Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މިތިބީ އަމިއްލަ ފައި މައްޗަށް ތެދުވެ، އެމެރިކާާއާ މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން: އީރާންގެ ފޮރިން މިނިސްޓަރު

އަރާގްޗީ ވިދާޅުވީ އީރާން އަކީ އަމިއްލަ ފައި މައްޗަށް ތެދުވެ އޮތް، ވަރުގަދަ ޤައުމެއް ކަމަށް. އަދި އީރާން އިން ކުރަމުން އަންނަ މަސައްކަތަކީ، ހަމައެކަނި އެ ޤައުމުގެ ރައްޔިތުންގެ ދިފާއުގައި ކުރަން ޖެހޭ ކަންކަން ކުރުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 08:01
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، އެމެރިކާ އާއެކު އެއްބަސްވުމަކަށް ދާން މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އަރާގްޗީ މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަ އަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން މިހާރު ބޭނުން ވަނީ އެމެރިކާ އާއެކު އެއްބަސްވުމަކަށް އަންނަން ކަމަށެވެ. އަދި އީރާން އިން އެކަމަށް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ނަމަވެސް، ސީބީއެސްގެ ފޭސް ދަ ނޭޝަން ޕްރޮގްރާމް އަށް ދެއްވި އިންޓަވިޔުއެއްގައި އާދީއްތަ ދުވަހު އަރާާގްޗީ ވަނީ އެ ވާހަކަ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ. އެގޮތުން އަރާގްޗީ ވިދާޅުވީ އީރާން އަކީ އަމިއްލަ ފައި މައްޗަށް ތެދުވެ އޮތް، ވަރުގަދަ ޤައުމެއް ކަމަށެވެ. އަދި އީރާން އިން ކުރަމުން އަންނަ މަސައްކަތަކީ، ހަމައެކަނި އެ ޤައުމުގެ ރައްޔިތުންގެ ދިފާއުގައި ކުރަން ޖެހޭ ކަންކަން ކުރުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން އަރާގްޗީ ވިދާޅުވެފައި ވަނީ، އީރާން އިން އެމެރިކާ އާއެކު މަޝްވަރާ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކުރިން ދެ ފަހަރު ވެސް، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފައި ވަނީ އެ ޤައުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަނިކޮށް ކަމަށް އަރާގްޗީ ވިދާޅުވި އެވެ. އެއާ އެކު އަރާގްޗީ ވިދާޅުވީ، އެމެރިކާ އާއެކު މަޝްވަރާ ކޮށްގެން މީގެ ކުރިން ވެސް ލިބިފައި ވަނީ ވަރަށް ހިތްދަތި ތަޖުރިބާ ތަކެއް ކަމަށެވެ. 

ހަނގުރާމަ އަށް އިޝާރާތް ކުރައްވައި އަރާގްޗީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ދުވަހަކު ވެސް އީރާން އިން އެދިފައި ނުވާނެ ކަމަށެވެ. އަދި އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ވެސް އެދިފައި ނުވާނެ ކަމަށާއި، މިއީ އީރާން އިން ފެށި ހަނގުރާމައެއް ނޫން ކަމަށް އަރާގްޗީ ވިދާޅުވި ެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން އޮތީ އެެމެރިކާ އާއެކު އެއްބަސްވުމަކަށް އަންނަން ކަމަށާއި، އެކަމަކު އީރާންގެ ޝަރުތު ތަކަށް އޭނާ އެއްބަސްވާން ބޭނުން ނުވާ ކަމަށެވެ.

އެމެރިކާާ އާއެކު މަޝްވަރާ ކުރަން އީރާން އިން ދެކޮޅު ހެދި ނަަމަވެސް، ހޮރުމޯޒު ކަނޑު އޮޅިން ދަތުރު ކުރާ ތެޔޮ ޓޭންކަރު ތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭނުންވާ ޤައުމު ތަކާ އެކު ވާހަކަ ދެއްކުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް އަރާގްޗީ ވިދާޅުވި އެވެ. މިގޮތުން ބައެއް ޤައުމު ތަކުން، އެ ޤައުމު ތަކުގެ އުޅަނދު ފަހަރަށް ރައްކާތެރިކަމާ އެކު ދަތުރު ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް އީރާންގެ އެހީތެރިމަަށް އެދިފައިވާ ކަމަށް އަރާގްޗީ ހާމަ ކުރެއްވި އެވެ. ނަމަވެސް، އެއީ ކޮން ޤައުމު ތަކެއްކަން އަރާގްޗީ ހާމަ ކުރައްވާފައި ނުވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އިޒްރޭލްއާ ގުޅުން އޮންނަ މީހުންނަށް އެއްވެސް ދޫ ދިނުމެއް ނޯންނާނެ: އީރާންގެ އުއްތަމަ ފަނޑިޔާރު

އެމެރިކާ އާއި އިޒްރޭލްއާ ގުޅުން އޮންނަ މީހުންނަށް އެއްވެސް ދޫ ދިނުމެއް ނޯންނާނެ: އީރާންގެ އުއްތަމަ ފަނޑިޔާރު

16 މާރިޗު 2026
ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ ބޭނުން ކުރެއްވި ވައިގެ އުޅަނދެއް އިޒްރޭލް އިން ހަލާކު ކޮށްލައިފި

16 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

އެމެރިކާ އަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށް ވިދާޅުވާން ޓްރަމްޕް ފަސްޖެހިއްޖެ

16 މާރިޗު 2026
އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

އީރާންގެ ރައްޔިތުން މުޒާހަރާ ކުރަން ބިރު ގަންނަނީ، ގޭންގު ހަދައިގެން އުޅޭ ނުލަފާ ބަޔަކު ވެރި ކަމުގައި ތިބީމަ: ޓްރަމްޕް

16 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު