Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

ޔޫއޭއީގެ ރައީސްގެ އެޑްވައިޒަރު އަންވަރު ގަރްގާޝް ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޤައުމާ ދެކޮޅަށް ހިންގަމުންދާ ޓެރަރިސްޓް އުދުވާން ތަކުން ސަލާމަތް ވުމަށް ދިފާއީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްޤު ޔޫއޭއީ އަށް އޮތް ކަަމަށް. ނަަމަވެސް، އެ ޤައުމުން އަަދިވެސް އިސްކަން ދެނީ ބުއްދީގެ ބޭނުންކޮށް، ހަމަޖެހުމަށް މަގު ފަހިވާނެ ގޮތަކަށް އަަމަލު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 10:10
އަބޫދާބީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫއޭއީގެ ރައީސްގެ މުޝީރު އަންވަރު ގަރްގާޝް ވާހަކަ ދައްކަވަނީ

އަބޫދާބީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫއޭއީގެ ރައީސްގެ މުޝީރު އަންވަރު ގަރްގާޝް ވާހަކަ ދައްކަވަނީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން، މެދު އިރުމަތީގެ ސަރަހައްދު ތަކަށް އަމާޒުކޮށް އީރާން އިން ދެމުންދާ ހަމަލާތަކާ ގުޅިގެން، އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ލިބިގެންވާ ކަމަށާއި، ނަމަވެސް އެ ޤައުމުން އިސަކަން ދެނީ ކެތްތެރިކަން އިސްކުރުމަށް ކަމަށް އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. 

ޔޫއޭއީގެ ރައީސްގެ އެޑްވައިޒަރު އަންވަރު ގަރްގާޝް ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޤައުމާ ދެކޮޅަށް ހިންގަމުންގެންދާ ޓެރަރިސްޓް އުދުވާން ތަކުން ސަލާމަތް ވުމަށް ދިފާއީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްޤު ޔޫއޭއީ އަށް އޮތް ކަަމަށެވެ. ނަަމަވެސް، އެ ޤައުމުން އަަދިވެސް އިސްކަން ދެނީ ބުއްދީގެ ބޭނުންކޮށް، ހަމަޖެހުމަށް މަގު ފަހިވާނެ ގޮތަކަށް އަަމަލު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމަ އެހެންމެ، އީރާން އާއި މުޅި ސަރަހައްދު ނުރައްކާތެރި ޙާލަތުން ސަލާމަތް ވާނެ މަގެއް ހޯދުމަށް ޔޫއޭއީ އިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ގަރްގާޝް ވިދާޅުވި އެވެ. 

މީގެ އިތުރުން އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ހަނގުރާމައިގެ ޙާލަތުން ސަލާމަތް ވުމަށްޓަކައި، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޔޫއޭއީ އިން މެދުވެރިއެއްގެ ދައުރު އަދާކޮށް، އިޚުލާސްތެރި މަސައްކަތް ތަކެއް ކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

ގަރްގާޝްގެ ވާހަކަައިގައި އޭނާ ވަނީ އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އީރާންއާ ދެކޮޅަށް ޔޫއޭއީ އިން އުދުވާނީ އަމަލު ތަކެއް ހިންގާ ކަމަށް ވިދާޅުވެ، އަރާގްޗީ ކުރައްވާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ގަރްގާޝް ސިފަ ކުރެއްވި ގޮތުގައި އީރާންގެ މި ސިޔާސަތަކީ މިސްރާބު އޮޅިފައިވާ އަދި ބުއްދިވެރި ކަމެއް ނެތް އޮޅުން ބޮޅުން ބޮޑު ސިޔާސަތެކެވެ. 

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި، އީރާން އިން ގެންދަނީ މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާާގެ ބޭސް ތަކުގެ އިތުރުން، އެމްބަސީ ތަަކަށް ވެސް ހަމަލާ ދެމުންނެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔުނައިޓެޑް އަރަބް އެމިރޭޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ

ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ

15 މާރިޗު 2026
ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

15 މާރިޗު 2026
މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

15 މާރިޗު 2026
ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

15 މާރިޗު 2026
އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު