Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރުކާރު ބަދަލުކުރުން

ސަރުކާރު ބަދަލުކުރެވޭނެތަ؟

ގިނަ ބަޔަކު ފާޅުގައި ރައީސް ޔާމީނަށް ފާޑުވިދާޅުވޭ

| 2 ޖުލައި 2017 | އާދީއްތަ 12:05
ރައީސް ޔާމީން ކެބިނެޓް ބައްދަލުވުމެއްގައި

ރައީސް ޔާމީން ކެބިނެޓް ބައްދަލުވުމެއްގައި

ސަރުކާރު ބަދަލުކުރެވޭނެތޯ، މިއީ މި ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު ކުރާ ސުވާލެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މިފަހަރު އެކަން ވާނެ ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން މިކަމަށްޓަކައި ކުރި ހުރިހާ ކަމެއް، ރޭވި ހުރިހާ ރޭވުމެއް ވަނީ ފުލުން ގޮސްފައެވެ. އެ ރޭވުންތައް ފުލުން ދުއްވާލުމަށްޓަކައި، ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއެވެ. ގާނޫނުތަކަށް ބަދަލު ގެނައެވެ. ގާނޫނާ ޚިލާފަށް މީހުން ހިފައި ހައްޔަރުކުރިއެވެ. ޖަލަށްލިއެވެ. ހުކުމްކުރިއެވެ. ވިޔަފާރިތައް ދުއްވާލިއެވެ. ހައްގުތައް ނިގުޅައިގަތެވެ.

މިހުރިހާ ގޮންޖެހުންތަކެއް ކުރިމަތިކުރުވިޔަސް، އިދިކޮޅު ފަރާތްތަކުގެ އަޒުމަކަށް ބަދަލެއް ނައެވެ. އެވަގުތަކު ލިބޭ ހަނި ފުރުސަތުގެ ބޭނުން ހިފައިގެން ދުއްވައިގަނެއެވެ. ހިތްވަރު ދޫކޮށްނުލައި، ކުރި މަސައްކަތުގެ ނަތީޖާ އާއި ކަންކުރުމުގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ބައި ވަނީ ބޮޑުވެ، ވަރުގަދަވެފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިދިކޮޅުގައި އޮތީ ހަމައެކަނި އެމްޑީޕީއެވެ. އެއަށްފަހު، އަދާލަތު ގުޅުނެވެ. ޖުމްހޫރީ ޕާޓީވެސް ތިމަންމެންނީ އިދިކޮޅު ޕާޓީއެކޭ ބުނެ އިއުލާނުކުރިއެވެ. ނާޒިމުގެ ސަޕޯޓަރުން ވެސް ގުޅުނެވެ. އެންމެ ފަހުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަޕޯޓަރުންނެވެ.

މި ހުރިހާ ފަރާތްތަކުގެ ވެސް އަމާޒަކީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމެވެ. އެކަން ފުރިހަމަ ގޮތުގައި ހާސިލުކުރެވެން އޮތީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަރުކާރު ބަދަލުކޮށްގެންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އަމާޒު ހިފާފައި ހުރީ އެމަގަށެވެ. ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމެވެ. އެއަށް ފަހު، ރައްޔިތުންގެ ހައްގުތައް ފޭރިގަތް ގާނޫނުތައް ބަދަލުކުރުމެވެ. ކޮމިޝަންތައް ވެސް އިސްލާހުކުރުމެވެ. ޚަރާބުވެފައިވާ ދައުލަތުގެ ނިޒާމު ތާހިރުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އިދިކޮޅު ފަރާތްތަކުން ބޭނުންވެއެވެ. އެއީ މަސީހުގެ އިތުރުން މަގާމުން ދުރުކުރަންޖެހޭ އެހެން މީހުން މަގާމުން ދުރުކޮށްގެން ވިޔަސް ވަރިހަމައެވެ.

ރައީސް ޔާމީން ފިޔަވައި، ސިޔާސީ ބުރަދަނެއް ހުރި ބޭފުޅަކު ވިއްޔާ މިހާރު ވަނީ އެއް އަމާޒަކަށް ހިފައިފައެވެ. އެހެންވެ، ޕީޕީއެމްގެ އެތެރޭގައިވެސް ރެނދުލުން ވަނީ އިތުރުވެފައެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ގާތްވަމުންދާ ކަމަށާއި އުފާވެރި ހަބަރު ލިބެން ކައިރިވެއްޖެކަމަށް ބުނާއިރު، ޕީޕީއެމްގެ ބައެއް މެމްބަރުން މިހާރު ވަނީ މާލެ ދުކޮށް، ރާއްޖޭން ބޭރުގެ ގައުމުތަކަށް ވަޑައިގެންފައެވެ. ބައެއް މެމްބަރުން ވަނީ ރައީސް ޔާމީނަށް ޗެލެންޖް ކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފައްޓަވައިފައެވެ. މިނިސްޓަރުންގެ އިސްތިއުފާއަށް ގޮވަން ފައްޓަވައިފިއެވެ. އެ މެމްބަރުންވެސް ގަބޫލު ކުރައްވާ އެއް ކަމެއް އެބަ އޮތެވެ. ބިރު ދައްކައިގެން ވެރިކަން ދުވަސްކޮޅަކަށް ހިފެހެއްޓިދާނެކަމެވެ. ނަމަވެސް އެއީ ދާއިމީ ކަމެއް ނޫންކަމަށް އެ ބޭފުޅުން ހިތުގެ އަޑިން ޤަބޫލުކުރައްވައެވެ. އަދި މި ސަރުކާރާއެކު އެ ބޭފުޅުންނަށް ސިޔާސީ މުސްތަޤުބަލެއް ނެތްކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރައްވަން ފައްޓަވައިފިއެވެ.

ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވިއެވެ. މިފަހަރު ރައީސް ޔާމީން މުޅިން ފިތޭނެއެވެ. އެއީ ވަރަށް ބޮޑު ވާހަކަފުޅެކެވެ. މަސީހު ދުއްވާލައި، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުން ނަގައިފި ނަަމަ، ރައީސް ޔާމީނަށް ދެން ސަލާމަތެއް ނޯންނާނެއެވެ. އެ މަނިކުފާނަށް ފަހިކުރި ހުރިހާ ކަމެއް އިޔާދަވާނެއެވެ. އޭރުން ސިފައިންނާއި ފުލުހުންނާއި ކޯޓުތައް ވެސް އޮންނާނީ ގާނޫނާ އެއްގޮތަށް، ރައްޔިތުން އެެދޭ ގޮތަށެވެ. މިހިސާބަށް ހާލަތު ހިނގެއްޖެނަމަ، މިފަހަރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ހިތްތިރިކޮށް މުޖުރިމުން ދޫކޮށްލައިފި ނަމަ، މި ގައުމަށް ހެވެއް ނޯންނާނެއެވެ. ތިޔަ ގެނެސްދެއްވަން ވިދާޅުވާ އުފާވެރި ހަބަރުގެ އުފާވެރިކަން ދާނެއެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
23 އެޕްރީލު 2017

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
23 މާރިޗު 2017

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު