Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

އިނގިރޭސިވިލާތުގެ ސިފައިންގެ އޮފިޝަލުން ދިރާސާ ކުރަމުން އަންނަނީ އީރާންގެ ޝާހިދު ޑްރޯންތަކާ ދެކޮޅަށް، އިނގިރޭސިވިލާތުގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށް ބޭނުން ކުރެވިދާނެ ގޮތްތަކާ މެދު ކަމަށް ވެސް ބުނެފައިވޭ. ނަމަވެސް ރޮއިޓާސް އިން ބުނެފައި ވަނީ މި ރިޕޯޓުގެ ޞައްޙަކަން ވަގުތުން ޔަޤީން ކުރެވިފައި ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 12:38
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، މެދު އިރު މައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯން ފޮނުވުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިސްނަވަމުންދާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ހޮނިހިރު ދުވަހު މި ވާހަކަ ރިޕޯޓު ކޮށްފައި ވަނީ ދަ ޓެލެގްރާފް ނޫހުގަ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ، ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގައި ޔޫކްރެއިން އަށް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގައި އުފައްދާ އޮކްޓޮޕަސް އިންޓަސެޕްޓް ޑްރޯން ސިސްޓަމް ފޮނުވުމާ މެދު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

 އެގޮތުން އިނގިރޭސިވިލާތުގެ ސިފައިންގެ އޮފިޝަލުން ދިރާސާ ކުރަމުން އަންނަނީ އީރާންގެ ޝާހިދު ޑްރޯންތަކާ ދެކޮޅަށް، އިނގިރޭސިވިލާތުގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށް ބޭނުން ކުރެވިދާނެ ގޮތް ތަކާ މެދު ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ރޮއިޓާސް އިން ބުނެފައި ވަނީ މި ރިޕޯޓުގެ ޞައްޙަކަން ވަގުތުން ޔަޤީން ކުރެވިފައި ނުވާ ކަމަށެވެ.

އޮކްޓޮޕަސް ޑްރޯން ސިސްޓަމް އަކީ ދުޝްމަން ޑްރޯންތައް ހުއްޓުވުމަށް ޚާއްޞަ ކޮށްގެން ތައްޔާރު ކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ ނިޒާމެކެވެ. މި ނިޒާމަކީ ދުޝްމަނު ޑްރޯންތައް ދެނެގަނެ، އެ ޑްރޯންތައް ވަށައިގެން ވައްޓާލައި، ނުވަތަ ހަލާކު ކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. 

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަގައި، ޔޫކްރެއިން އިން މި ޑްރޯން ސިސްޓަމް ވަރަށް ބޮޑަށް ބޭނުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ސިސްޓަމް އިން ރަޝިޔާގެ ޑްރޯން ހަމަލާ ތަކުން ޔޫކްރެއިން ރައްކާތެރި ކުރުމަށް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކަމަށް ސިފައިންގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. 

މެދު އިރުމަތީގެ ސަރަހައްދުގެ ޙާލަތު ގޯސްވަމުން އަންނައިރު، އީރާން އިން ބޭނުން ކުރާ ޝާހިދު ޑްރޯން ތަކަކީ މި ސަރަހައްދުގައި ޙަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ސިފައިންނަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމެކެވެ. މި ޑްރޯން ތަކަކީ ވަރަށް ޚަރަދު ކުޑަކޮށް އުފެއްދި ދާނެ އަދި ވަރަށް ބޮޑު ގެއްލުން ތަކެއް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރު ތަކެކެވެ. 

މިކަމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން މިހާތަނަށް ރަސްމީ ނިންމުމެއް ނިންމާފައި ނުވި ނަަމަވެސް، އަސްކަރިއްޔާ އިން ކުރިއަށް ގެންދާ ދިރާސާ ތަކަށް ފަހު ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުން މި ނިންމުން ނިންމުމުގެ ފުރުސަތު އޮތް ކަަމަށް ފާހަގަ ކޮށްފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިނގިރޭސިވިލާތްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

15 މާރިޗު 2026

ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ

15 މާރިޗު 2026
ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ
15 މާރިޗު 2026

ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

15 މާރިޗު 2026
ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު
15 މާރިޗު 2026

ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ

15 މާރިޗު 2026
ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ
15 މާރިޗު 2026

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

15 މާރިޗު 2026
ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި
15 މާރިޗު 2026

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

15 މާރިޗު 2026
މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު