Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޖީސީސީގެ ޤައުމުތަކާ ދެކޮޅަށް އީރާން އިން ދޭ ހަމަލާތަކާ ގުޅިގެން، ސައުދީގެ ވަލީ އަހުދާއި ޔޫއޭއީގެ ރައީސް އިންޒާރެއް ދެއްވައިފި

މި މަޝްވަރާ ތަކުގައި ދެ ބޭފުޅުން ވެސް ވަނީ ޖީސީސީގެ ޤައުމު ތަކަށް އަމާޒުކޮށް އީރާން އިން މެދު ކެނޑުމެއް ނެތި ދެމުންދާ ހަމަލާ ތަކަކީ، މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ގޮން ޖެހުމެއްގެ ގޮތުގައި ސިފަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 08:01
ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު (ވ) އަދި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު (ވ) އަދި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން | އޭއެފްޕީ

ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމު ތަކަށް އަމާޒުކޮށް އީރާން އިން ދެމުންދާ ހަމަލާ ތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިރު އަލް ނަހްޔާން އިންޒާރު ދެއްވައިފި އެވެ. 

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޤައުމުގެ ވެރިން ފޯނުން ގުޅުއްވައި ސަރަހައްދީ މަސްރަހުގައި ހިނގަމުންދާ އެންމެ ފަހުގެ ކަންތައްތަކާއި، އަދި އޭގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަ ޖެހުމަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި މަޝްވަރާ ތަކުގައި ދެ ބޭފުޅުން ވެސް ވަނީ ޖީސީސީގެ ޤައުމު ތަކަށް އަމާޒުކޮށް އީރާން އިން މެދު ކެނޑުމެއް ނެތި ދެމުންދާ ހަމަލާ ތަކަކީ، މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ގޮން ޖެހުމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެެ. އަދި މިއި މަސްރަހު އިތުރަށް ގޯސް ވެގެންދާނެ ނުރައްކާތެރި އަމަލު ތަކެއް ކަމަށް ވެސް، ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވާ ކަަމަށް އެ ބަޔާނުގައި ވަނީ ހާމަ ކޮށްފަ އެވެ. 

މީގެ އިތުރުން ޖީސީސީގެ ޤައުމު ތަކުގެ ސަރަހައްދު ދިފާއު ކުރުމަށާއި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުންދާނެ ކަމަށް ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި މިކަމަށްޓަކަިއ ލިބެން ހުރި ހުރިހާ ވަސީލަތްތަކާއި، ޤާބިލުކަން ބޭނުން ކޮށްގެން ސަރަހައްދީ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަޤީންކަން ވެސް ދެ ބޭފުޅުން ވަނީ ދެއްވައިފަ އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން ވަނީ އީރާން އަށް އަމާޒުކޮށް ހަމަލާ ތަކެއް ދޭން ފަށައިފަ އެވެ. އެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. ނަމަވެސް، އީރާން އިން ހަމަލާ އަމާޒު ކުރަނީ ސަރަހައްދީ ޤައުމު ތަކަށް ނޫންކަން ފާހަގަވެފައިވެ އެވެ. އޭގެ ބަދަލުގައި އީރާން އިން ހަމަލާ ދެމުން ދަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ އިތުރުން އެމްބަސީ ތަކަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިރު އަލް ނަހްޔާންގަލްފް ކޯޕަރޭޝަން ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މާރިޗު 2026
މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

16 މާރިޗު 2026
އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

15 މާރިޗު 2026
މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

15 މާރިޗު 2026
ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ

ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ

15 މާރިޗު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު