Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

އިންތިޚާބުތައް އެއްކުރުމުން ސަލާމަތްވާ ފައިސާ ރަސްމާލެ މަޝްރޫއަށް ހޭދަކުރުމުގެ ފުރުސަތު ސަރުކާރަށް ލިބޭނެ ކަމަށް ވިދާޅުވެ، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި. ރަސްމާލެ މަޝްރޫއަށް އިސްކަންދޭތީ ރަށްރަށުގެ ތަރައްގީ ހުއްޓިފައިވާ ކަމަށާއި، އިންތިޚާބުތައް އެއްކުރަން އުޅެނީ ރިޔާސީ ދައުރު ދިގުކުރެވޭނެ މަގެއް ކޮށުމަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި. އެހެންކަމުން، މިކަމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ޝަމްހީދު ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 03:56
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު | ރާއްޖެއެމްވީ

މި ސަރުކާރުން ދެ އިންތިޚާބު އެއް ކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ އިރު އެ ފައިސާ ޚަރަދު ކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމާލެ ޕްރޮޖެކްޓަށް ކަމަށާއި ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ މިހާރު ގައުމަށް މި ލިބޭ ފައިސާ، ޚާއްޞަކޮށް ތަރައްގީގެ ބަޖެޓްގެ ތެރެއިން ބަޖެޓުގެ ބޮޑުބައި، އެކި ނަންނަމުގައި މި ސަރުކާރުން ހޭދަ ކުރަމުންދަނީ ރަސްމާލެ ހިއްކުމަށް ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓް ހިންގާހާ ހިނދަކު ރަށްރަށުގެ ތަރައްގީއެއް ނުހިންގޭނެ ކަމަށެވެ. އެހެންކަމުން ރަށްރަށަށް ދިއުން މަދުވެ، އިންތިޚާބުތައް ނޯންނަ ކަމުގައި ވާނަމަ ރައީސް މުއިއްޒުގެ ޕްރޮޖެކްޓް، ރަސްމާލެ ޕްރޮޖެކްޓަށް ހުރިހާ ފައިސާ އެއް ޑައިވާޓް ކުރެވޭނެ ކަމަށާ އިންތިޚާބު އެއްކޮށްލަން އުޅޭ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

އެއްވެސް ރައްޔިތަކު ބޭނުން ވެގެނެއް ނޫން މިލިޓަރީ މިސައިލް އާ އެއާކްރާފްޓާ އަދިވެސް އެހެނިހެން ޑްރޯން އާ މިގެންނަ، އެއްވެސް ދިވެހި ރައްޔިތަކު އެދުނު ކަމެއް ނޫން މިއީ. ރަސްމާލެ ހިއްކުމަކީ ވެސް އެއްވެސް ރައްޔިތަކު އެދުނު ކަމެއް ނޫން. ރައީސް މުއިއްޒުގެ ޕްރޮޖެކްޓުތައް ރައީސް މުއިއްޒު މި ޕްރަޔޯރަޓައިޒް ކުރަނީ. މިހާރު ވެސް ރަށްރަށުގެ ތަރައްގީ އެވަނީ ހުއްޓުވާފަ. އެ ހުއްޓުވާފަ ނުއެއް ބޭއްވޭނެ އިންތިޚާބު ތަކެއް އޮންނަންޏާ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

އެހެން ކަމުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުން މުހިއްމު ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ އިންތިޚާބު އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ދެވަނަ ސަބަބަކީ ރިޔާސީ ދައުރު ފެންނަ ނުފެންނަ ވޯޓަކުން ދެންމޭނެ މަގެއް ކޮށާލުން ކަމަށެވެ. 

އިންތިޚާބީ މަގާމަކަށް އިއުލާނު ކުރާއިރު ވެސް ނުވަތަ މަގާމަކަށް މީހަކު އިންތިޚާބު ކުރާ އިރުވެސް މިހާރު އެ މަގާމެއްގެ ދައުރު އޮންނަނީ ކަނޑައެޅިފައި ކަމަށާ އެހެން ނަމަވެސް މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދައުރު ކަނޑައެޅި،  އިންތިޚާބުވެ، ހުވާ ކުރުމަށްފަހު ވެސް، އެ ދައުރަކީ ބަދަލު ކުރެވޭ އެއްޗެއްގެ ގޮތުގަ ގާނޫނު އަސާސީ އިން ކަނޑައެޅުމަށް ކަމަށެވެ. 

ރައްޔިތުން ގާތު ޚަރަދު ކުޑަ ދެ އިންތިޚާބު އެއް ކުރަނީ ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރިއަސް ހަގީގަތުގައި ސަރުކާރުގެ މަގްސަދަކީ މިއީ ކަމަށާ އެހެން ކަމުން ރައްޔިތުން ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހޭ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުރަސްމާލެ މަޝްރޫއުއަހްމަދު ޝަމްހީދުޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

ބައިނަލްއަގުވާމީ ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަނީ

15 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

14 މާރިޗު 2026
މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ

މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ

14 މާރިޗު 2026
ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު