Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އަށް ކާމިޔާބު ލިބިފައިވާ ކަމަށް އިއުލާން ކުރަން ބޭނުންފުޅު ނުވާ ކަމަށް. ޓްރަމްޕް ވިދާޅުވީ މިވަގުތު އެކަން އިއުލާން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، އެފަދަ އިއުލާނެއް ކުރަންވީ ސަބަބެއް ވެސް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 08:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ، އެމެރިކާ އަށް ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަސް ޖެހިވަޑައިގެންފި އެވެ.

ފްލޮރިޑާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ވޮޝިންޓަން ޑީސީ އަށް ވަޑައިގެންނެވުމުގެ މަގު މަތީގައި، އެއާ ފޯސް ވަންގައި ޓްރަމްޕް ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަވައިފަ އެވެ. އީރާން ހަނގުރާމައިގެ ވާހަކަ ދައްކަވައި، ޓްރަމްޕް ވަނީ ނޫސްވެރިންގެ ސުވާލު ތަކަށް ވެސް ޖަވާބު ދެއްވައިފަ އެވެ. 

އެގޮތުން އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ ހަނގުރާމައިގައި ކާމިޔާބު ލިބިފައިވާ ކަމަށް އިއުލާން ކުރަން ތައްޔާރަށް ހުންނެވިތޯ ނޫސްވެރިޔަކު ވަނީ ޓްރަމްޕްއާ ސުވާާލު ކޮށްފަ އެވެ. ނަމަވެސް، އެމެރިކާ އަށް ކާމިޔާބު ލިބިފައިވާ ކަަމަށް ވިދާޅުވާން ޓްރަމްޕް އަށް ކެރި ވަޑައި ނުގެންނެވި އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އަށް ކާމިޔާބު ލިބިފައިވާ ކަމަށް އިއުލާން ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިވަގުތު އެކަން އިއުލާން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، އެފަދަ އިއުލާނެއް ކުރަންވީ ސަބަބެއް ވެސް ނެތް ކަމަށެވެ. ނަމަވެސް، އީރާންގެ ބާރުތައް މިހާރު ވަރަށް ބޮޑަށް ބަލިކަށި ވެފައިވާ ކަމަށް ބުނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން މިހާރު އިންތިހާ އަށް ގޯސްވެފައިވާ އިރު، ޓްރަމްޕް ގެންދަވަނީ އީރާންގެ ސަރުކާރަށް ބަހުގެ ހަމަލާ ތަކެއް އަމާޒު ކުރައްވަމުންނެވެ. އަދި އީރާންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ވަޑައިގެން، އެ ޤައުމުގެ ރައްޔިތުންގެ އިޙުސާސްތަކާ ގުޅޭ ގޮތުން ޓްރަމްޕް ގެންދަވަނީ ގިނަ ވާހަކަ ތަކެއް ދައްކަވަމުންނެވެ. 

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ކާމިޔާބީ އިއުލާން ކުރުމަށް ޓްރަމްޕް ފަސް ޖެހި ވަޑައިގެންފައި ވާއިރު، އީރާން އިން ގެންދަނީ އެމެރިކާ އާއި އިޒްރޭލްގެ އަމާޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. މީގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ވެސް، ވަރަށް ބޮޑު އަސަރެއް ކުރަމުން އަންނަ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

16 މާރިޗު 2026
މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

16 މާރިޗު 2026
ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

16 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު