Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އިސްލާމީ ގައުމުތަކަށް: މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟

17 މާރިޗު 2026 | އަންގާރަ 01:21

އީރާނުގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ އަލީ ލަރިޖާނީ އަވަށްޓެރި އިސްލާމީ ގައުމުތަކަށް ފޮނުއްވި ސިޓީއެއްގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭނަމަ އެކަމަށް ރައްދުދޭނެކަމުގެ އިންޒާރު ދެއްވި. އިސްލާމީ ގައުމުތަކުން އެމެރިކާއާއި އިޒްރޭލުގެ ނުފޫޒުން އެއްކިބާވެ، އުންމަތުގެ އެއްބައިވަންތަކަން އިސްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި. އީރާނަކީ އެހެން ގައުމުތަކުގެ މައްޗަށް ގަދަވެގަތުމުގެ ނިޔަތެއް އޮތް ގައުމެއް ނޫންކަން ފާހަގަކުރައްވައި، ސަރަހައްދީ ސަލާމަތާއި މިނިވަންކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ލަރިޖާނީ ބާރުއެޅުއްވި.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 01:21
ނިއުޔޯކް ސިޓީގައި 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން، މީހަކު ބޯޑުތަކެއް ހިފައިގެން ހުރެ ޝުއޫރު ފާޅުކުރަނީ.

ނިއުޔޯކް ސިޓީގައި 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން، މީހަކު ބޯޑުތަކެއް ހިފައިގެން ހުރެ ޝުއޫރު ފާޅުކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އަކީ އިތުބާރު ކުރެވޭ ބައިވެރިއެއް ނޫންކަން އެ ގައުމުން ސާބިތުކޮށްދީފައިވާ ކަމަށާއި، އިޒްރޭލަކީ އިސްލާމީ ގައުމުތަކުގެ ދުޝްމަނެއް ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ މަތީ އޮފިޝަލް ވިދާޅުވެއްޖެއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ މިހެން ވިދާޅުވީ، އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ އަވަށްޓެރި އިސްލާމީ ގައުމުތަކަށް އަމާޒުކޮށް ހޯމަ ދުވަހު ފޮނުއްވި ހަ ނުކުތާގެ މައްޗަށް އެކުލެވޭ ހުޅުވާލެވިފައިވާ ސިޓީއެއްގައެވެ.

އީރާނުން އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ވަގުތުވެސް، އެމެރިކާއާއި ޒަޔަނިސްޓުން ގުޅިގެން އީރާނު ބައިބައިކޮށްލުމަށް އޮޅުވާލުންތަކުން ފުރިގެންވާ އުދުވާނެއް ކުރިމަތިކުރުވި ކަމަށް ލަރިޖާނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އުދުވާނީ ބާރުތަކުން އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އިތުރުން އާންމު ރައްޔިތުންނާއި އަސްކަރީ ކޮމާންޑަރުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އީރާނުގެ ރައްޔިތުންގެ ފަރާތުން ގައުމީ އަދި އިސްލާމީ ވަރުގަދަ ދިފާއީ ރައްދުތަކެއް އެ ފަރާތްތަކަށް ކުރިމަތިވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ މައިދާނުގައި މަދު ފަހަރަކު ނޫނީ، އިސްލާމީ އެއްވެސް ސަރުކާރަކުން އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަނޭތޯ؟ އެހެންނަމަވެސް، އީރާނުގެ ރައްޔިތުން ވަނީ ވަރުގަދަ އަޒުމަކާއެކު ނުލަފާ ދުޝްމަނުން ބަލިކޮށްފައި. މިއަދު އެ ދުޝްމަނުން ތިބީ ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަންނާނެ ގޮތެއް ނޭނގިފައި،" ލަރިޖާނީ ވިދާޅުވިއެވެ.

މީގެ އިތުރުން، "ބޮޑު އިބިލީސް" ކަމަށްވާ އެމެރިކާއާއި "ކުޑަ އިބިލީސް" ކަމަށްވާ އިޒްރޭލާ ދެކޮޅަށް އީރާނުން ކުރިއަށްގެންދާ ދިފާއީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިސްލާމީ ސަރުކާރުތަކުން ކަންކަން ކުރަމުންދަނީ ކީރިތި ރަސޫލާ މުހައްމަދު (ޞޢވ) ގެ އުނގަންނައިދެއްވުންތަކާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ ލަރިޖާނީ ވަނީ އެ ގައުމުތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ހަނދާންކޮށްދެއްވީ، އެހީތެރިކަމަށް އެދި މުސްލިމަކު ކުރާ އާދޭހަށް އިޖާބަ ނުދޭ މީހަކީ މުސްލިމެއް ނޫން ކަމަށް އޮންނަ ހަދީޘްފުޅެވެ.

ހަމައެއާއެކު، އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާއާއި އިޒްރޭލުގެ މުދަލަށް ހަމަލާދޭތީ، އިސްލާމީ ގައުމުތަކުން އީރާނަކީ ދުޝްމަނެއްގެ ގޮތުގައި ދެކޭތީ އެކަމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ތިޔަ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކުން އީރާނަށް ހަމަލާދެމުންދާއިރު، އީރާނުން އެއްވެސް ފިޔަވަޅެއް ނާޅައި މަޑުން އޮންނަންވީތޯ؟ އެ ގައުމުތަކުން ދައްކަނީ ބަހަނާ. މިއަދުގެ ހަނގުރާމައިގެ އެއްކޮޅުގައި އޮތީ އެމެރިކާއާއި އިޒްރޭލު. އަނެއްކޮޅުގައި އޮތީ އިސްލާމީ އީރާނާއި ދިފާއީ ބާރުތައް. ތިޔަބޭފުޅުން ތިއްބެވީ ކޮން ފަރާތެއްގައި؟" އޭނާ ސުވާލު އުފެއްދެވިއެވެ.

އިސްލާމީ ދުނިޔޭގެ މުސްތަގުބަލާ މެދު ވިސްނުމަށް އިސްލާމީ ގައުމުތަކަށް އިލްތިމާސް ކުރައްވަމުން އޭނާ ވިދާޅުވީ، އެމެރިކާގެ އެއްވެސް ވަފާތެރިކަމެއް ނެތްކަމާއި އިޒްރޭލަކީ ދުޝްމަނެއްކަން އެ ގައުމުތަކަށް އެނގޭ ކަމަށެވެ. އަދި އަމިއްލަ ނަފްސާއި ސަރަހައްދުގެ މުސްތަގުބަލާ މެދު ކުޑަވަގުތުކޮޅަކަށް ނަމަވެސް ވިސްނާލުމަށް އޭނާ އެދިވަޑައިގަތެވެ. އީރާނަކީ ހެޔޮއެދޭ ގައުމެއް ކަމަށާއި، އެހެން ގައުމުތަކުގެ މައްޗަށް ގަދަވެގަތުމުގެ އެއްވެސް ނިޔަތެއް އީރާނުގެ ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއެކު ހުރިހާ ގައުމުތަކެއްގެ ސަލާމަތާއި، ކުރިއެރުމާއި، މިނިވަންކަން ކަށަވަރުކުރެވޭނެ ކަމަށްވެސް ލަރިޖާނީ ވިދާޅުވިއެވެ.

އީރާން-އެމެރިކާއީރާން-އިސްރާއީލުޢަލީ ލަރިޖާނީ

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

20 އޯގަސްޓު 2026
ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
20 އޯގަސްޓު 2026

ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ

20 އޯގަސްޓު 2026
ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ
19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

17 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް