Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ

ސޭކްސް ވިދާޅުވީ މިއީ އީރާނުގެ ހަނގުރާމައިގެ ކާމިޔާބީ އިއުލާން ކުރުމަށް ފަހު، ހަނގުރާމަ އިން ބޭރުވާންވީ އެންމެ ރަނގަޅު ވަގުތު ކަމަށް. މިއީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު، އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 10:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ އެޑްވައިޒަރު ޑޭވިޑް ސޭކްސް ވާހަކަ ދައްކަވާއިރު، ޓްރަމްޕް ފަހަތުގައި މަޑުކޮށްލައިގެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ އެޑްވައިޒަރު ޑޭވިޑް ސޭކްސް ވާހަކަ ދައްކަވާއިރު، ޓްރަމްޕް ފަހަތުގައި މަޑުކޮށްލައިގެން | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކާމިޔާބީ އިއުލާން ކުރުމަށް ފަހު، ހަނގުރާާމަ އިން ބޭރުވާން ޖެހޭ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ އެޑްވައިޒަރު ޑޭވިޑް ސޭކްސް މިހެން ވިދާޅުވެފައި ވަނީ، ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އޯލް އިން ވަން ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ އަކީ ވައިޓް ހައުސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކްރިޕްޓޯއާ ބެހޭ އިސްވެރިޔާ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ މިއީ އީރާން ހަނގުރާމައިގެ ކާމިޔާބީ އިއުލާން ކުރުމަށް ފަހު، ހަނގުރާމަ އިން ބޭރުވާންވީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ. މިއީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވާ ބޭފުޅަކު، އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެ އެވެ. ސޭކްސް ފާހަގަ ކުރެއްވި ގޮތުގައި އެމެރިކާ އިން މިހާރު ވަނީ އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށް ކޮށްލައިފަ އެވެ. 

އީރާނުގެ ހަނގުރާމަ އިން އަވަހަށް ނުކުމެވޭނެ މަގެއް ހޯދުމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ސޭކްސް ވިދާޅުވީ، މަސްލަޙަތު ގޯސްވުން ނޫން ކަމެއް ހަނގުރާމަ އިން ނުނިކުންނަ ނަމަ، ދެން އިސްކަން ދޭން ޖެހޭނީ މަސްލަޙަތު ފިނި ކުރާނެ ގޮތަކާ މެދު ކަމަށެވެ. އަދި މަސްލަޙަތު ފިނި ކުރެވޭނީ އީރާން އާއެކު ސުލްޙައިގެ އެއްބަސްވުމަކަށް އައިސްގެން ނުވަތަ، މަޝްވަރާގެ މޭޒަށް ގެންގޮސްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުންނާއި، ލުބުނާންގައި ޙަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދަނީ އިޒްރޭލް އާއި މެދު އިރުމަތީގައި ހުރި އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދެމުންނެވެ. މި ހަނގުރާމައިގެ އަސަރު ދުނިޔެ އަށް ވަރަށް ބޮޑަށް ކުރަމުން އަންނައިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާވައިޓް ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

15 މާރިޗު 2026
ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ

ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ

15 މާރިޗު 2026
ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

15 މާރިޗު 2026
މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

15 މާރިޗު 2026
ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

15 މާރިޗު 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު