Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ

އީރާންގެ މީޑިއާ ތަކުން ބުނެފައި ވަނީ، ކުޑަ ކުދިން މަރާ ކުށްވެރިޔާ ނަތަންޔާހޫ ދުނިޔޭގައި ހުރި ނަމަ، އެންމެ ފުރިހަމަ އަދި ވަރުގަދަ ބާރާ އެކު ނަތަންޔާހޫ މަރާލާނެ ކަމަށް އައިއާރުޖީސީ އިން ބުނެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 06:56
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއް ދީފި އެވެ. 

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައި ވަނީ، މި ޙާލަތުގައި ނަތަންޔާހޫ ދުނިޔޭގައި ދިރި ހުރެއްޖެ ނަމަ، އޭނާ މަރާލާނެ ކަމަށް ވައުދުވާ ކަމަށެވެ. އީރާންގެ މީޑިއާ ތަކުން ބުނެފައި ވަނީ، ކުޑަ ކުދިން މަރާ ކުށްވެރިޔާ ނަތަންޔާހޫ ދުނިޔޭގައި ހުރި ނަމަ، އެންމެ ފުރިހަމަ އަދި ވަރުގަދަ ބާރާ އެކު ނަތަންޔާހޫ މަރާލާނެ ކަމަށް އައިއާރުޖީސީ އިން ބުނެފައިވާ ކަމަށެވެ. 

އީރާންގެ އައިއާރުޖީސީ އިން މި ބަޔާން ނެރެފައި ވަނީ، އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ސަބަބުން މެދު އިރުމަތީގެ ސަރަހައްދު އިތުރަށް ގޯސްވަމުންދާ ވަގުތެއްގަ އެވެ. އީރާން އާއި އިޒްރޭލްއާ ދެމެދު ނުތަނަވަސްކަން އިތުރުވެ، މިހާރު ވަނީ ނުރައްކާތެރި މިންވަރަަކަށް ކަންކަން ގޮސްފަ އެވެ. 

އީރާން އިން ނަތަންޔާހޫ އަކީ ކުޑަ ކުދިން މަރާ މީހެއްގެ ގޮތުގައި ސިފަ ކޮށްފައިވާއިރު، މުޅި ދުނިޔެ ވެސް އޭނާ ސިފަ ކުރަނީ ކުޑަ ކުދިން މަރާ މީހެއްގެ ގޮތުގަ އެވެ. އެއީ ޣައްޒާގައި އިޒްރޭލް އިން ހިންގަމުންދާ ހަނގުރާާމައިގައި އެއްވެސް ކުށެއް ނެތް މައުސޫމު ކުޑަ ކުދިންނަށް ހަމަލާ ދީ، ޝަހީދު ކުރަމުން ގެންދާތީ އެވެ. 

އީރާން އިން މިހެން ބުނެފައިވާއިރު، ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ތަކުގެ އަޑު ސޯޝަލް މީޑިއާގައި ގަދަވެފައި ވަނިކޮށް، ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ އޭނާ މަރު ނުވާ ކަމަށެވެ. އަދި އޭނާ މަރުވި ކަމަށް ބުނާ ޚަބަރު ތަކަކީ ކަނޑަ އެޅިގެން ދޮގެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބެންޖަމިން ނަތަންޔާހޫއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

15 މާރިޗު 2026
މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

15 މާރިޗު 2026
ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

15 މާރިޗު 2026
އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

15 މާރިޗު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު