Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ އިންތިހާބު އެއްކުރުން

ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

އިންތިޚާބުތައް އެއްކޮށްލުމަށް ގާނޫނުއަސާސީން ރައީސަށް ބާރު ލިބިދީފައި ނުވާތީ، އެއީ ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރަންޖެހޭ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް މޫސާ މަނިކު ވިދާޅުވި. ގާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ކަމަށާއި، މިއީ އެފަދަ ބަދަލެއް ގެންނަންވީ ވަގުތު ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދިއުމުން ރެކުމަށްޓަކައި އިންތިޚާބުތައް އެއްކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މޫސަ ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 13 މާރިޗު 2026 | ހުކުރު 08:34
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ)

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ) | ރާއްޖެ އެމްވީ

ރާއްޖޭގައި ބާއްވާ ދެ އިންތިހާބެއް އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރަންޖެހޭ ފަދަ މައްސަލައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި އިންތިހާބުތައް އެއްކޮށްލުމުގެ ބާރު ހިމެނިގެން ނުވާ ކަމަށެވެ.

މޫސަ ވިދާޅުވީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ދަށުން، ގާނޫނުއަސާސީގެ ތިންވަނަ ބާބުގައި ރައްޔިތުންގެ މަޖިލިސް އުފައްދާފައިވާ އިރު، މަޖިލިސް މެންބަރަކު މަގާމުން ވަކިކުރެވޭނީ ވަރަށް ސާފު ދެ ހާލަތެއްގައި ކަމަށެވެ. އެއީ ޖިނާއީ މައްސަލައެއް ސާބިތުވެ ހުކުމެއް އައުމާއި، ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދެއްކުމެވެ. ނަމަވެސް، ސިޔާސީ ޕާޓީއަކުން ވަކިވުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ދުސްތޫރީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ވެސް އޮތީ "ޕާކުކޮށްފައި" ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސިޔާސީ ޕާޓީއަކުން އޭނަ ކެނޑުނީމަ އެމީހާ ވަކި ވާ ގޮތަށް. ކެނޑުނީމާ ރައްޔިތުންގެ ތެރެއިން ބަޔަކު މިދިޔައީ ސްޕްރީމް ކޯޓަށް. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެ ވަނަ މާއްދާގައި އޮންނާނެ މި ރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ޢަމަލުކުރެވޭ ތަން. އިސްލާމްދީނުގެ އެންމެ މުހިންމު އެއް ކަމަކީ، ޢަދުލުއިންޞާފު ޤާއިމުކުރުން. އެގޮތަށް އޮއްވާ މިދިޔައީ ސުޕްރީމް ކޯޓަށް މައްސަލަ ހިފައިން. ނަމަވެސް، ސުޕްރީމް ކޯޓުގައި ތިބި މެންބަރުން ކަނޑައި ވަކިކޮށްފައި އަދިވެސް މައްސަލަ އޮތީ ޕާކުކޮށްފަ. އޮއްވާ ދެ ވަނަ ދުސްތޫރީ މައްސަލައެއް އަނެއްކާ މި ކުރިމަތިކުރުވީ. ދެ ވޯޓު އެއްކުރަން. ފެންނަ ނުފެންނަ ވޯޓެއް ނަގަން. ކިހިނެއްތޯ އެކަން ކުރަނީ؟ ކޮންމެ މީހަކު ބެލިޔަސް، ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ ސަތޭކަފަނަރަ ވަނަ މާއްދާގެ ދަށުން ލިބޭ ޙައްޤެއް ނޫން އެއީއަކީ ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރަންޖެހޭވަރުގެ ކަމެއް އެއީ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ)

އިންތިހާބުތައް އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅޭ އުޅުމަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، ގާނޫނުއަސާސީއަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ ހުރިހާ ސިޔާސީ ޕާޓީތަކަކާ އެކު ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. އަދި އެކަން ކުރަންވާނީ އެއްވެސް ކަމެއް ސިއްރު ނުކޮށް، ޒަމާނާ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުން ވެސް ކުރިން އިންތިހާބުތައް އެއްކޮށްލި ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2005 ވަނަ އަހަރު އިންތިހާބުވި މަޖިލީހުގެ ދައުރު ހަމަވުމުން، އާ ގާނޫނުއަސާސީގެ ދަށުން ކަންކަން ތަރުތީބުކުރި އިރު ފުރަތަމަ ބޭއްވީ ރިޔާސީ އިންތިހާބު ކަމަށެވެ. އަދި އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް ވޯޓުތައް ތަރުތީބުކޮށްފައި ހުންނާނީ ވަކިވަކިން ކަމަށާއި، އޭރު ވެސް އިންތިހާބުތައް އެއްކޮށްލަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުވާނުންގެ ތައުލީމީ ފެންވަރު މަތިވެ، ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ގާތަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. ނަމަވެސް މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި، މިއީ އެފަދަ ބަދަލެއް ގެންނަންވީ ވަގުތު ނޫން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދިއުމަކީ މެންބަރުން ކުރަންޖެހޭނެ ކަމެއް ކަމަށާއި، އެކަމުން ރެކުމަށް ދެ ވޯޓު އެއްކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މޫސާ މަނިކު (ރީކޯ)އެމްޑީޕީޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު

13 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު
13 މާރިޗު 2026

މުއިއްޒުގެ މަގްސަދަކީ 30 އަހަރުގެ ވެރިކަން ތަކުރާރުކުރުން: ފަލާހު

13 މާރިޗު 2026
މުއިއްޒުގެ މަގްސަދަކީ 30 އަހަރުގެ ވެރިކަން ތަކުރާރުކުރުން: ފަލާހު
12 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

12 މާރިޗު 2026
 އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން
12 މާރިޗު 2026

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!
12 މާރިޗު 2026

ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް

12 މާރިޗު 2026
ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު