Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އާއި އިޒްރޭލްއާ ގުޅުން އޮންނަ މީހުންނަށް އެއްވެސް ދޫ ދިނުމެއް ނޯންނާނެ: އީރާންގެ އުއްތަމަ ފަނޑިޔާރު

ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ޣުލާމް ހުސައިން މުހްސިނީ އީޖެއީ ވިދާޅުވީ ހަނގުރާމައިގެ ވަގުތުތަކާއި، ހަލަބޮލި ޙާލަތްތަކުގައި ދުޝްމަނުންނާ ގުޅިގެން ކުށްތަކަށް އަރައި ގަންނަ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ނިހާއީ ޙުކުމްތައް ތަންފީޒު ކުރުން އަވަސް ކުރަން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 12:23
އީރާންގެ އުއްތަމަ ފަނޑިޔާރު  ގޮލާމް ހުސައިން މުހްސިނީ އީޖެއީ

އީރާންގެ އުއްތަމަ ފަނޑިޔާރު ގޮލާމް ހުސައިން މުހްސިނީ އީޖެއީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލްއާ ގުޅުން އޮންނަ ފަރާތްތަކާ ދެކޮޅަށް ޝަރީއަތް ހިންގައި، ޙުކުމް ތަންފީޒު ކުރުމުގައި އެއްވެސް ލަސް ކަމެއް ނުވަތަ ދޫ ދިނުމެއް އޮވެގެން ނުވާނެ ކަމަށް އީރާންގެ އުއްތަމަ ފަނޑިޔާރު  ޣުލާމް ހުސައިން މުހްސިނީ އީޖެއީ ވިދާޅުވެއްޖެ އެވެ. 

އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ވާހަކަ ދައްކަވަމުން އީޖެއީ ވިދާޅުވީ ހަނގުރާމައިގެ ވަގުތު ތަކާއި، ހަލަބޮލި ޙާލަތްތަކުގައި ދުޝްމަނުންނާ ގުޅިގެން ކުށްތަކަށް އަރައި ގަންނަ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ނިހާއީ ޙުކުމްތައް ތަންފީޒު ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ބަލައި، ވީހާ ވެސް އަވަހަކަށް ގޮތްތަކެއް ނިންމުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

އީރާންގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ވަރުގަދަ އޮޕަރޭޝަން ތަކެއް ހިންގައިފަ އެވެ. މި އޮޕަރޭޝަން ތަކުގައި އިޒްރޭލް އާއި އެެމެރިކާ އަށް ޖާސޫސު ކޮށްދޭ ކަމުގެ ތުހުމަތުގައި އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. 

މި ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައި މި ވަނީ، މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާން އަށް ދިން ވަރުގަދަ ހަމަލާ ތަކެއްގައި އެ ޤައުމުގެ އެންމެ މަތީ ވެރިޔާ، އަދި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާާ ގުޅިގެންނެވެ. މި ހާދިސާ އަށް ފަހު، މުޅި މެދު އިރުމަތީގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިފަ އެވެ.

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. ޚާއްސަކޮށް އީރާން އިން ގެންދަނީ މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކާއި، އެމްބަސީ ތަކުގެ އިތުރުން، އިޒްރޭލަށް ވެސް ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގޮލާމް ހުސައިން މުހްސިނީ އީޖެއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

16 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

16 މާރިޗު 2026
އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

16 މާރިޗު 2026
މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

16 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު