Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މުޙައްމަދު މުޢިއްޒު

މުއިއްޒުގެ މޭޔަރުކަމުގައި މަސް މާރުކޭޓް އަޅަން ހަވާލުކުރި މައްސަަލަ އޭސީސީގައި އޮއްވާ ރައީސް ކަމުގައި ހުންނަވައިގެން އަނެއްކާވެސް އެ ޕްރޮޖެކްޓް ބަޔަކާއި ހަވާލުކޮށްފި

މާލޭގެ "ވެޓް މާކެޓް ކޮމްޕްލެކްސް" ތަރައްޤީކުރުމަށް ޓްރަސްޓެންގ މޯލްޑިވްސްއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީން 126 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި. ހަ ފަންގިފިލާއަށް އިމާރާތްކުރާ މި މަޝްރޫޢުގެ ދަށުން މަސް މާރުކޭޓާއި، ތަރުކާރީ މާރުކޭޓުގެ އިތުރުން ޕާކިންގ އާއި ފުޑް ކޯޓެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފަ. މި މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، މީގެ ކުރިން މުއިއްޒުގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލުން މި މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 14:52
މާލޭގެ މަސްމާރުކޭޓު އިމާރާތް ކުރުމަށް އަމިއްލަ ބަޔަކާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މާލޭގެ މަސްމާރުކޭޓު އިމާރާތް ކުރުމަށް އަމިއްލަ ބަޔަކާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. | މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނަވައިގެން މާލޭގެ މަސް މާރުކޭޓް ތަރައްގީކުރުމަށް ބޮޑު އަގުގައި ދެ ބަޔަކާއި ހަވާލުކޮށް، އެ މައްސަލަ އޭސީސީގައި އޮއްވާ، ރައީސް ކަމުގައި ހުންނަވައިގެން އެމަނިކުފާނުގެ ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް އެހެން ބަޔަކާއި ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.

މި ކޮންޓްރެކްޓުގެ އަގަކީ 126,359,594.94 ރުފިޔާ އެވެ. މަސައްކަތް ނިންމަން ހަވާލުކުރީ 600 ދުވަހުގެ ތެރޭގަ އެވެ. 

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކީ، 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމެވެ. އަދި އެ 6 ފަންގި ފިލާގެ ތެރޭގައި ބޭސްމަންޓް ޕާރކިންގ އަށް ހާއްސަ ކުރެވެ އެވެ. ގްރައުންޑް ފްލޯ މަސް މާރކޭޓަށް ހަމަޖައްސާފައިވާ އިރު، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ ތަރުކާރީ މޭވާ ވިއްކާ މާރުކޭޓަށް ހަމަޖައްސާ 4 ވަނަ ފްލޯގައި ފުޑް ކޯޓު ހިމެނޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުން މަސް މާރުކޭޓް އަޅަން ބަޔަކާއި ހަވާލު ކުރި އިރު، މޭޔަރު ކަމުގައި ހުންނަވައިގެން ވެސް އެތަން ތަރައްގީ ކުރުމަށް ދެ ޕާޓީއަކާ ހަވާލު ކުރި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ވަނީ ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް ވަކި ބަޔަކަށް މަސް މާރުކޭޓުގެ މަސައްކަތް ހަވާލުކޮށްފައި އެވެ. އެ މަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ 6.1 މިލިއަން ޑޮލަރަށެވެ. މަސް މާރުކޭޓު ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ދެވަނަ އެއްބަސްވުމެއް 9.5 މިލިއަން ޑޮލަރަށް ހަދާފައިވާއިރު، އެ އެއްބަސްވުން ހަދާފައިވަނީ ކުރިންހަދާފައިވާ އޮރިޖިނަލް އެއްބަސްވުމަށް ވުރެ، 3.5 މިލިއަން ޑޮލަރު އިތުރު އަގަކަށެވެ.  މި އެއްބަސްވުނަ ހަދާފައިވަނީ މިހާރުގެ ރައީސް މުއިއްޒު ރައީސް ކަމަށް ހޮވުނު ފަހުން އަދި މޭޔަރު އާޒިމް އެ މަގާމަށް ހަވާލުވުމުގެ ކުރިންނެވެ. 

މި މައްސަލަ އޭސީސީއަށް ހުށަހަޅައިފައިވީ ނަމަވެސް، މިހާތަނަށް މި މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަން ފެށިކަމެއް އެ ކޮމިޝަނުން ހާމަ ނުކުރެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމާލޭ ރޯމަސް މާރުކޭޓުއޭސީސީމިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026
ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

15 މާރިޗު 2026
ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

15 މާރިޗު 2026
ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

15 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

14 މާރިޗު 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު