Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެންނަ ނުފެންނަ ވޯޓު

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު

13 މާރިޗު 2026 | ހުކުރު 08:26

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑީޕީން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ދައުވަތު ދީފައިވޭ. މި ވޯޓާ ގުޅޭ މައުލޫމާތު އާންމުންނަށް އެނގިފައި ނުވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ވަކި ގޮތަކަށް ވޯޓު ދޭންވީ ސަބަބުތައް ކިޔައިދިނުމަކީ ކޮމިޝަނުގެ ޒިންމާއެއް ކަމަށް އެ ފަރާތުން ގަބޫލުނުކުރާ ކަމަށް އަލީ ނިޔާޒު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 13 މާރިޗު 2026 | ހުކުރު 08:26
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ.

ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ. | ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ފެނޭތޯ ނަގާ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބުން އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރާ ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފަރެންޑަމްއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމަށްފަހު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ރެފަރެންޑަމްއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑީޕީން ބާއްވާ ޕިކަޕް ޖަލްސާތަކުގައި ބައިވެރިވުމުގެ ދައުވަތު އިލެކްޝަންސް ކޮމިޝަނަށް މިހާރު ދީފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ނިޔާޒު ވިދާޅުވީ މިހާރު އޮތް ރެފަރެންޑަމް ގާނޫނު އޮތްގޮތުން، ވަކި ގޮތަކަށް ވޯޓު ދޭންވީ ސަބަބުތައް ކިޔައިދޭންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދޭނީ ކޮން ބައެއްކަން ވެސް ކޮމިޝަނަށް ސާފުނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެ، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ދިނުމަށް ކޮމިޝަނަށް އެދިފައިވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެ ބޭފުޅުން ގަބޫލެއް ނުކުރައްވާ އެ ސަބަބު އެ ބޭފުޅުން ކިޔައިދޭންޖެހޭނެ ކަމަކަށް މިހާރުގެ ރިފްރެންޑަމް ގާނޫނުގައި އޮތް ގޮތުން. ދެން އެކަން ކުރަނީ ކޮންބައެއްތޯ؟ އެއެއް ވެސް އެ ބޭފުޅުންނަކަށް ނޭނގެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު އިލެކްޝަންސް ކޮމިޝަނަށް ދަޢުވަތު ދީފިން. އަޅުގަނޑުމެން މި ބާވާ ޕިކަޕް ޖަލްސާތަކުގައި އެ ބޭފުޅުން ބައިވެރިވާން އިނގޭތޯ. ކޮންމެ ދުވަހަކު ވެސް އެ ބޭފުޅުން ފަރާތުން މީގަ އަޅުގަނޑުމެންނަށް ދެ މަޢުލޫމާތު ދެއްވުމަށް. އެ ބޭފުޅުން އެ ބޭފުޅުން ވެސް ގަބޫލުކުރާ ކޮންމެވެސް ބަޔަކު އެކަން ކުރަންޖެހޭނެ ކަމަ ރިފްރަންޑަމް ގާނޫނަށް މަތިކޮށްފައި މި ވިދާޅުވަނީ، އަށްވަނަ އިޞްލާޙުގައި އޮތް އެއްޗެއް ތަފްޞީލުކޮށްދޭ ވާހަކައެއް ނުބުނޭ. 
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރެފަރެންޑަމްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފަ އެވެ. އެގޮތުން އަށް ގަޑިއިރުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގުމުގެ އިތުރުން، ހަތަރު ހާހަށްވުރެ ގިނަ ލީފްލެޓް ބަހާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. ނަމަވެސް އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރިއިރު، ދެވަނަ އިންތިޚާބެއް ނުވަތަ ރެފަރެންޑަމް އެއް އޮންނަކަން ވެސް އާންމު ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

އަލީ ނިޔާޒު އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި އަށްވަނަ އިސްލާހުގައި އޮތް ކަންކަން ތަފްސީލުކޮށްދީ، ވޯޓުގައި "އާއެކޭ" ނުވަތަ "ނޫނެކޭ" ބުނަންވީ ސަބަބުތައް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިތުރު ލެވެލްއަކަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި އެމްޑީޕީގެ ފުރިހަމަ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ކޮމިޝަނަށް ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއިލެކްޝަންސް ކޮމިޝަންއަލީ ނިޔާޒްޚިޔާލު ހޯދުމުގެ ވޯޓު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި
12 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

12 މާރިޗު 2026
 އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން
12 މާރިޗު 2026

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!
12 މާރިޗު 2026

ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް

12 މާރިޗު 2026
ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް
12 މާރިޗު 2026

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ
12 މާރިޗު 2026

މިސަރުކާރުން ވަނީ ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައި، ރެފެރެންޑަމްގެ ސުވާލުން އެކަނި ވެސް އެކަން ހާމަވޭ: ނިޝާން

12 މާރިޗު 2026
މިސަރުކާރުން ވަނީ ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައި، ރެފެރެންޑަމްގެ ސުވާލުން އެކަނި ވެސް އެކަން ހާމަވޭ: ނިޝާން
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ގުނަން ރާވާފައި އޮތީ އޮޅުވާލާ ސަރުކާރުން ނަތީޖާ ބޭނުން ގޮތަކަށް ނެރެވޭނެ ގޮތަކަށް: ނިޔާޒު
12 މާރިޗު 2026

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން
11 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް