Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

ހޯމަ ދުވަހު އެ ދެ ޤައުމުން ވެސް ބުނެފައި ވަނީ މެދު އިރުމަތީގެ މުހިންމު ކަނޑުގެ ސަރަހައްދު ތަކުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިމާޔަތް ދިނުމަށް އަސްކަރީ މަނަވަރުތައް ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 08:07
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ހޮރުމޯޒް ކަނޑު އޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަޤުވާމީ ކޯލިޝަނެއް އެކުލަވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ގޮވާލުމަށް، ޖަޕާން އާއި އޮސްޓްރޭލިއާ އިން ވެސް ދެކޮޅު ހަދައިފި އެވެ. 

ޖަޕާން އާއި އޮސްޓްރޭލިއާ އަކީ ވެސް އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ ދެ ޤައުމެވެ. އެހެން ނަމަވެސް، ހޯމަ ދުވަހު އެ ދެ ޤައުމުން ވެސް ބުނެފައި ވަނީ މެދު އިރުމަތީގެ މުހިންމު ކަނޑުގެ ސަރަހައްދު ތަކުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިމާޔަތް ދިނުމަށް އަސްކަރީ މަނަވަރުތައް ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުން ތަކެއް އަރައިފަ އެވެ. މި ހަނގުރާމަ ތިން ވަނަ ހަފުތާ އަކަށް ފެށިފައިވާއިރު، އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ ގަލްފު ސަރަހައްދުގެ ތެލަށް ބަރޯސާވާ ޤައުމު ޔަކުން، ދުނިޔޭގެ ހަކަތައިގެ 20 އިންސައްތަ ދަތުރުކުރާ މި ކަނޑު އޮޅި ހިމާޔަތް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ކަަމަށެވެ. 

ޓްރަމްޕް ވިދާޅުވެފައި ވަނީ ހަތް ޤައުމަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެއީ ކޮން ޤައުމު ތަކެއް ކަމެއް އޭނާ ވިދާޅުވެފައި ނުވެ އެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތުން އެކަމުގައި ބައިވެރި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

އެ ހުށަހެޅުމާ ގުޅިގެން ޖަޕާންގެ ބޮޑު ވަޒީރު ސަނައޭ ޓަކައިޗީ ހޯމަ ދުވަހު ވިދާޅުވީ، މެދު އިރުމަތިން ޖަޕާން އަށް ބޭނުންވާ ތެލުގެ 95 އިންސައްތަ ލިބުނު ކަމުގައި ވިޔަސް، އެ ސަރަހައްދަށް މަނަވަރު ފޮނުވުމުގެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. ޖަޕާންގެ ޤާނޫނު އަސާސީ އޮންނަ ގޮތުން ހަނގުރާމައިގެ އަމަލު ތަކުގަައި ބައިވެރިވުމަށް ހުރަސް ތަކެއް ހުރިކަން ފާހަގަ ކުރައްވައި ޓަކައިޗީ ވިދާޅުވީ، ޤާނޫނީ އިމުގެ ތެރެއިން ޖަޕާން އަށް އަމިއްލަ އަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބަލަމުންދާ ކަމަށެވެ. 

މީގެ އިތުރުން އޮސްޓްރޭލިއާގެ ސަރުކާރުން ވެސް ވަނީ މިފަދަ ރޫހެއްގައި ވާހަކަ ދައްކައިފަ އެވެ. އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސްގެ ކެބިނެޓުގެ މިނިސްޓަރު ކެތަރިން ކިންގް އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، ހޮރުމޯޒު ކަނޑު އޮޅި ހުޅުވާފައި ބޭއްވުމުގެ މުހިންމުކަން އިނގޭ ކަމަށެވެ. ނަމަވެސް، އެކަމަށް އެހީތެރިވުމަށް މަނަވަރު ފޮނުވުމަށް އެދިފައި ނުވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ކަމެއްގައި އޮސްޓްރޭލިއާ އިން ބައިވެރި ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މި ހަމަ ނުޖެހުންތަކާ ގުޅިގެން އޭޝިއާ މާކެޓު ތަކަށް ވަނީ އޭގެ އަަސަރު ކޮށްފަ އެވެ. ބްރެންޓް ކްރޫޑް ތެލުގެ އަގު އެއް އިންސައްތަ އަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 104.50 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ. މީގެ އިތުރުން، މެދު އިރުމަތީގެ ތެޔޮ އުފައްދާ ވަސީލަތް ތަކަށް ނުރައްކާ ވެދާނެ ކަމުގެ ބިރާއި، އެމެރިކާގެ ބައިވެރިން މިކަމުގެ ތެރެއަށް ވަނުމަށް ޓްރަމްޕް އެދިވަޑައި ގަތުމާ ގުޅިގެން ސަރަހައްދީ ހިއްސާގެ ބާޒާރުތައް ވަނީ ދަށަށް ގޮސްފަ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-އީރާންއެމެރިކާ-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްހޯރްމޫޒް ކަނޑުއޮޅިޖަޕާންއޮސްޓްރޭލިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

16 މާރިޗު 2026
އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

16 މާރިޗު 2026
މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

16 މާރިޗު 2026
ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

16 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު