Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާލު ހޯދުމުގެ ވޯޓު

މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ

14 މާރިޗު 2026 | ހޮނިހިރު 09:08

ރާއީ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް ސަރުކާރުން ނުފޫޒު ގަދަ މަހުޖަނުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ތާއީދު ކުރައްވަނީ މާލީ މަންފާތަކެއްގެ ބަދަލުގައި ކަމަށް ބެލެވޭތީ، އެ މައްސަލަ އޭސީސީން ބެލުމަށް ރާއީ ގޮވާލެއްވި. އަދި ސަރުކާރުން މިކަން ސިއްރުން ކުރަން އުޅުނު ނަމަވެސް، އެމްޑީޕީގެ "ނޫނެކޭ" ކެންޕޭނާއެކު ރިފަރަންޑަމް ވޯޓު ނާކާމިޔާބު ވާނެ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 14 މާރިޗު 2026 | ހޮނިހިރު 09:08
ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުންދާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއީ ވިދާޅުވީ މިސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބާއެކު މި ނަގާ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުންދާ ކަމަށާއި، ހުރިހާ ބާރެއް ބޭނުން ކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ބާވެފައިހުރި ހަތިޔާރުތައް ނެރޭ ކަމަށާއި، ސަރުކާރަށް ބައިތުހިފައިގެން ތިއްބެވި ބޮޑެތި މަހުޖަނުން ނެރެ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް ވާހަކަތައް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވީ އެއްވެސް ކަމެއް އެމަނިކުފާނު ހިލޭ ނުކުރައްވާނެ ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިލާ ކުންފުންޏަށް ވަދެ މި މައްސަލަ ބަލަން ޖެހޭ ކަަމަށެވެ.

ގާސިމް އިބްރާހީމްގެ ކައުންސިލުގައި އެ ޖުމްހޫރީ ޕާޓީގެ ކައުންސިލުގައި ހިމެނޭ މެންބަރުން، އެ މީހުން އެބަ މިއަށް ހަމަ ހެސްކިޔާފައި ދެކޮޅުހަދާ. ދެން އެމްޑީއޭއިން އެމް.ޕީ އައްބާސް ހަމަ ހެސްކިޔާފައި ދެކޮޅު މިއަށް އެބަ ހަދާ ކޮންމެ ދުވަހަކު ޓްވީޓެއް އެބަ ކުރައްވާ. ރޭގައި ވެސް އެބައޮތް ބަޔާނެއް ނެރެފަ. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން އިނގޭތޯ ގާސިމް އިބްރާހީމް. ޚާއްސަކޮށް ގާސިމް އިބްރާހީމް މިކަހަލަ ދަނޑިވަޅެއްގައި ސަރުކާރަށް ބައިތުހިފާނެ ކަމެއް ހިލޭއެއް. އަށާރަ މިލިއަން ޑޮލަރަށް މަސްއައްޓެއް ވިއްކައިލާފައި އެހެރީ. މި ސަރުކާރުން ރައްޔިތުންގެ ފައިސާ ހޯދަންވެގެން. އެހެންވީމާ، މި ވަގުތަކީ އަޅުގަނޑު ހަމަ އެދެން އޭސީސީގައި ގާސިމް އޮފީހަށް ވިލާ ކުންފުންޏަށް ވަންނަން އެބަޖެހޭ. އެ މަނިކުފާނު ނުކުރައްވާނެ ހިލޭއެއް.
މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ 

ރިފަރަންޑަމް ވޯޓުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް މިސަރުކާރުން މަސައްކަތް ކުރީ ވަރަށް ސިއްރުންކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ އެކަން ފެއިލްވެގެން ދިޔައީ އެމްޑީޕީން ކުރަމުންދިޔަ މަސައްކަތުން ކަމަށާއި، ނޫނެކޭ ކެންޕޭން މުޅި ރާއްޖެއަށް ފުޅާވެފައިވާ ކަމަށެވެ. 

ރާއީ ވިދާޅުވީ މި ރަމާޟާން މަަސް ނިމުމާއެކު، އިންތިޚާބަށް ލިބޭ މަދު ދުވަސްކޮޅުގެ ތެރޭގައި އިތުރަށް ކެންޕޭން ފުޅާ ކުރާނެ ކަމަށާއި، ވާނުވާ ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑަށް ސާފު ކޮށްދޭނެ ކަމަށެވެ. އަދި މިހާރު ވެސް ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ބައެއް ކަމަށާއި، މިސަރުކާރަށް މި  ރިފަރަންޑަމް ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ރާއީއެމްޑީޕީޚިޔާލު ހޯދުމުގެ ވޯޓުޤާސިމް އިބްރާހިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2026

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު
14 މާރިޗު 2026

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

14 މާރިޗު 2026
ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު
13 މާރިޗު 2026

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

13 މާރިޗު 2026
އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު
13 މާރިޗު 2026

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."
13 މާރިޗު 2026

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް
13 މާރިޗު 2026

ރިފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

13 މާރިޗު 2026
މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ
13 މާރިޗު 2026

ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

13 މާރިޗު 2026
ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ
13 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު

13 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް