Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިސްފަހާންގެ ފެކްޓްރީއަކަށް ހަމަލާދީ 15 މީހުން މަރުވެއްޖެ

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އާސާރީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، މަޝްވަރާގެ މަގު ބަންދުވެ ހަނގުރާމަ ވަނީ އިތުރަށް ވަރުގަދަވެފައި. އީރާނުގެ އަސްކަރީ އިސްވެރިއަކު މި ހަމަލާތަކުގައި ޝަހީދުވެފައިވާއިރު، ރައްދުގައި އީރާނުން ވެސް ދަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އަމާޒުކުރަމުން. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް އިންކާރު ކުރައްވާފައިވާއިރު، އިޒްރޭލުން ބުނަމުންދަނީ ބޭނުންވާ މިންވަރަށް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް.

ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 03:07
އިޒްރޭލާއި އެމެރިކާއިން އީރާނުގެ އިސްފަހާނަށް ދިން ހަމަލާތަކާ ގުޅިގެން، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދަަރަޖަ ދީފައިވާ "ޗެހެލް ސޮތޫން" ގަދީމީ ގަނޑުވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އިޒްރޭލާއި އެމެރިކާއިން އީރާނުގެ އިސްފަހާނަށް ދިން ހަމަލާތަކާ ގުޅިގެން، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދަަރަޖަ ދީފައިވާ "ޗެހެލް ސޮތޫން" ގަދީމީ ގަނޑުވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. | ރޮއިޓާސް

އީރާނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ އިސްފަހާންގެ ސިނާއީ ސަރަހައްދަކަށް ދިން މިސައިލް ހަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހަމަލާ އަމާޒުވި ވަގުތަކީ ފެކްޓްރީގެ ތެރޭގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބި ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ.

އީރާނުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޫނުކުރާ އަދި ފިނިކުރާ ސާމާނު އުފައްދާ ފެކްޓްރީއަކަށް މި ހަމަލާ އަމާޒުވެފައިވަނީ އީރާނުގެ މަސައްކަތު ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަހުއެވެ. އެ ނޫސް އެޖެންސީން ވަނީ މި ހަމަލާއަކީ އެމެރިކާ އާއި އިޒްރޭލުގެ ސިފައިން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، މި ހަނގުރާމައަށް 15 ދުވަސް ވެފައިވާއިރު، މިހާތަނަށް މަދުވެގެން 1,444 މީހުން މަރުވެ، 18,500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަނގުރާމަ ފެށުނު ފަހުން އީރާނުގެ އެކި ސިޓީތަކަށް ދަނީ ތަކުރާރުކޮށް ހަމަލާތައް އަމާޒުވަމުންނެވެ.

މިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހު ދިން ހަމަލާތަކެއްގައި އިސްފަހާންގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓަށް ގެއްލުންވެ، އެތަނުގެ މުވައްޒަފުންނަށް ވަނީ އަނިޔާވެފައެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯއިން ވަނީ އެ ހަމަލާއަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ބުނެފައެވެ.

އީރާނުގެ މިނިސްޓްރީ އޮފް ކަލްޗަރ އިން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، 17 ވަނަ ގަރުނުގެ އާސާރީ ބިނާއެއް ކަމަށްވާ އިސްފަހާންގެ ނަގްޝޭ ޖަހާން މައިދާން އާއި، ތެހެރާންގައި ހުންނަ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ގުލިސްތާން ޕެލަސް ހިމެނޭހެން 56 މިއުޒިއަމަކާއި އާސާރީ ބިނާއަކަށް ވަނީ ގެއްލުން ލިބިފައެވެ.

ޔުނެސްކޯއިން ވަނީ މިކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި އީރާނުގައި ހުރި ދުނިޔޭގެ ތަރިކައިގެ 29 ބިނާގެ ތެރެއިން ހަތަރު ތަނަކަށް މިހާރު ވަނީ ހަމަލާތަކުގެ އަސަރުކޮށްފައެވެ.

މީގެ އިތުރުން، އިޒްރޭލުން ދިން ހަމަލާއެއްގައި ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޖަލާލީ-ނަސަބު ޝަހީދުވެފައިވާކަން އީރާނުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. އަސްކަރިއްޔާއިން ބުނީ އޭނާ ޝަހީދުވީ ގައުމު ދިފާއުކުރުމުގެ ޖިހާދުގައި ހުއްޓާ ކަމަށެވެ.

މީގެ ކުރިން، އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ހިއްސާކުރާ ޚާރްގް އައިލެންޑަށް ވެސް އެމެރިކާ ސިފައިން ވަނީ ހަމަލާދީފައެވެ. ނަމަވެސް، އެ ސަރަހައްދުގެ އޮފިޝަލަކު ވިދާޅުވީ ތެޔޮ ބޭރުކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އީރާނުން ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅަމުންދާނަމަ، އެ ރަށުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި މަޝްވަރާކުރުމުގެ އެއްވެސް ފުރުސަތެއް އޮތް ކަމަކަށް ނުފެނެއެވެ. ހަނގުރާމަ ހުއްޓާލުމަށް ސަރަހައްދީ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ފުރަގަސްދީފައެވެ. ވައިޓް ހައުސްގެ އިސް އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސްގެ މިހާރުގެ އަމާޒަކީ ހަމަލާތައް ކުރިއަށް ގެންދިއުން ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ވަގުތު މަޝްވަރާކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ރައީސްގެ ނެތް ކަމަށާއި، އެމެރިކާގެ އަސްކަރީ މިޝަން އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށްދާނެއެވެ.

ނަން ހާމަނުކުރާ އީރާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާތައް ކުރިއަށްދާހާ ހިނދަކު މަޝްވަރާ ނުކުރާނެ ކަމަށް އީރާނުން ވެސް ވަނީ ބުނެފައެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހޮނިހިރު ދުވަހު ވިދާޅުވީ، މި ސަރަހައްދުގައި އެމެރިކާއިން ގާއިމުކޮށްފައިވާ ސަލާމަތީ އޮނިގަނޑަކީ ބާގަނޑުތަކުން ފުރިފައިވާ ނިޒާމެއްކަން ސާބިތުވެފައިވާ ކަމަށެވެ. އަދި ބޭރުގެ އުދުވާނީ ބާރުތައް ސަރަހައްދުން ބޭރުކުރުމަށް އަވަށްޓެރި ގައުމުތަކަށް އޭނާ ގޮވާލެއްވިއެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ، ބޭނުންވާ މިންވަރަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީގެ ރިޕޯޓަރުން ބުނާ ގޮތުގައި، ހޮނިހިރު ދުވަހު އީރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް އާ މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި ގުދުސްގެ މަތިން ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ކްލަސްޓާ ބޮން ހިމެނޭހެން ހަ ފަހަރެއްގެ މަތިން އީރާނުން ވަނީ އެ ގައުމުގެ ބޮޑު ސަރަހައްދަކަށް މިސައިލް ހަމަލާދީފައެވެ. "ދަ ޓައިމްސް އޮފް އިޒްރޭލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއިލާތަށް ދިން ކްލަސްޓާ ބޮމުގެ ހަމަލާއެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކާއެކު ޖުމްލަ ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.

އިސްފަހާންޔުނެސްކޯއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

15 މާރިޗު 2026
އެމެރިކާގެ ބާރާއި ނުފޫޒު ގެ ހަގީގީ ސައިޒް ސާބިތުކަމާ އެކު އީރާނުން ދުނިޔެއަށް އެ ދަނީ ދައްކަމުން!

އެމެރިކާގެ ބާރާއި ނުފޫޒު ގެ ހަގީގީ ސައިޒް ސާބިތުކަމާ އެކު އީރާނުން ދުނިޔެއަށް އެ ދަނީ ދައްކަމުން!

15 މާރިޗު 2026
ހޯރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެހީތެރިވުމަށް ގައުމުތަކުން މަނަވަރު ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމާއެކު ފަރަންސޭސިވިލާތުން މަނަވަރު ނުފޮނުވާނެ ކަމަށް ބުނެފި

ހޯރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެހީތެރިވުމަށް ގައުމުތަކުން މަނަވަރު ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމާއެކު ފަރަންސޭސިވިލާތުން މަނަވަރު ނުފޮނުވާނެ ކަމަށް ބުނެފި

15 މާރިޗު 2026
އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

15 މާރިޗު 2026
އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް އިރާގުން ފޭބުމަށް އަންގައިފި

އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް އިރާގުން ފޭބުމަށް އަންގައިފި

15 މާރިޗު 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު