންނެ އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޖުޑިޝަރީގެ ދާއިރާ އަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ޖުޑިޝަރީ މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާތީ އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީ ގޮތުންނާއި އިދާރީ ގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މިޕޯސްޓަށް އިޖާބަ ދެއްވަމުން ސުޕްރީމް ކޯޓުގެ އެކްސް އެކައުންޓުން ބުނެފައިވަނީ، މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ނިންމި ތާރީޚީ މުހިންމު ނިންމުމެއް ކަމަށާއި މި ނިންމުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވާނެ ކަމަށެވެ.

އަދި މި ނިންމެވުމާއެކު އަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މިކަމަކަށް އިޝާރާތް ކުރައްވާ ސުއޫދު ވިދާޅުވެފައިވަނީ ޝަރުޢީ ދާއިރާއިން ސަރުކާރުގެ އިސް ފަރާތްތަކާއެކު މުޢާމަލާތް ކުރަންވާނީ ރަސްމީ ޗެނަލްތައް މެދުވެރިކޮށެވެ. ސޯޝަލް މީޑިއާގައި ކުރެވޭ މުޢާމަލާތްތަކަކީ ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

އަދި ޝަރުޢީ ދާއިރާގެ އިސް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރާ މުޢާމަލާތްތަކަކީ ޢާންމު ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ކަމަށާއި، އަދި މިފަދަ މުޢާމަލާތްތަކުން ޝަރުޢީ ދާއިރާގެ ޕްރޮފެޝަނަލިޒަމް އަށްވެސް އަސަރުކުރާނެކަމަށް ބެލެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ޝަރުޢީ ދާއިރާއިން ސަރުކާރުގެ އެހެން މުއައްސަސާތަކާއެކު މުޢާމަލާތް ކުރަންވާނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ރަސްމީ ލިޔެކިޔުންތައް މެދުވެރިކޮށް ކަމުގައި ސުއޫދު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ސުޕްރީމް ކޯޓުން ސޯޝަލް މީޑިއާގައި މިގޮތަށް މުޢާމަލާތް ކުރުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެ އެވެ. އަދި ޝަރުޢީ ދާއިރާގެ މުއާމަލާތްތައް ކުރިއަށް ގެންދަންވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރައީސް މުއިއްޒުގެ މިސަރުކާރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރި މައްސަލާގައި ސަރުކާރަށް ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ފާޑު ކިޔުންތައް އަމާޒުވި އެވެ. އެގޮތުން ސުއޫދުވެސް ވިދާޅުވެފައިވަނީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.

ސުޕްރީމް ކޯޓުރައީސުލްޖުމްހޫރިއްޔާސޯޝަލް މީޑިއާޖުޑިޝަރީޤާނޫނީ މާހިރުންކައުންސިލް-ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު