Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް

14 މާރިޗު 2026 | ހޮނިހިރު 05:33

ފޮކްސް ނިއުސް ރޭޑިއޯ އަށް ދެއްވި ބަސްދީ ގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އީރާނަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށް. އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން، އީރާންގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ތެދުވެ، ވެރިކަން ބަދަލު ކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2026 | ހޮނިހިރު 05:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެމެރިކާގެ ސިފައިން އީރާންގެ އަމާޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް ދެ ހަފުތާވެ، ތިން ވަނަ ހަފުތާ އަކަށް ފެށިފައިވާއިރު ހުކުރު ދުވަހު ޓްރަމްޕް ވަނީ އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. 

ފޮކްސް ނިއުސް ރޭޑިއޯ އަށް ދެއްވި ބަސްދީ ގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން، އީރާންގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ތެދުވެ، ވެރިކަން ބަދަލު ކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންގެ ވެރިކަން ބަދަލުކޮށް، އެމެރިކާ އިން ބޭނުންވާ ބަޔަކު އީރާންގެ ވެރިކަމަށް އައުމަކީ އަބަދު ވެސް ޓްރަމްޕް ބޭނުންފުޅުވާ ގޮތެވެ. ނަމަވެސް، ހަތިޔާރެއް ނެތް ބަޔަކަށް އެއީ ކުރަން އުނދަގޫ ކަމަކަށް ވާނެތީ، އެ ބަދަލު ވަގުތުން ނުފެނިދާނެ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. ޓްރަމްޕްގެ އިތުރުން، އީރާންގެ ވެރިކަން ބަދަލު ކުރުމަކީ އިޒްރޭލް އިން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. 

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އީރާން އަށް އައު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް އީރާން އިން ވެސް ވަރުގަދަ ހަމަލާ ތަކެއް ދެމުން އަންނައިރު، އެމެރިކާ އާއި އިޒްރޭލަށް ވެސް އެ ހަމަލާ ތަކުގެ ސަބަބުން ގިނަ ބޮޑު ގެއްލުން ތަކެއް ލިބެމުން އަންނަކަން ފާހަގަ ކުރެވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

14 މާރިޗު 2026

އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި

14 މާރިޗު 2026
އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި
14 މާރިޗު 2026

މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

14 މާރިޗު 2026
މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ
14 މާރިޗު 2026

ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

14 މާރިޗު 2026
ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި
14 މާރިޗު 2026

އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް

14 މާރިޗު 2026
އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
14 މާރިޗު 2026

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

14 މާރިޗު 2026
އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ
14 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
14 މާރިޗު 2026

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި
14 މާރިޗު 2026

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
13 މާރިޗު 2026

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް