Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީރު ކުޅުދުއްފުއްޓަށް ކުރި ދަތުރުފުޅު

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

މަސްވެރިކަމާ ބެހޭ ވަޒީރު, އަޙްމަދު ޝިޔާމް ކުޅުދުއްފުށީގެ އައިސް ޕްލާންޓްގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވެ، އިންތިޚާބުތަކާ ދިމާކޮށް ތަކުރާރުކޮށް ވައުދުވެވަޑައިގަންނަވާތީ އެ ސިޓީގެ މަސްވެރިން ތިބީ މާޔުސްވެރިކަމެއްގެ ތެރޭގައެވެ. ސަރުކާރަށް ދެ އަހަރު ވީއިރުވެސް އަމަލީ މަސައްކަތެއް ނުފެންނާތީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި މިއީ ހަމައެކަނި ސަރުކާރަށް ކައުންސިލް މެޖޯރިޓީ ހޯދުމަށް ކުރައްވާ ކަމެއް ބާއެވެ؟

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 17:06
ވަޒީރު އަޙުމަދު ޝިޔާމް

ވަޒީރު އަޙުމަދު ޝިޔާމް | ރާއްޖެއެމްވީ އޭއައި

ވަޒީރު ޝިޔާމެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ކުޅުދުއްފުށީގެ ފަސްގަނޑު މައްޗަށް ތިޔަ ފައިބައިވަޑައިގަންނަވަނީ ކޮން އެއްޗެއް ވިއްކަވަންތޯއެވެ؟ ރައްޔިތުންގެ ކަރުގައި އަޅުވަނީ ކޮން އުންމީދެއްގެ ހާރެއްތޯއެވެ؟ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން، ކުޅުދުއްފުށީގެ މަސްވެރިންގެ ވިންދާ ކުޅުއްވުމަކީ މިއަދު އާދައިގެ ކަމަކަށް ވެއްޖެ ނޫންތޯއެވެ؟ އިއްޔެވެސް ތިޔަ ވަޑައިގަތީ ހަމަ އެއް ދަޅަކަށް ލާފައިވާ ބާގަނޑުތަކެއް ފަދަ ވަޢުދުތަކެއް ހިއްޕަވައިގެންނޫންތޯއެވެ؟

2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބާއި ދިމާކޮށް މަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެން، އުތުރުގެ މަސްވެރިންނަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވީ ވަރަށް ބާރަށެވެ. ކުޅުދުއްފުށީގައި ޤާއިމުކުރާ އައިސް ޕްލާންޓްގެ މަސައްކަތް ހަލުވިކަމާއެކު ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވެ، މަސްވެރިންގެ ވޯޓު ހޯއްދެވީ ހުސް އުންމީދުތަކެއް ދައްކަވައިގެންނެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމި، ސަރުކާރަށް ބާރު ލިބުނުތާ ދެ އަހަރު ވެގެންދާއިރު، އެ ބާރުމިނުގައި ކުރިއަށްދިޔަ މަސައްކަތެއް ފެންނާކަށް ނެތެވެ. މިއަދުވެސް މަނިކުފާނު އެ ވަޑައިގަތީ ހަމަ އެ އައިސް ޕްލާންޓްގެ ވައުދު ކޮނޑުޖައްސަވައިގެންނެވެ.

ކުޅުދުއްފުށި އަދި އުތުރުގެ ރައްޔިތުން މިއަދު ސުވާލު އުފައްދަނީ، ކުރީ ސަރުކާރުން އައިސް ޕްލާންޓް އެޅުމަށްޓަކައި ޖަހާފައިވާ އަށް ތަނބު ފިޔަވައި، މި ސަރުކާރުން އިތުރުކުރި އެއްޗަކީ ކޮބައިތޯއެވެ؟ ތަރައްޤީގެ ނަމުގައި ހަމައެކަނި ބިންގާ އެޅުމާއި، ކުރީގެ މަޝްރޫޢުތަކުގެ ފޮޓޯ ނެގުމަކީ މަސްވެރިންގެ ޖީބަށް ފައިސާ ވަންނާނެ ކަމެއް ނޫނެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބި، ކިރުވާ މަހަށް ފައިސާ ނުލިބި، ދަރަނިވެފައި ތިބެންޖެހުމަކީ މަނިކުފާނުގެ ސިޔާސަތުގެ ފޭލުވުން ނޫންތޯއެވެ؟ ފައިސާގެ ދަހިވެތިކަމާއި ރިޝްވަތުގެ ނުފޫޒުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަކީ ޒަމާނީ ސިޔާސީ އުކުޅަކަށް ވިޔަސް، އެއީ އަދި އިޚްލާޞްތެރިކަމެއް ނޫނެވެ.

ވަޒީރު ޝިޔާމަކީ ވެރިކަން ކުރާ ޕީއެންސީގެ ކުޅުދުއްފުށީގެ އިސް ކެމްޕެއިން ލީޑަރެވެ. އިއްޔެ މަނިކުފާނު ގޭގެއަށް ޒިޔާރަތްކޮށް، "ދޮރުން ދޮރަށް" ހިންގަވައި، "ދޫންޏަށް" ވޯޓު ދިނުމަށް އެދިވަޑައިގަތްއިރު، ރައްޔިތުންނަށް ދައްކަވާނެ އައު އެއްވެސް ސިޔާސަތެއް ނެތެވެ. ތިބޭފުޅުންގެ ސިޔާސަތަށް ތާއީދުކޮށްގެން ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބުނު ހަގީގީ މަންފާއަކީ ކޮބައިތޯއެވެ؟ ކޮންމެ އިންތިޚާބަކާ ދިމާކޮށް ހިންގާ މިފަދަ ހަރަކާތްތަކަކީ ހަމައެކަނި ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެއްކަން މިއަދު ރައްޔިތުންނަށް ސާފުވެއެވެ.

ނަމަވެސް, ކުޅުދުއްފުށީގެ މަސްވެރިންނަކީ މޮޔައިންނެއް ނޫނެވެ. ތަކުރާރުކޮށް އެއް ވައުދުތަކެއް ވިއްކައިގެން، އިތުރު ދެ އަހަރު ރައްޔިތުން ހަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަމަލީ މަސައްކަތެއް ނެތި، ހަމައެކަނި ދުލުން ބުނާ ބަސްތަކަކުން ތަރައްޤީއެއް ނާންނާނެއެވެ.

މިއަދު ރައްޔިތުން ބޭނުންވަނީ ކަރުދާހުގައި ހުރި ޕްލޭންތަކެއް ނޫނެވެ. ބޭނުންވަނީ އައިސް ޕްލާންޓުން ޚިދުމަތް ލިބޭނެ ދުވަހަކާއި، ބާނާ މަހަށް ހަމަ އަގު ލިބޭނެ ގޮތެކެވެ. މަނިކުފާނުގެ މި ދަތުރުފުޅަކީވެސް ހަމައެކަނި ވޯޓު ހޯދުމުގެ މަޤްޞަދުގައި ކުރެއްވި ދަތުރުފުޅެއް ނޫންކަން ސާބިތުކޮށްދެއްވުމަށް އަމަލީ ނަތީޖާއެއް ދައްކަވަންވީނޫންތޯއެވެ.

Your browser does not support the video tag.
މަޖިލިސް އިންތިޚާބާއި ދިމާކޮށް ކުޅުދުއްފުއްޓަށް ވަޑައިގެން ވަޒީރު ޝިޔާމު ރައްޔިތުންނަށް ދެއްވި މެސެޖު.

ކުޅުދުއްފުށިޕީއެންސީމިނިސްޓަރ ޝިޔާމްއައިސް ޕްލާންޓްމަސްވެރިކަންމަޖިލިސް އިންތިޚާބުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

14 މާރިޗު 2026
ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރިޔާސީ ވައުދެއް ކަމަށްވާ ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް އިއުލާން ކުރައްވައިފި

ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރިޔާސީ ވައުދެއް ކަމަށްވާ ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް އިއުލާން ކުރައްވައިފި

13 މާރިޗު 2026
ޤަދް ސަމިޢު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ.

ޤަދް ސަމިޢު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ.

12 މާރިޗު 2026

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު