Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯޓުގެ ބާރު ހަނިކުރުން

މުއިއްޒުގެ މަގްސަދަކީ 30 އަހަރުގެ ވެރިކަން ތަކުރާރުކުރުން: ފަލާހު

13 މާރިޗު 2026 | ހުކުރު 05:07

ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަކީ ރައްޔިތުންގެ ވޯޓުގެ ބާރު ކަނޑުވާލައި، ރާއްޖޭގައި ކުރިން އޮތް 30 އަހަރުގެ ދިގު ވެރިކަން އިއާދަކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ. އިންތިޚާބުތައް އެއްކޮށްލުމަށް ކުރާ މަސައްކަތަކީ ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރު މަދުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އަދި ރައްޔިތުންނަށް މިއަދު ލިބޭ ގިނަ ޚިދުމަތްތަކަކީ ވޯޓުގެ ބާރުން ހޯދާފައިވާ ކަންކަން ކަމަށް ފާހަގަކުރައްވައި، އެ އިޚްތިޔާރު ހަނިކުރުމާ ދެކޮޅަށް ފަލާހު ވަނީ ފާޑުވިދާޅުވެފައި.

މަޚްތޫމް
މަޚްތޫމް | 13 މާރިޗު 2026 | ހުކުރު 05:07
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ހުރީ ރާއްޖޭގައި ކުރިން އޮތް 30 އަހަރުގެ ދިގު ވެރިކަން އަލުން ތަކުރާރުކުރައްވައި، ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ބާރު ކަނޑުވާލުމަށް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައްޔިތުންނަށް މިއަދު ލިބެމުންދާ ގިނަ ޚިދުމަތްތަކަކީ ވޯޓުލުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތުމުން ލިބޭ ފައިދާތަކެއް ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި، ސަލާން ނުޖަހައި ބޭސްފަރުވާ ކުރެވޭނެ ނިޒާމަކާއި، ދަރިންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގު ފަހިވީ ރައްޔިތުން އެ ހައްގު ހޯދަން ކުރި މަސައްކަތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ބަޖެޓުން އެނގެން އޮންނަނީވެސް ވޯޓުގެ ބާރުން ރައްޔިތުންނަށް އެ ހައްގު ލިބިދީފައިވާތީ ކަމަށް ފަލާހު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ފަލާހު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ލިބިފައިވާ އެ އިޚްތިޔާރު ހަނިކުރުމަށެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރަށްރަށަށް ވަޑައިގެން ތަރައްގީގެ ނަމުގައި ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، ކޮންމެ ރަށަކަށް ފައިބަވަޑައިގެން ހަތަރުސްކަން ގޮޅިއެއް ކޮނެލުމަށްފަހު، ސިމެންތި ބާލިދީއެއް އަޅާލައި އެއީ ތަރައްގީ ކަމަށް ދެއްކެވި އުސޫލު އަލުން އިއާދަކުރަން ސަރުކާރުން އުޅޭ ކަމަށެވެ.

ކޮންމެ ރަށަކަށް ފައިބަވައިވަޑައިގެން ހަތަރެސްކަން ގޮޅިއެއް ކޮނެލާފައި އެ އުވަދޯނި ތިރިކޮށްލާފައި ސިމެންތި ބާލިދީއެއް ގަށާލާ، އަޅައިލާފައި މި ބުނަނީ، މި ރަށުގެ ތަރައްޤީއޭ މިހިރީ. އޭތި އަލުން އަނބުރާ ގެންނަން މިއަދުގެ ސަރުކާރުން މި އުޅެނީ އިނގޭތޯ. މިއަދުގެ ވެރިކަމުގައި ހުންނެވި ބޭފުޅާ މި އުޅެނީ. އަދި ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނަވަން. އެހެންވީމާ، މިއަދުގެ ޒުވާނުންނަށް އަސްލު އެނގެންޖެހޭނެ، ރާއްޖޭގެ ރައްޔިތުންނަށް ހެވާއި ލާބަޔާއި ލިބިފައި މި އޮތީ، ވޯޓުލުމުގެ ޙައްޤު އަޅުގަނޑުމެން އެތަކެއް ބުރަ މަސައްކަތެއް ކޮށްގެން ހޯދައިދިނީމަ އިނގޭތޯ. މިހާރު އެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ ކުރައްވަން އުޅުއްވާ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލީމާ، ދެން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތު މީހާއަށް ފޯނުންވެސް ގުޅާލާނީ. އެހެންނޫންނަމަ، މަގުމަތީ ކޮންމެ ދުވަހެއްގެ މެންދުރުފަހު ރަށްދަކަ އަވީގެ ދާހިއްލާފައި އޮވެގެން ހުރިހާ ގެއަކަށް ވަޑައިގަންނަވަނީ. އެކަން ހުއްޓާލަން ބޭނުންވަނީ. 
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު 

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރު މަދުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ނޫނީ ރައްޔިތުންގެ ހާލު ބަލަން ސިޔާސީ ވެރިން ނުދާނެ ކަމަށާއި، އަވީގައި ހިނގައިގެން ރައްޔިތުންގެ ގާތަށް ދިއުމަކީ ރައީސަށް "ހަޑިހުތުރު" ކަމަކަށް ވެފައިވާ ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންކަން ކުރަން ހަވާލުވާ މީހުން ރައްޔިތުންގެ ގާތަށް ދާން ނުޖެހޭ ގޮތަށް ކަންކަން ބައްޓަން ކުރުމަކީ އަނެއްކާވެސް ރާއްޖެއަށް 30 އަހަރުގެ ދިގު ވެރިކަމެއް ގެނައުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިއަދުގެ ޒުވާނުންނަށް މިކަންކަން އެނގެންޖެހޭނެ ކަމަށާއި، ރައްޔިތުންނަށް ލިބިފައިވާ ހެވާއި ލާބައަކީ ވޯޓުލުމުގެ ހައްގު ހޯދަން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ހަނދާން ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ފަލާހުނޫނެކޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

12 މާރިޗު 2026
 އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު
11 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް
11 މާރިޗު 2026

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

11 މާރިޗު 2026
 ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން
11 މާރިޗު 2026

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

11 މާރިޗު 2026
ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
08 މާރިޗު 2026

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

08 މާރިޗު 2026
ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު
08 މާރިޗު 2026

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް