Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްގާޒީ ހަސަން ސައީދު

ފަނޑިޔާރުން ރިޝްވަތު ނަގާ ކަމަށް ވިދާޅުވުމުން ގާޒީ ހަސަން ސަސްޕެންޑް ކޮށްފައި ހުންނަވާތާ އެއް އަހަރާއި ހަތް މަސް!

19 ސެޕްޓެމްބަރު 2017 | އަންގާރަ 07:22

ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރީ ފެބްރުއަރީ، 22، 2016 ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 19 ސެޕްޓެމްބަރު 2017 | އަންގާރަ 07:22
ހައިކޯޓަށް ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމަށް ވިދާޅުވި ގާޒީ ހަސަން ސައީދު

ހައިކޯޓަށް ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމަށް ވިދާޅުވި ގާޒީ ހަސަން ސައީދު

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބަލަން ފެށި ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކޮށްފައި ހުންނަވާތާ އެއް އަހަރާއި ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރަން ހަސަން ސައީދަށް އަންގާފައިވަނީ ފެބްރުއަރީ، 22، 2016 ގަ އެވެ.

Advertisement - newsAdvertisement

ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ނިންމީ، ފެމިލީ ކޯޓުގެ މުވައްޒަފުންނާ އެއްކޮށް ބޭއްވެވި ބައްދަލުވުމެއްގައި ހައިކޯޓަށް އެއިރު ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމާއި، އެމީހުން އެ ހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ދޭހަވާގޮތަށް ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށް ބުނާ މައްސަލައިގަ އެވެ. އެ މައްސަލަ ބަލަން ފެށީ ފެމިލީ ކޯޓުގެ މުވައްޒަފަކު އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުންނެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން އެގޮތަށް ނިންމީ ހަސަން ސައީދާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމެޓީން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމުމުން އެކަމާ ގުޅޭގޮތުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މައްސަލަ ތަހްގީގްކުރުމަށްފަހު، އެ މައްސަލައަކާއި ގުޅިގެން ތަހްގީގކުރާ ކޮމިޓީއަށް ލިބުނު މައްލޫމާތާއި، މައްސަލަ ރައްދުވާ ފަނޑިޔާރު ވަޒީފާއިން ވަކިކުރުމާބެހޭ ގޮތުން ކޮމިޝަނުން ގޮތެއް ކަނޑައަޅަންޖެހޭކަން ނުވަތަ ނޫންކަން އަންގާ، ނުވަތަ މިނޫންވެސް އެހެން ކަމަކާބެހޭ ގޮތުން ލަފަޔެއް ދޭންޖެހޭނަމަ އެކަން ބަޔާންކޮށް، ތަހްގީގްކުރާ ކޮމިޓީން މައްސަލައިގައި ނިންމި ނިންމުމުގެ ރިޕޯޓެއް ކޮމިށަނަށް ހުށަހަޅަންވާނެ ކަމަށެވެ. އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ ރިޕޯޓުގެ ނަކަލެއް މައްސަލަ ރައްދުވާ ފަނޑިޔާރަށާއި މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ލިބެންވާނެ ކަމަށެވެ.

ގާނޫނުގެ 30 ވަނަ މާއްދާގައި ބުނެފައިވަނީ ތަހްގީގްކުރެވުނު މައްސަލައިގެ ރިޕޯޓު ލިބޭތާ 30 ދުވަހުގެ ތެރޭގައި ރިޕޯޓާއި ގުޅިގެން ކޮމިޝަނަށް އަންގަން ބޭނުންވާ މައްލޫމާތެއް ލިޔުމުން ހުށަހެޅުމާއި އަދި ރިޕޯޓާއި ބެހޭގޮތުން ހުށަހަޅަން ބޭނުންވާ ކަންތައްތައް ޝަފަހީ ހުށަހެޅުމަށްޓަކައި ޝަހްސީ ގޮތުން، ގާނޫނީ ވަކީލަކާއެކު ނުވަތަ ވަކީލަކާނުލައި، ކޮމިޝަނަށް ހާޒިރުވާން ބޭނުންކަން އެންގުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރަކު ލިޔުމުން ކަމެއް ހުށަހަޅައިފިނަމަ މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިޝަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލަށް ލިޔުމުގެ ނަކަލު ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ލިޔުމުގައިވާ ކަންތައްތަކަށް ޖަވާބުދާރީވެ ލިޔުމަކުން ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށެވެ.

ގާޒީ ހަސަން ސަސްޕެންޑް ކޮށްފައި ހުންނަވާތާ އެއް އަހަރާއި ހަތް މަހަށް ވުރެ ގިނަ ދުވަސް ފަހުން، ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ކޮމިޝަނަށް ރިޕޯޓް ހުށަހަޅާފަ އެވެ. ކޮމިޝަނުން އެ ރިޕޯޓް ހަސަން ސައީދާ ހިއްސާކޮށްފައިވާއިރު، ހަސަން ސައީދު މިހާރު ވަނީ ޖަވާބުދާރީ ވެފަ އެވެ.

ޖޭއެސްސީއިން މައުލޫމާތުދޭ ގޮތުގައި މިހާރު މައްސަލަ އޮތީ ކޮމިޝަނުން އައްޔަންކުރި ވަކީލު ޖަވާބުދާރީވުމުގެ މަރުހަލާގައި ކަމަށެވެ. ވަކީލު ޖަވާބުދާރީވުމުން ކޮމިޝަނުން މައްސަލައާ މެދު ގޮތެއް ނިންމާނެ އެވެ.

ސަސްޕެންޑްކުރަން ނިންމި ނިންމުން ބާތިލްކުރަން ގާޒީ ހަސަން ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހެއްޅުއްވި އެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ވިދާޅުވެ، ސިޓީއެއް ފޮނުވުމުން ކޯޓުން ވަނީ މައްސަލަ ކުރިއަށް ނުގެންދަން ނިންމާފަ އެވެ. އެ މައްސަލަ ނިމެންދެން ސަސްޕެންޝަނަށް އަމަލުކުރުން ފަސް ކުރަން އަމުރެއް ނެރެދޭން ހަސަންގެ ފަރާތުން އެދުނު ނަމަވެސްސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ގާޒީ ހަސަން ސަސްޕެންޑް ކުރި ފަހުން ފާއިތުވި މުއްދަތުގެ ތެރޭގައި ފެމިލީ ކޯޓަށް އިސްގާޒީ އަކު ހަމަޖައްސަވާފައެއް ނުވެ އެވެ. މިހާރު ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވީ ގާޒީ އިބްރާހިމް މާހިރު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް