Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޗައިނާ

އީރާން ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް އާއެކު ބާއްވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެ އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވީ، ހޮރުމޯޒް ކަނޑު އޮޅި އަލުންް ހުޅުވާލުމަށް ޗައިނާ އިން އެހީތެރިވާން ޖެހޭ ކަމަށް. ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި ޗައިނާ އަށް ބޭނުންވާ ތެލުގެ 90 އިންސައްތަ އެ ސަރަހައްދުން ހޯދާއިރު، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ޗައިނާގެ ދައުރެއް އޮންނަން ޖެހޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 07:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިން ޕިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިން ޕިން | ރޮއިޓާސް

މާޗު މަހުގެ ފަހު ކޮޅު ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. 

ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ އެކު މި ބައްދަލުވުން ލަސް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަހު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. 

މީގެ އިތުރުން އެ އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވީ، ހޮރުމޯޒް ކަނޑު އޮޅި އަލުންް ހުޅުވާލުމަށް ޗައިނާ އިން އެހީތެރިވާން ޖެހޭ ކަމަށެވެ. ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި ޗައިނާ އަށް ބޭނުންވާ ތެލުގެ 90 އިންސައްތަ އެ ސަރަހައްދުން ހޯދާއިރު، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ޗައިނާގެ ދައުރެއް އޮންނަން ޖެހޭނެ އެވެ. މިއީ އީރާންގެ މައްސަލައިގައި ޓްރަމްޕް ޗައިނާ އަށް ދެއްވި ނުސީދާ އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ވަނީ ސިފަ ކޮށްފަ އެވެ. 

ޗައިނާގެ ރައީސް އާއެކު ބާއްވަވާ ސަމިޓު ފަސް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވާފައި މި ވަނީ، އެމެރިކާ އާއި ޗައިނާގެ އިސް އޮފިޝަލުން ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބައްދަލު ކުރައްވައި، ޓްރަމްޕް ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގެ ނަތީޖާއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވަނިކޮށެވެ. މިއީ 2017 ވަނަ އަހަރަށް ފަހު އެމެރިކާގެ ރައީސް އަކު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާއިރު، މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ބާރުގެ މެދުގައި އޮތް ގުޅުން ހަމައަކަށް އަޅުވައި، ދެބަސްވުންތައް ކޮންޓްރޯލް އިން ނެއްޓިގެން ދިޔަ ނުދިނުމެވެ. 

މި ދަތުރުފުޅު ކެންސަލް ވެއްޖެ ނަމަ، އެއީ ދެ ޤައުމުގެ އިޤްތިޞާދަށް ވެސް ލިބޭ ބޮޑު ގެއްލުމަކަށް ވާނެ އެވެ. ސަބަބަކީ މި ބައްދަލުވުމަކީ ވިޔަފާރީގެ އެއްބަސްވުން ތަކާއި، އެމެރިކާގެ ޓެކްނޮލޮޖީ ޗައިނާ އަށް އެކްސްޕޯޓު ކުރުމާއި، އަދި ޗައިނާގައި ހުންނަ މަދު މައުދަންތައް އެމެރިކާ އަށް އެކްސްޕޯޓު ކުރުމާ ގުޅޭ ގޮތުން މުހިންމު ނިންމުން ތަކެއް ނިންމުމަށް ތާވަލު ކޮށްފައި އޮތުމެވެ. އެހެންކަމުން މި ދަތުރުފުޅަކީ ދެ ޤައުމުގެ ބޮޑެތި ކުންފުނި ތަކަށް ވެސް ނުހަނު މުހިންމު ދަތުރުފުޅެކެވެ. 

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ޗައިނާ ގުޅުންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގް

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

16 މާރިޗު 2026
އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

15 މާރިޗު 2026
މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

15 މާރިޗު 2026
ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ

ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ

15 މާރިޗު 2026
ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

15 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު