Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާލު ހޯދުމުގެ ވޯޓު

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ، އަންނަ އޭޕްރީލް މަހު ބާއްވާ ރިފަރެންޑަމް ވޯޓަކީ ރައްޔިތުންނަށް އޮޅުވާލައިގެން ގާނޫނުއަސާސީއާ ހިލާފަށް ކުރިއަށްގެންދާ ކަމެއް. މި ވޯޓުގެ ސަބަބުން އިންތިޚާބީ މަގާމުތަކުގެ ދައުރު ކަނޑައެޅިފައި އޮންނަ އުސޫލު އުވި، ރާއްޖެ އަލުން ހުދުމުހުތާރު ވެރިކަމަކަށް ރުޖޫއަވުމުގެ ބިރު އެބައޮތް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި. މީގެ އިތުރުން މިއީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ވެރިކަމުގެ ދައުރު ދަންމާލުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 09:05
ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މިސަރުކާރަށް މިހާރު މިއޮތް ގޮތަށް ރިފަރެންޑަމް ވޯޓު ކާމިޔާބުވެއްޖެނަމަ، ރައްޔިތުން އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަމްހީދު ވިދާޅުވީ ރިފަރެންޑަމް ވޯޓު އޮތީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށާއި، ރައްޔިތުންނާ ކުރާ ސުވާލު ވެސް ރަނގަޅު ނޫން ކަމަށެވެ. އަދި އެގޮތަށް އެސުވާލު ބައްޓަން ކުރުން ވެސް ގާނޫނުއަސާސީއާ ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭ އަލުން އަނބުރާ ހުދުމުހުތާރު ވެރިކަމަކަށް ނުދިނުމަށްޓަކައި ވެރިންނަކީ، ވެރިން އައްޔަންކުރާ ނުވަތަ ރައްޔިތުން އިންތިޚާބުކުރާ މަގާމުތަކަކީ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެ ބޭފުޅުން ދައުރު ހަމަވާނެ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާން ކޮށްފައިވާ މަގާމުތަކެއްކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ނަމަވެސް މި ރިފަރަންޑަމްއާއެކު މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތައް ނޯންނާނެ ކަމަށެވެ.

ގާނޫނުއަސާސީގެ މައިގަނޑު އަސާސްތަކެއްގެ ތެރޭގައި މި އޮންނަނީ، ދިވެހިރާއްޖެ އަލުން އަނބުރާ ހުދުމުހުތާރު ވެރިކަމަކަށް ނުދިނުމަށްޓަކައި ވެރިންނަކީ، ވެރިން އައްޔަންކުރާ ނޫނީ އިންތިޚާބުކުރާ މަޤާމުތަކަކީ ފިކްސް ނޫނީ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެ ބޭފުޅުން ދައުރު ހަމަވާނެ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާން ކޮށްފައިވާ މާއްދާތަކެއް. ހަގީގަތުގައި 4 އެޕްރީލްގެ މި ނަގާ ވޯޓުގައި މި ކަނޑައަޅަނީ، މީގެފަހުން ދިވެހިރާއްޖޭގައި އިންތިޚާބުވާ މަޤާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަޤާމުތަކެއް ނޫނޭ. އެއީ ހަގީގަތުގައި މި ކަނޑައެޅޭ ގޮތަކީ. އެއީ މިހާރު މި ގެނެވުނު އިސްލާހުގައި ބައިވަރު ވާހަކަތަކެއް ލިޔުމަށްފަހުގައި އާޚިރު ނަތީޖާއަކީ، ހިނގަހިނގާ އިންނަ ދައުރެއްގެ ކުރުކުރަނީ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު 

މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ، މިގޮތަށް ވޯޓު ނެގޭ ކަމަށްވާނަމަ ގާނޫނުއަސާސީގެ 107 ވަނަ މާއްދާގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ދެން އޮންނަ ރިޔާސީ އިންތިޚާބެއް އޮންނާނީ 2033 ވަނަ އަހަރުގައި ކަމަށް ލިޔެވޭނެ ކަމަށާއި، އެގޮތަށް ވެސް ފާސް ކުރުމުގެ ބިރު އެބައޮތް ކަމަށެވެ. 


މިގޮތަށް މި ވޯޓު ނެގެންޏާ މި ގާނޫނުއަސާސީން ޖާގަދޭ ވޯޓެއް ކަމަށް ވާނަމަ، ގާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ނުލިޔެވޭނެތޯއޭ ތި ބޭފުޅުންނަށް މަޖިލީހުން ސުޕަރ މެޖޯރިޓީން ފާސްކޮށްފައި، ދެން އޮންނަ ރިޔާސީ އިންތިޚާބެއް އޮންނާނީ ދެހާސް ތެއްތިރީސް ވަނަ އަހަރުގައޭ. އެހާހިސާބަށް މިއަދު މި އޮތް މިހާރުގެ ވެރިކަން ދެމިއޮންނާނެއޭ. އެހެން ލިޔެފައި ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ނުދެވޭނެތޯއޭ؟ އެއީ ގާނޫނީ ހަމަ ކަމަށް ވަންޏާ މި ވޯޓު ވެސް ލާންވީ. އަޅުގަނޑަކަށް ހިއެއްނުވޭ ދިވެހިރާއްޖޭގައި ގާނޫނުއަސާސީ އަދި އެއްވެސް ބަޔަކު އެ ދުވަހު ހިތަށް ވެސް އެރުވި މަންޒަރެއް ކަމަށް ދިވެހިރާއްޖޭގައި ފެންނަ ނުފެންނަ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވިފައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭގެ ދައުރު ދެން މި ދާނެކަން. އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް އެގޮތަށް ދެން މި ދާނެ ކަމެއް. އެހެންވީމާ، މުޅި އެތި މި އޮތީ އޮޅުވައިލާފަ. 79 ވަނަ މާއްދާއަށް ގެނައި، އެ އިސްލާހެއް ޕްރޮމޯޓުކުރަނީ 72 ވަނަ މާއްދާ. މީކީއެއް ނޫން ހަގީގަތުގައި ވެސް މި ވޯޓަކީ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު 

މެންބަރު ޝަމްހީދު ވިދާޅުވީ، މިއީ ރައީސް މުއިއްޒުގެ ރޭވުމުގެ ދަށުން ޕީއެންސީން ރައްޔިތުންނަށް އޮޅުވާލައިގެން މުސްތަގުބަލުގައި ވަކި ކަންތައްތަކެއް ހާސިލް ކުރުމަށް ކޮށާ މަގެއް ކަމަށެވެ.

އެމްޑީޕީޕީއެންސީޑރ. އަހުމަދު ޝަމްހީދުޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

14 މާރިޗު 2026
އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026
ރެފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

ރެފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

13 މާރިޗު 2026

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު