Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

14 މާރިޗު 2026 | ހޮނިހިރު 05:16

ހުކުރު ދުވަހު އެމެރިކާގެ ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެގްސެތު ވިދާޅުވީ، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް. އަދި ކާކުކަަން ނޭނގޭ ވަރަށް، މުޖުތަބާ ޚާމަނާއީގެ މޫނުގެ ސިފަ ގެއްލިފައިވާ ކަމަށް ވެސް ހެގްސެތު ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2026 | ހޮނިހިރު 05:16
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު | ރޮއިޓާސް

އީރާާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަަޚަމުވެފައިވާ ކަމަށް، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު އެމެރިކާގެ ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެގްސެތު ވިދާޅުވީ، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށެވެ. އަދި ކާކުކަަން ނޭނގޭ ވަރަށް، މުޖުތަބާ ޚާމަނާއީގެ މޫނުގެ ސިފަ ގެއްލިފައިވާ ކަމަށް ވެސް ހެގްސެތު ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ހެގްސެތު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މުޖުތަބާ ޚާމަނާއީ ނެރުއްވާފައިވާ ބަޔާނަކީ ވަރަށް ބަލިކަށި ބަޔާނެއް ކަމަށެވެ. އެ ބަޔާނުގައި މުޖުތަބާ ޚާމަނާއީގެ އަޑު ނުވަތަ ވީޑއޯ ވެސް ނެތް ކަމަށާއި، އެއީ ލިޔެފައިވާ ބަޔާނެއް ކަމަށް ހެގްސެތު ވިދާޅުވި އެވެ. މުޖުތަބާ ޚާމަނާއީގެ މޫނު ވަކި ނުވާ ވަރަށް ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވި ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް އޭނާ ދައްކާފައި ނުވެ އެވެ.

އަނެއްކޮޅުން އައު ރޫހީ ލީޑަރުގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން އީރާންގެ އިސްވެރިން ވެސް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ބައެއް ރިޕޯޓު ތަކުގައި ބުނެފައި ވަނީ، އެމެރިކާ އާއި އިޒްރޭލް ދިން ހަމަލާ ތަކެއްގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ވެފައިވާއިރު، އެ ހަމަލާގައި މުޖުތަބާ ޚާމަނާއީ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އޭގެ ފަހުން އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މި ވާހަކަ ދެއްކެވިއިރު، އެ ވާހަކަތަކާ ގުޅިގެން ވެސް އީރާން އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

އެމެރިކާާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު، އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަވި ފަހުން، އީރާންގެ ރޫހީ ލީޑަރަކަށް އައްޔަން ކުރެއްވީ މުޖުތަބާ ޚާމަނާއީ އެވެ. އޭގެ ފަހުން އައު ރޫހީ ލީޑަރު ނެރުއްވި ފުރަތަމަ ބަޔާނުގައި ވެސް ވަނީ، އެމެރިކާާ އާއި އިޒްރޭލްއާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ. އެގޮތުން ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތައް ބަންދު ކުރުމަށް ގޮވާލައި، ހޮރުމޯޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

އީރާންގެ އައު ރޫހީ ލީޑަރަކަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެކަމާ ނުރުހުންވެފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ އީރާންގެ ނިންމުމާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި، މުޖުތަބާ ޚާމަނާއީ އަކީ މާޔޫސް ކަމެއް ކަމަށެވެ. އަދި އައު ރޫހީ ލީޑަރު ވެސް އެމެރިކާގެ އަމާޒަކަށް ވެދާނެ ކަަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕީޓް ހެގްސެތުއީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

14 މާރިޗު 2026

ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

14 މާރިޗު 2026
ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި
14 މާރިޗު 2026

އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް

14 މާރިޗު 2026
އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
14 މާރިޗު 2026

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

14 މާރިޗު 2026
އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ
14 މާރިޗު 2026

އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި

14 މާރިޗު 2026
އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި
14 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
14 މާރިޗު 2026

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި
14 މާރިޗު 2026

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
13 މާރިޗު 2026

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި
13 މާރިޗު 2026

އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

13 މާރިޗު 2026
އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް