Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި

14 މާރިޗު 2026 | ހޮނިހިރު 05:22

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އީރާންގެ ރައީސް ޕެޒެޝްކިއާންގެ އިތުރުން، ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، ޤައުމީ ސަލާމަތާ ބެހޭ އިސްވެރިޔާ އަދި އަސްކަރީ ގޮތުން ވެސް ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ އަލީ ލަރިޖާނީ އަދި ޗީފް އޮފް ޕޮލިސް އަޙުމަދު ރެޒާ ރަދާން ވެސް ވަނީ މި ހިނގާލުމުގައި ބައިވެރިވެ ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2026 | ހޮނިހިރު 05:22
ހުކުރު ދުވަހު އީރާންގައި ކުރިއަށް ގެންދިޔަ އެއްވުމުގައި އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ބައިވެރިވެ ވަޑައިގަންނަވަނީ

ހުކުރު ދުވަހު އީރާންގައި ކުރިއަށް ގެންދިޔަ އެއްވުމުގައި އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، އީރާންގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށް، އީރާންގެ އިސްވެރިން މަގު ތަކަށް ނިކުންނަވައި، އާންމުންނާ އެކު ވަގުތު ހޭދަ ކުރައްވައިފި އެވެ.

ހުކުރު ދުވަހު އީރާންގައި ފާހަގަ ކުރި ޤުދުސް ދުވަހުގެ މުނާސަބަތުގައި ބޭއްވި އެއްވުމުގައި އީރާންގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ހަމަލާ ތަކެއް އަމާޒު ވެދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށް، އެމެރިކާ އާއި އިޒްރޭލް އަށް ގޮން ޖައްސަވައި، އީރާންގެ ވެރިން ވަނީ ގިނަ ވަގުތު ތަކެއް މަގު މަތީގައި ހޭދަ ކުރައްވައިފަ އެވެ.

އެގޮތުން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ އެއްވުމުގައި ބައިވެރިވެ ވަޑައިގެން، އާންމު ރައްޔިތުންނާ އެކު މަގު މަތީގައި ހިންގަވައިފަ އެވެ. އެމެރިކާ އާއި އިޒްރޭލްގެ ނުރައްކާ ބޮޑުވެފައި އޮތް ނަމަވެސް، އީރާންގެ ރައީސް ޕެޒެޝްކިއާން ފެނިވަޑައިގެންފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް އާންމުންގެ ތެރޭގައި އުޅުއްވަނިކޮށެވެ. އަދި ރައްޔިތުންނާ ވާހަކަ ދައްކަވައި، ފޮޓޯ ނެންގެވުމުގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ. މިއީ އެމެރިކާ އާއި އިޒްރޭލްގެ ކުރިމަތީގައި އީރާންގެ އިސްވެރިން އެއްވެސް ބިރެއް ނެތްކަން ދެއްކުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ.

ހުކުރު ދުވަހު އީރާންގައި ފާހަގަ ކުރި ޤުދުސް ދުވަހުގެ ޙަރަކާތުގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ބައިވެރިވެ ވަޑައިގަންނަވަނީ

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އީރާންގެ ރައީސް ޕެޒެޝްކިއާންގެ އިތުރުން، ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، ޤައުމީ ސަލާމަތާ ބެހޭ އިސްވެރިޔާ އަދި އަސްކަރީ ގޮތުން ވެސް ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ އަލީ ލަރިޖާނީ އަދި ޗީފް އޮފް ޕޮލިސް އަޙުމަދު ރެޒާ ރަދާން ވެސް ވަނީ މި ހިނގާލުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ނަމަވެސް، އީރާންގެ ރައީސް ޕެޒެޝްކިއާންއާ ޚިލާފަށް، އެ ބޭފުޅުންގެ ސަލާމަތީ ކަންކަން ކޮންމެ ވެސް މިންވަރަކަށް ވަރުގަދަ ކޮށްފައިވާ ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. މިއީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އީރާންގެ އިސްވެރިން މިގޮތަށް ފެނިފައިވާ ފުރަތަމަ ފަހަރެވެ. 

އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން މި ހިނގާލުމުގައި ބައިވެރިވެ ވަޑައިގެންފައި ވީ ނަމަވެސް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ މި ހިނގާލުމުގައި ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ. އީރާންގެ އައު ރޫހީ ލީޑަރުގެ މަޤާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކޮށްފައި ވަނީ، އީރާންގެ ކުރީގެ ރޫހީ ލީޑަރު އަދި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ އެކު އެވެ. މި ހިނގާލުމުގައި އައު ރޫހީ ލީޑަރު ބައިވެރިވެ ވަޑައިގެންފައި ނުވަނީ ސަލާމަތީ ސަބަބު ތަކަށްޓަކައި ކަމަށް ބައެއް ފަރާތް ތަކުން ފާހަަގަ ކޮށްފައިވެ އެވެ. 

މި ހަރަކާތްތައް މިގޮތަށް ކުރިއަށްދާއިރު، އީރާނުގެ އާ ރޫހީ ލީޑަރ މުޖްތަބާ ޚާމަނާއީ އަދިވެސް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތީ ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އޭނާގެ ބައްޕަ އަދި ކުރީގެ ރޫހީ ލީޑަރު އަވަހާރަވުމާ ގުޅިގެންނެވެ. މުޖްތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ނުފެނުމަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެއެވެ.

މަސްދަރު: އިންޑިޕެންޑެންޓް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީޢަލީ ލަރިޖާނީއީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

14 މާރިޗު 2026

މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

14 މާރިޗު 2026
މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ
14 މާރިޗު 2026

ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

14 މާރިޗު 2026
ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި
14 މާރިޗު 2026

އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް

14 މާރިޗު 2026
އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
14 މާރިޗު 2026

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

14 މާރިޗު 2026
އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ
14 މާރިޗު 2026

އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި

14 މާރިޗު 2026
އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި
14 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
14 މާރިޗު 2026

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި
14 މާރިޗު 2026

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
13 މާރިޗު 2026

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް